ރައީސް ޑރ. މުއިއްޒު، ހިޔާވެހި ފައިނޭންސިން ސްކީމް މިދިޔަ އަންގާރަ ދުވަހު އިފްތިތާހުކޮށް ދެއްވަނީ: ގެދޮރުވެރިކަމުގެ ލޯނަށް އަހަރަކު އެއް ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާނެ ކަމަށް ރައީސް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް
08 ނޮވެމްބަރ 2024 - 18:57
ހިޔާވެހި ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށްޓަކައި އިސްލާމިކް ފައިނޭންސިންގެ އޮނިގަނޑަށް ފައްތާލައިގެން ސަރުކާރުން ދޫކުރާ ލޯނަށް އެދުމަށް މިއަދު ހުޅުވާލައިފި އެވެ.
ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ވައުދުގެ ދަށުން "ހިޔާވަހި ފައިނޭންސިން ސްކީމް" މިދިޔަ އަންގާރަ ދުވަހު ލޯންޗުކޮށް، ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލާން މިއަދުން ފެށިގެން އަންނަ އަހަރުގެ އޭޕްރީލް މަހުގެ 8 ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް - “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ފައިނޭންސިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށައެޅުމުގެ ފުރުސަތު 08 ނޮވެންބަރު 2024 (މާދަމާ) އިން ފެށިގެން ހުޅުވާލެވޭނެ! pic.twitter.com/il3By8nmNs
— Ministry of Housing, Land and Urban Development (@MHLUDmv) November 7, 2024
އެ ސްކީމުން ލޯނު ދޫކުރަނީ ތިން ކެޓަގަރީއަކަށެވެ. އެއީ؛
- ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ސްކީމް
- އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް
- މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ސްކީމް
އާބަން ސަރަހައްދުތަކުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ. އޭގައި ސިޓީތަކާއި އަތޮޅުގެ ވެރިކަންކުރާ ރަށްރަށާއި އާބާދީ ބޮޑެތި ރަށްތައް ހިމެނެ އެވެ.
ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީއާއެކު ކުރިއަށް ގެންދާ ފައިނޭންސިން ޕްރޮގްރާމުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ.
އެ ސްކީމުގެ ދަށުން ލޯނު ނަގާ ފަރާތްތަކުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ.
އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ.
ނަމަވެސް، އާބަން ސަރަހައްދުތަކުގެ ލޯނު ނަގާ ފަރާތްތަކުން އިކުއިޓީއަށް ފަސް ޕަސެންޓް އަދި މާލެއިން ގެދޮރު އަޅަން ލޯނު ނަގާ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި 10 ޕަސެންޓު ބަހައްޓަން ޖެހޭނެ އެވެ.
އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ގެދޮވެރިކަމަށް ހާއްސަކޮށް، އެކަމަށް ބަޖެޓުގައި ޖުމްލަ 4.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން ހައުސިން ލޯން ދޭން ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
12 November 2024
ސްޓޫޑެންޓް ލޯނުން ދެކޮޅުނުޖެއްސޭ ދަރިވަރުންނަށްވެސް މިފަދަ ގޮތެއް ސަރުކާރުން ހަމަޖައްސަދޭނަމަ ހާދަ ރަގަނޅެވެ!
ބޮޑު ޖޯކެއްނު.
09 November 2024
މިވެސް ދެން ސުރުހީއެއްތަ ؟ 10 ޕަސެންޓް އިންޓަރެސްޓް ރޭޓްގަ އެއްމިލިއަން ރުފިޔާގެ ލޯނެއް 25 އަހަރަށް ބަހާލައިގެން ދެއްކީމަ މުޅިއަކު ދައްކަން ޖެހޭނެ ޖުމްލަ 2.7 މިލިއަން ރުފިޔާ. 1.7 މިލިއަން ރުފިޔާއެއީ އިންޓަރެސްޓް، އެއްމިލިއަން އެއީ ނެގި (އަނބުރާ ދައްކަންޖެހޭ) އަދަދު. ސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮއްދެންޔާ %2 އިންޓަރެސްޓް ރޭޓްގަ ލޯނު ދީބަލަ.
މަމްނޫމް
09 November 2024
އަލްހަމްދުﷲ. ބައްޕަހުރީ ނިކަން އުފަލުން މި ހަބަރު ފެނިފަ. ނުހެދި ހުރި ގެ ހެދުނީ
ބިޓުޓޮކްސް
09 November 2024
ބަލަ، ބައްޕަ މި ދުނިޔެ ދޫކުރިތާ އެތައް އަހަރެއް ވެއްޖެއްނު؟ ދެން ބައްޕަ ބޮލަށް ކަނޑާނުލާ ބަލަ ތިޔަކުރާ ކަންތައް
މީސަމް މުހައްމަދު
09 November 2024
ބަޔަކު ބުނި މިކަންވެސް ރައީސް މުއިއްޒް ނުކުރާނެޔޭ. އެކަމަކު މި ފުއްދީ މި ވައުދުވެސް
އިދުހާމް ހުސައިން
09 November 2024
ކަން ކުރަން އިނގޭ ނަތީޖާ ނެރެން ބޭނުންވާ މީހުން ވެރިކަމަށް އައީމަ ތަފާތު މި ފެންނަނީ.
ޝަމްނީޒް
09 November 2024
ފެނޭތަ އިދިކޮޅަށް. ރައީސް މުއިއްޒް ބޯހިޔާވެހިކަމަށް ހައްލު ގެންނާނެ
ޝިމާނަތް
09 November 2024
މީގެ ސަބަބުން ގެ ނެހެދި ތިބި އެތައް ބަޔަކަށް ގެ ހެދޭނެ.
ހަމަދު ސަލީމް
09 November 2024
ރައީސް މުއިއްޒް މިދަނީ ވައުދުތައް ރަނުން ރަނަށް ފުއްދަމުން.
ހަސަމް ނިހާމް
09 November 2024
އިސްލާމީ ވަންތަ ލޯނެއް. ބަރާބަރު
މަހްޒޫމް
09 November 2024
އުފާވެރި ހަބަރެއް. ޝުކުރަން ސަރުކާރު