އުރީދޫގެ ހެޑް އޮފީސް ބިލްޑިން: އުރީދޫއިން ބާއްވާ އަތޮޅު ދުވުން ގޭމުގައި މިމަހުގެ އިނާމަކަށް ހައިބްރިޑް ބައިސްކަލެއް ވަނީ ހުށަހަޅާފައި
06 ނޮވެމްބަރ 2024 - 11:57
އުރީދޫން ތައާރަފްކުރި "އަތޮޅު ދުވުން" ގޭމުގައި މި މަހު އެއް ވަނައަށް ދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި، އެލް މޮބައިލްއިން ލިބެން ހުންނަ މޮގޫ ބޯލްޓް 700ސީ ހައިބްރިޑް ރޯޑް ބައިސްކަލެއް ހުށައަޅައިފި އެވެ.
"އަތޮޅު ދުވުން" ގޭމަކީ މިއަހަރުގެ ކަލަންޑަރާ އެކު އުރީދޫން ތައާރަފް ކުރި "ކެޝުއަލް ރަނާ" ގޭމެކެވެ. 12 ލެވަލް ހިމެނޭ މި ގޭމުގައި ކޮންމެ މަހަކު އާ ލެވަލްއެއް އަންލޮކް ވާނެ އެވެ. އަދި ކޮންމެ މަހަކު އަންލޮކްވާ ލެވަލްއެއްގައި ދުވުން އޮންނަނީ އަތޮޅު ތެރޭގެ އެކި ރަށްރަށުގަ އެވެ.
މި މަހު އަންލޮކްވި ލެވަލްގައި ދުވުން އޮތީ ޏ. ފުވައްމުލަކުގަ އެވެ. މި އަހަރުގެ ކަލަންޑަރުގައި ހިމެނޭ ސިއްރު އާޓްވޯކް ސްކޭން ކޮށްގެން މި ގޭމުގެ ބޯނަސް ލެވަލްތައް އަންލޮކް ވެސް ކުރެވޭނެ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ ރީތިކަމާއި އެކި ރަށްރަށުގެ މަންޒަރުތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ މި ގޭމަކީ ރާއްޖޭގައި ނެރުނު މިފަދަ ފުރަތަމަ ގޭމެވެ. މި ގޭމަށް ކޮންމެ މަހަކު ވެސް އުރީދޫން އަގުހުރި އިނާމެއް ހުށަހަޅަމުން ގެންދެ އެވެ.
އުރީދޫގެ މި އަހަރުގެ ކަލަންޑަރާއި ގޭމު ތައްޔާރުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ލޫޕް ކްރާފްޓުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
06 November 2024
ތިގޭމް ކ.އަތޮޅު މާލެއަށް ހުޅުވާލަނީ ކޮން ދުވަހަކުތޯ!؟ ތިރަށުގެ ރީތިކަންވެސް ދެކިލާހިތުން ހާދަ ބަޔަކު އުޅޭނެއޭ. ކ.އަތޮޅުގެ ރަށްރަށުގެ ތެރެއިން މަލެއަށް ޙާއްސަގޭމް ހުޅުވާނެ ދުވަސް އިގެން ބޭނުން.