20 ނޮވެމްބަރ 2024 - 07:43
މަލާގާ (ނޮވެމްބަރު 20) – ކެރިއާ ނިމިގެން ދިޔައީ އޭނާ ބޭނުންވި ގޮތަށް ކަމަށް، ޓެނިހުގެ ލެޖެންޑް ރަފޭލް ނަޑާލް ބުނެފި އެވެ.
މިހާރު ކުރިއަށްދާ ޑޭވިސް ކަޕްގެ ކުއާޓާ ފައިނާލާ ހަމައިން ފެށިގެން ނަޑާލް ވަނީ ޓެނިސް ކުޅުން ހުއްޓާލައިފަ އެވެ. އުމުރުން 38 އަހަރުގެ ނަޑާލް މިދިޔަ މަހު ބުނީ، މިފަހަރުގެ ޑޭވީސް ކަޕަކީ އޭނާގެ ފަހު މުބާރާތް ކަމަށެވެ.
ޑޭޥިސް ކަޕުގެ ކުއާޓާ ފައިނަލުގައި ނަޑާލްގެ އަމިއްލަ ގައުމު ސްޕެއިން ނެދަލެންޑްސް އަތުން ބަލިވެފަ އެވެ. ނާކާމިޔާބު މުބާރާތަކުން ކެރިއާ ނިންމާލަން ޖެހުނަސް ނަޑާލް ބުނީ އޭނާގެ މުޅި ކެރިއާގައި ކާމިޔާބުތަކަށް ބަލައިފިނަމަ ހީކުރި ވަރަށް ވުރެ ކާމިޔާބު ކަމަށެވެ.
"ތަށިތަކާއި (ކާމިޔާބުގެ) އަދަދުތަކުން މީހުންނަށް އަހަރެން އެނގޭނީ،" ޓެނިހުގެ އެންމެ ޝަރަފުވެރި ޓައިޓަލް، ގްރޭންޑް ސްލޭމް 22 ފަހަރު ކާމިޔާބު ކުރި ނަޑާލް ބުންޏެވެ.
"އެކަމަކު އަހަރެންގެ ނަން އެހެން މީހުން ހަނދަން ކުރަން ބޭނުން އަހަރެން ބޭނުން ވަނީ ރަނގަޅު މީހެއްގެ ގޮތަށް މަޔާކޯގެ ކުޑަ ވިކެޖެއްގައި އަހަރެންގެ ބޮޑު ބޭބެ ޓެނިސް ކޯޗެއްގެ ގޮތުގައި ހަމަޖެހި އެ ބޭބެގެ ބެލުމުގެދަށުން ތަމްރީނުވާން ފުރުސަތު ލިބުމަކީ އަހަރެންގެ ނަސީބު."
ނަޑާލް ބުނީ ޓެނިހުގައި އޭނާ ކާމިޔާބު ހޯދަން، އޭނާ ވަރަށް ކުޑައިރުން ފެށިގެން އާއިލާއިން އުއްމީދު ކުރި ކަމަށެވެ. އާއިލާގެ އެ ހުވަފެންތަކުގައި ކުލަ ޖައްސައި ދޭން ވަރަށް ކުޑައިރުން ފެށިގެން އޭނާ ވެސް އެ ކަމަށް އުއްމީދު ކުރި ކަމަށެވެ.
"މިއަދު މިއާދެވުނު ހިސާބަށް އަންނަން އަހަންނަށްވީ އެންމެ ބޮޑަކަށް އެންމެ ކުޑައިރުން ފެށިގެން މަސައްކަތް ކުރިން. ވަރަށް ގިނަ މީހުން ކޮންމެ ދުވަހަކު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރޭ އެންމެ މޮޅު މީހާ އަށް ވުމަށް. އެކަމަކު ޓެނިހުގެ ސަބަބުން އަހަރެންގެ ދިރިއުޅުން ކުރިއަށް އޭގެތެރޭގައި ކުރިއަށް ގެންދެވުން އެއީ އަހަރެންގެ ނަސީބު،" ޓެނިސް ކުޅުންތެރިންގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ނަޑާލް ބުންޏެވެ.
ޕްރޮފެޝަނަލް ކެރިއާ ފެށީ އޭނާގެ އުމުރުން 14 އަހަރުގަ، 2001 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy