ބައިނަލްއަގުވާމީ ދެ މުބާރާޓުގައި ވާދަކުރާ ރިވައިވަލްގެ ޓީމް.-- ފޮޓޯ: ރިވައިވަލް
12 ނޮވެމްބަރ 2024 - 08:48
ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަންގެ ދެ މުބާރާތެއްގައި ވާދަކުރަން ރިވައިވަލް ސްޕޯޓްސްގެ ހަތަރު ކުޅުންތެރިންގެ ޓީމެއް ފުރައިފި އެވެ.
ރިވައިވަލް ސްޕޯޓްސްގެ ނިބާލް އަހުމަދާއި ޒަޔާން ޒަކީ އަދި ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ، މި މަހުގެ 14-17 އަށް ޒެމްބިއާގައި ކުރިއަށްދާ ޒެމްބިއާ އިންޓަނޭޝަނަލްގައި ވާދަ ކުރުމަށް ފަހު، މި މަހުގެ 21-24 އަށް ބޮސްޓާވާގައި ކުރިއަށް ގެންދާ ބޮސްޓާވާ އިންޓަނޭޝަނަލްގައި ވާދަކުރަން ވަނީ ހަމަޖެހިފަ އެވެ.
ރިވައިވަލްގެ ކޯޗެއްގެ ގޮތުގައި ޓީމާ އެކު ދަތުރު ކުރާނީ ނަޝްފާން މުހައްމަދެވެ.
ދެ މުބާރާތުގެ ވެސް ސިންގަލްސް އާއި ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓްގައި ވާދަ ކުރާނެ އެވެ. މިކްސް ޑަބަލްސް އިވެންޓްގައި ވާދަކުރާ ދެ ޕެއާ އަކީ، ޒަޔާން އާއި ނަބާހާ އަދި ނިބާލް އާއި ނަބީހާގެ ޕެއާ އެވެ.
ރިވައިވަލް އިން ވަނީ މީގެ މަހެއް ކުރިން ޔޫގާންޑާގައި ކުރިއަށް ގެންދިޔަ ދެ މުބާރާތެއްގައި ވެސް ވާދަ ކޮށްފަ އެވެ. އެގޮތުން ޔޫގާންޑާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ވާދަކޮށް ނަބާހާ އާއި ނަބީހާގެ ޕެއާ ވަނީ އަންހެން ޑަބަލްސް އިން ބްރޯންޒް މެޑަލް ހޯދައިފި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy