މާލެ- 30 އޮކްޓޯބަރ 2019: ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިޔަށް ގެންދިޔަ 46 ވަނަ ގައުމީ ބެޑްމިންޓަން ޗެމްޕިއަންޝިޕް އަންހެން ސިންގަލްސް ފައިނަލްގައި ނަބާހާ އާއި ނަބީހާ ވާދަކުރަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ނޮވެމްބަރ 2024 - 10:29
ބޮޓްސްވާނާ އިންޓަނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ފައިނަލުގައި ރާއްޖޭގެ އެއްމާބަނޑު ދެބެން ކަމަށްވާ އާމިނަތު ނަބީހާ އަބްދުރައްޒާގާއި ފާތިމަތު ނަބާހާ އަބްދުރައްޒާގް ވާދަކުރަން ޖެހިއްޖެ އެވެ.
ސެމީ ފައިނަލުގައި މި ދެ ކުޅުންތެރިން ވެސް ވަނީ ކުޅުނު މެޗު ކާމިޔާބުކޮށްފަ އެވެ. ސެމީގައި ނަބާހާ ވާދަކުރީ އަޒަރްބައިޖާންގެ ހާޖަރު ނުރިޔެވާއާ ދެކޮޅަށެވެ. އެ މެޗު ނަބާހާ ކާމިޔާބު ކުރީ ސީދާ ދެ ސެޓުން، 21-15، 21-15 އިންނެވެ.
ނަބީހާ ސެމީ ފައިނަލުގައި ވާދަކުރީ ވެސް އަޒަރްބައިނާޖްގެ ކުޅުންތެރިޔަކާ ދެކޮޅަށެވެ. އީރާ މަފްތޫހާއާ ދެކޮޅަށް ކުޅުނު މެޗު ނަބީހާ ކާމިޔާބު ކުރީ 3-2 ސެޓުންނެވެ. އެއީ 21-12، 20-22 އަދި 21-8 ންނެވެ.
ރިވައިވަލް ސްޕޯޓްސްގެ ފަރާތުން އެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ ދެ ބެއިން ފައިނަލުގައި ވާދަކުރަން ޖެހުން، އެއީ ރާއްޖޭގެ ބެޑްމިންޓަންގައި ތާރީހީ ކާމިޔާބެކެވެ. އެއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ބަލައިގެންފައިވާ މުބާރާތެއްގެ ސިންގަލްސް ފައިނަލަށް ރާއްޖޭގެ ދެ އެތުލީޓުން ދަތުރު ކުރި ފުރަތަމަ ފަހަރެވެ.
ބޮޓްސްވާނާ މުބާރާތުގައި ޒަޔާން ކުޅުނު މެޗެއްގައި --- ފޮޓޯ: ރިވައިވަލް
ޒަޔާން ޒަކީ އާއެކު ހިއްސާވެ ނަބަހާ ވަނީ މިކްސްޑް ޑަބަލްސް ފައިނަލަށް ދަތުރުކޮށްފަ އެވެ.
މިކްސްޑް ޑަބަލްސް ސެމީ ފައިނަލުގައި އަޒަރްބައިޖާންގެ ހާޖަރު އާއި ޖާހިދު ހަސަނޯވްގެ ޕެއާގެ މައްޗަށް ޒަޔާން އާއި ނަބާހާގެ ޕެއާ ކާމިޔާބު ހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 21-13، 21-18 އިންނެވެ.
ފައިނަލުގައި އެ ޕެއާއާ ދެކޮޅަށް ނުކުންނާނީ ވެސް އަޒަރްބައިޖާންގެ ޕެއާ އެވެ. އެއީ އީރާ މަފްތޫހާ އާއި އަގީލް ގަބިލޯވްގެ ޕެއާ އެވެ.
ފައިނަލު އިވެންޓްތައް މިއަދު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުބާރާތް
24 November 2024
އަޒަރުބައިޖާން އާއި ރާއްޖެ އެކަނި ބައިވެރިވި މުބާރާތެއްތަ؟