ނަބާހާ ކުރިން ކުޅުނު މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ: އެމްއޯސީ
24 ނޮވެމްބަރ 2024 - 15:19
ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް މުބާރާތުގެ ސިންގަލްސް ފައިނަލުގައި ދައްތަ އާމިނަތު ނަބީހާ އަބްދުރައްޒާގް ބަލިކޮށް ދައްތަ، ފާތިމަތު ނަބާހާ އަބްދުރައްޒާގް ރަން މެޑަލް ހޯދައިފި އެވެ.
ރިވައިވަލް ސްޕޯޓްސްއިން، އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެއްމާބަނޑު މި ދެބެންގެ ފައިނަލު ނަބާހާ ކާމިޔާބު ކުރީ 2-1 ސެޓުންނެވެ.
ވާދަވެރިކަން ބޮޑުވި ފުރަތަމަ ސެޓް ނަބާހާ ގެންދިޔައީ 22-20 ންނެވެ. ވިދިވިދިގެން ދެސެޓުން މެޗު ނިންމާލާކަށް ނަބީހާ ފުރުސަތެއް ނުދިނެވެ. އެ ސެޓް އޭނާ ކާމިޔާބު ކުރީ 21-14 އިންނެވެ. މެޗުގެ ޑިސައިޑިން ސެޓް ނަބާހާ ގެންދިޔައީ 21-15 އިންނެވެ.
ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް މުބާރާތުގެ ސިންގަލްސް ފައިނަލުގައި ކޮއްކޮ އާމިނަތު ނަބީޖާ ބަލިކޮށް ދައްތަ ރަން މެޑަލް ހޯދައިފި އެވެ.
ރިވައިވަލް ސްޕޯޓްސްއިން، އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެއްމާބަނޑު މި ދެބެންގެ ފައިނަލު ނަބާހާ ކާމިޔާބު ކުރީ 2-1 ސެޓުންނެވެ.
ވާދަވެރިކަން ބޮޑުވި ފުރަތަމަ ސެޓް ނަބާހާ ގެންދިޔައީ 22-20 ންނެވެ. ވިދިވިދިގެން ދެސެޓުން މެޗު ނިންމާލާކަށް ނަބީހާ ފުރުސަތެއް ނުދިނެވެ. އެ ސެޓް އޭނާ ކާމިޔާބު ކުރީ 21-14 އިންނެވެ. މެޗުގެ ޑިސައިޑިން ސެޓް ނަބާހާ ގެންދިޔައީ 21-15 އިންނެވެ.
ނަބާހާ އާއި ނަބީހާގެ މި ކުރިމަތިލުމަކީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ގަބޫލު ކުރާ މުބާރާތެއްގެ ފައިނަލުގައި ރާއްޖެ ދެ ކުޅުންތެރިން ކުރިމަތިލި ފުރަތަމަ މެޗެވެ.
ނަބާހާ އަށް މިއަދު އިތުރު ފައިނަލެއް އެބައޮތެވެ. މިކްސްޑް ޑަބަލްސް ފައިނަލުގައި ޒަޔާން ޒަކީ އާއެކު މިއަދު ނުކުންނާނެ އެވެ. އެ މެޗުގައި އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ނުކުންނާނީ އަޒަރްބައިޖާންގެ އީރާ މަފްތޫހާ އާއި އަގީލް ގަބިލޯވްގެ ޕެއާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާނިި
24 November 2024
ދެކުދިންގެ ހިތްވަރަށް ސާބަސް.
ފަންސޫރު
24 November 2024
މަށަކަށް ނޭނގެ ތިޔަ ދެބެއިން ވަކިކުރާކަށް. އެކަކު މޮޅުވިޔަސް މަށަށް ހަމަ އެއީ ދެ މީހުން މޮޅުވުން