ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ--ފޮޓޯ: މަޖިލިސް
20 ނޮވެމްބަރ 2024 - 10:27
ރާއްޖޭގެ ހާލަތު އޮތީ އެއްވެސް ގައުމަކާ ޖެހިގަނެގެން އުޅެވޭ ގޮތަށް ނޫން ކަމަށާއި އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ މެދު އިތުރަށް ވިސްނާލަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ސައުދުﷲ ވިދާޅުވީ ފަލަސްތީން ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ހާލަތާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.
ދިވެހިންނާއި ފަލަސްތީނުގެ ރައްޔިތުންނަކީ ދީނީ ގޮތުން އެއްބަނޑު އެއްބަފާ ބައެއް ކަމަށާއި ނަމަވެސް ފަލަސްތީނުގެ ވަށައިގެން އެ މީހުންނާ އާއިލީ ގޮތުންނާއި ދަރިފަސްކޮޅުގެ ގޮތުން އަދި ދީނީ ގޮތުން ވެސް އެއްބަނޑު އެއްބަފާ ގައުމުތައް އެބަތިބި ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވުރެ މާ މުއްސަނދި މާ ފުދުންތެރި އަދި ފަލަސްތީން ރައްޔިތުންނާ އެހާ ގާތް ބަޔަކު ނާޅާ ފިޔަވަޅެއް އަޅުގަނޑުމެން އަޅާއިރު އަޅުގަނޑުމެންގެ ރައްޔިތުންނާ ދޭތެރޭ ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުން ރާއްޖެ އަށް ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނާލަން ޖެހެ އެވެ.
ގައުމުގެ ހާލަތު މިއަދު އޮތީ އެއްވެސް ގައުމަކާ ޖެހިގަނެގެން އުޅެވޭ ފަދަ ގޮތަކަށް ނޫން ކަމަށާއި އެ ހުރިހާ ކަމަކަށް ވެސް ވިސްނަައިގެން ނޫނީ ފިޔަވަޅު އެޅުން ރަނގަޅު ނުވާނެ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
އިޒްރޭލުގެ ރައްޔިތުން ރާއްޖެ އައުން މަނާކުރާ އިރު އެތަނުގައި ވެސް މުސްލިމުން އުޅޭ ކަމަށާއި އެ މީހުން ރާއްޖެ އައުން މަނާކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
"އެ މީހުން ބޮޑުވަޒީރު ކަމަށް ގެންނަން ވޯޓު ދިނީ ބެންޖަމިން ނަތަންޔާހޫ އަށް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަދި މަޖިލީހަށް ވޯޓު ދޭން ވޯޓު ދިނީ ވެސް އެފަދަ ޔަހޫދީންތަކަކަށް ކަމަށް ގަބޫލެއް ނުކުރެވޭ. އެހެންވީމަ އެ މީހުންގެ ހައްގުތަކަށް އަރައިގަންނަން އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ،" ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި 20 ވަނަ މަޖިލީހުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އިއްވައި އެ އަނިޔާވެރިކަމާ ކަނޑައެޅިގެން ދެކޮޅު ހަދާ ކަމުގެ ގަރާރެއް ނަމަވެސް ފާސް ކުރަން ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށެވެ.
"ނަމަވެސް އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ ދޭތެރޭގައި އަދި އިތުރަށް ވިސްނާލަން ޖެހޭ." އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ އިޒްރޭލް ޕާސްޕޯޓު މަނާކުރަން ނިންމައިފަ އެވެ. ނަމަވެސް އެ މައްސަލާގައި އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތަށް ފާސް ނުކުރެވޭނެ ކަމަށް އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވެސް ވަނީ ވިދާޅުވެފަ އެވެ. ސަބަބެއް ގޮތުގައި އޭނާ ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ބައެއް ފަލަސްތީނުގެ ރައްޔިތުން ވެސް އުޅޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަން
20 November 2024
ޒައަނިސްޓް އިޒްރޭލްގެ މުނާފިގުންނަށްވުރެ މުނާފިގު އެހެންބަޔަކުވެސް ތިބިކަން ސާބިތުވެއްޖެ
ސަރިޜާ
20 November 2024
މި ދުނިޔޭގައި މިހާރު އުޅެމުންދާއިރު، ދެން ދާން އޮތް ދުނިޔެއަށް ދާންޖެހޭ ދުވަހެއްވެސް ނޭގޭއިރު، ހިގާ މި ދުނިޔެ އިސްކުރަން ދޯ ސައުދު
ޑރ.ޓިނު
20 November 2024
ރައީސްގެ ގަރާރަކުންވެސް ކުރެވޭނެކަމެއްމީ، އެއްޗެކޭ ކިޔާފަ ޑްރާމާ އެއްކުޅެނީ، ރައްޔިތުންގެ އަތުން ޓެކްސް ނަގަންވީމަ މިހުރިހާކަމަކަށް ނުބަލާ، ހަމަ މަޖިލީހުންވެސް ވަގުތުން ދުވަހުންދުވަހަށްވެސް ފާސްކޮއްލަނީ، ރައްޔިތުންފެލާލަންވީމަ ގާނޫނު އޮތަސް ނެތަސް އެކަން އެބަކުރެވޭ.
އިބްރަތް
20 November 2024
އިޒްރޭލާއި ، އެމެރިކާތަ އަހަރުމެންނަށް ރިޒްޤް ދެއްވަނީ..؟ސައުދުﷲ މެން ތި ވިސްނަނީ އަމިއްލަފުޅު މަންފާއަށް. ދެން ތިހެން ވިއްޔާ ، ސައުދީ މީހުން ނަމާދު ނުކުރީމަ ، އަހަރުމެން ވީ ނަމާދު ނުކުރަންތަ..؟ ކޮސްވާހަކަ ނުދައްކަބަލަ.
ުސުޕަރމޭން
20 November 2024
އަޖައިބު ވާވަރުވޭ!ކޮން ކަމެއްވިސްނާކަށް؟ކީއްވެ ދެން މާގާތް ފުދުންތެރި ގައުމުތަކުން ފަލަސްތީނަށް އެހީ ނުވާއިރު އެހީވާންށޭ ކިޔާފަ ފަންޑު ހުޅުވީ؟ފުދުންތެރި ގައުމުތަކުގެ މީހުންހެން ބަލަންތިބިނަމަ؟މުސްލިމުން ދުޢާ ކުރާއިރުވެސް ހިމަނަންޖެހޭ އަނިޔާ ލިބޭ މުސްލިމުނަށް ހޮޔޮރަހުމަތް ލެއްވުން! ކޮބާ މިއަދު 100% މުސްލިމް ގައުމަކަށް އަހަރެމެން ވުމުގެ ބޭނުމަށް! އިޒްރާއީލާ ދޮކޮޅަށް އަހަރެމެނަށް ކުރެވެން ހުރި ހުރިހާ ކަމެއްކުރަންޖެހޭ! އެއީ އަހަރެމެންގެ ބިމެއް!
ކުށެއްވާނީ ކުށަކަށް!
20 November 2024
ކުށްވެރިންގެ ފަރާތުން ނުވަތަ އެފަރާތާގުޅުންހުރި ފަރާތަކުން ލިބެމުންދާ މަންފާއަށް ބަލައިގެން ހިމޭނުން ކުށްވެރިނުކޮށް، ފިޔަވަޅުނާޅާ ތިބިގެން ކަމަކުނުދާނެ! އެހެންކަމަށްވާނަމަ މިގައުމުގަ މިނިވަންކަމާއެކު އުޅޭނީ ކުށްވެރިން.
1818
20 November 2024
ފަސޭހަ ހިސާބުންނާއި ދީނިއްޔާތުން ކިޔެވި ގިނަބަޔަކު ތިބީ ދީނަކީ ކޮބައިކަން ނޭގިފައި! މީ އޭގެ ބޭފުޅުންތަކެއް! އަހަރެމެން މުސްލިމެއްގެ ހައިސިއްޔަތުން، މުސްލިމުން މަރާ އަނިޔާކުރާބަޔަކު މި ޤައުމަށް ނާދެވޭގޮތް ހެދީމަ ފައިދާވޭނެ އެތަށް ގޮތަކުން، ރިޒުގު ދެއްވަނީ ﷲ!
ލަތީފާ
20 November 2024
ޕަލަސްތީންގެ ތުއްތުކުދީން ލާއިންސާނީ ގޮތެއްގައި ޝަހީދުކުރެވެމުން ދާއިރު ތިޔަ މަޖިލީހުން އަދި ގައުމުގެ ރައީސް މަސައްކަތްކުރައްވަނީ ލަދުވެތި އަދި އަމިއްލަ ސިޔާސީ ގޮތެއްގަ. ލަދުވެތި
ދޮގުދޮލަގު
20 November 2024
މިހާރު ތިގޮތަށް ވިދާޅާކަމަށް ވައްޏާ ކުރިން ކުރިންހެދި ދޮގުތަކަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭ!
ގޮރުނުދޯރު
20 November 2024
ބިމަކީ ފަލަސްތީނުގެ ބިން. މުސްލިމުންގެ 3 ވަނަ ހަރަމްފުޅު ހުރި ބިން. އަދި މިނޫނަސް މުސްލިމުންގެ މުގައްދަސް އެތައް ތަނެއް ހުރި ބިމެއް. ތުރުކީގައޮތް އުސްމާނީ ޚިލާފަތު ނިމުމަކަށް ގެނެސް ޔާރަޕްގަ ތިބި ޔަހޫދީން އެތަނަށް ގެނެސް އިޒްރޭލުގެ ނަމުގަ ޒަޔަނިސްޓް ދައުލަތެއް އެބިމުގަ ގަދަބާރުން ގާއިމްކުރީ ދުނިޔެ ބައިބައި ކުރަމުންދާ އިނގިރޭސީން.. މިކަމުގެ އެންމެބޮޑު އެއް މޭސްތިރިއަކީ މުސްތަފާ ކަމާލް އަތާތުރުކް...