މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑު އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
22 ނޮވެމްބަރ 2024 - 11:41
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އީޖާދީ ހިޔާލުތަކަކީ އިގްތިސާދު ކުރިއަށް ގެންދިއުމުގެ އެންމެ މުހިއްމު ބާރު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރޭ ވިދާޅުވެއްޖެ އެވެ.
ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ތައާރަފް ކުރި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ދޭ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް" ހަފްލާގައި ނައިބު ރައީސް ހުސައިން ވިދާޅުވީ، ފަންނީ ގޮތުން ކުރިއަަރަމުން އަންނަ ޒަމާނެއްގައި ޑިޖިޓަލް އާ ގޮތްތަކާއި އުކުޅުތައް ދަސްކޮށް، އެކަންކަން ރާއްޖެ އަށް ގެންނަން ޖެހޭ ކަމަށެވެ.
އެ މަނިކުފާނުގެ ވިދާޅުވީ މި ސަރުކާރުގެ ގައުމީ ތަރައްގީގެ އެންމެ މުހިއްމު އެއް ސިޔާސަަކީ އީޖާދީ އިގްތިސާދެއް ބިނާ ކުރުން ކަމަށެވެ.
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް ޖަލްސާގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ: ރައީސް އޮފީސް
"މި އިގްތިސާދުގެ އެންމެ މައި މަސައްކަތްތަކަށް ދިރުން ހުރި ހިދުމަތުގެ ސޮފްހާތަކުން ބޮޑުބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް،" ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރަށް އެއް އަހަރު ފުރުނުއިރު، އެއް އަހަރުގައި ރާއްޖެ އަށް މުހިއްމު ދާއިރާތަކުން ތަރައްގީ ގެނެސްފައިވާ ކަމަށެވެ. ހުސެއިން ވިދާޅުވީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް ގާނޫނީ ގޮތުން މުހިއްމު ބަދަލުތަކެއް ވެސް ގެންނަން ޖެހޭ ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާއި އެ ވިޔަފާރިވެރިންގެ ގާބިލުކުރަން އިތުރު ކުރުމަށް ވެސް އެހީތެރިކަން އިތުރަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އެމަނިފަނުފާނު ވިދާޅުވި އެވެ.
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑު އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހު ކުރިއިރު އެ އެވޯޑު ދޭން ފަށާނީ އަންނަ އަހަރު އެވެ. އެވޯޑުގެ މަގުސަދަކީ، ރާއްޖޭގެ އިގްތިސާދު ޑައިވާސިފައިކޮށް، ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރުމުގައި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކުރުމެވެ. އަދި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާ އެކު، ގައުމުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުމެވެ.
"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާނީ އަންނަ މަހުގެ 1 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ހަސަން
23 November 2024
އަމިއްލަ މީސްމީހުންގެ ކުދި ވިޔަފާރިއާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަރުވަން މިސަރުކާރުން ކުރިކަމެއް ނެތް. ޕްރައިވެޓް ކުންފުނިތައް (ޚާއްޞަކޮށް ކޮންސްޓްރަކްޝަން ސެކްޓަރ) ފުނޑިއްޖެ. ކޮބާތޯ ކޮންސްޓްރަކްޝަން މިނިސްޓްރީ؟
ލިޕް ސާރވިސް
23 November 2024
ކުދި ވިޔަފާރި އަށް ފުރުސަތު އިތުރުކުރުމަށް މި ސަރުކާރުން އެޅި ފިޔަވަޅެއް އަދި ނުފެނޭ!
ކޮރަލް
22 November 2024
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރަނީ ބަންގްލަދޭޝް މީހުންނެވެ. އެމީހުން ސިވިލް ސާވަންޓުންނަށް ނޫނީ ފުލުހަކަށް މަހަކު 4 ވަރަކަށް ހާސް ރުފިޔާ ދީފަ ލިބޭ ހުރިހާ ފައިސާ އެއް ފޮނުވަނީ ގައުމަށެވެ. ކެފޭ ރެސޓޯރަންޓް ފިހާރަތަކުގަ ހުރި ބިދޭސީ ކޭޝިއަރުން ޑިޕޯޓް ކޮށް ނޫނީ ހައްޔަރު ކޮށްގެން މައްސަލަ އަށް ވ ބޮޑު ހައްލެއް ހޯދިދާނެ އެވެ. ދިވެއްސަކު ނެތި އަބަދު ބިދޭސީ އަކު ހުންނަ ނަމަ އެއީ އެކަހަލަ ތަނެކެވެ. ވިޔަފާރި ވަތް ގަޑުގަ 100 ޕަސެންޓް ބިދޭސީންނެވެ.
ރަންނަ
22 November 2024
ފުނޑިންޖެ ހުރިހާ ކުދި ވިޔަފާރި ތަކެއް. އެއްވެސް ވަރަކަށް ބޭރަށް ނުކުމެ އުޅޭނަމަ ފެންނާނޭ ކޮންމެ ދުވަހަކު ތަޅުއަޅުވާ ފިހާރަތަކާ، ކްލިއަރެންސް ސޭލް އަޅުވާފަ ހުރި ތަންތަނުގެ އަދަދު. މަނިކުފާނުވެސް މައިކެއް އަތަށްއެރީމަ ކޮންމެވެސް މޮޅު އެއްޗެއް ބުނެލީ ދެއްތޯ؟
އަތަ
22 November 2024
ރާއްޖޭގައި ކުދި ވިޔަފާރި ތައް ކުރިއަރުވަނީ އެމީހުންގެ އަނބިދަރިންނާއި ގެދޮރު ޤުރުބާން ކޮށް ގެން. ސަރުކާރު ތަކުން އެހީ އެއް ނުވާތާގައި ބަލަނީ ފީ އެއް ނުވަތަ ޓެކްސް އެއް އިތުރު ކޮށް ލެވޭނެ ޢުޒުރެއް އޮތްތޯ. އެވޯޑު ހިފައިގެން ތިބޭ، ބޭނުމެއް ނޫން
ދަންނާތި
22 November 2024
ކުދިއަދި މެދުފަންތީގެ ވިޔާފާރި ކުރިއަރާނީ އެކަމަށް ޓަކައި މާލެ ސަރަހައްދުގައި 2 ކިލޯމީޓަރު ދިގު އަދި 2 ކިލޯ މީޓަރު ފުޅާމިނުގެ ބިމެއް ހުޅުމާލޭ އިރުން ހިއްކާ އެތަނުގައި 150 ބުރިއަށް އިމާރާތް ކޮށް ހަދާ އެތަނުން ގިނަ އަދަދެއްގެ ފްލޯރ ސްޕޭސް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ކުއްޔެއް 100 އަހަރުން ކުއްޔަށް ބަދަލެއް ނާންނަ ގޮތަށް ކުއްޔަށް ދީގެންނޭ ކުއްޖަސް ބޮޑަސް ވިޔާފާރި ކުރިނާރާނެއޭ އަމިއްލަ ބިމުގައި ވިޔާފާރި ނުކުރެވޭހާ ހިނދަކު މިކަން ސަރުކާރުން ދަންނާށޭ
ނުދަންނަން
22 November 2024
ހުޅުމާލެ އިރުން އެވަރު ފަޅެއް އެބައޮތްތޯ