ިސިނަމާލެ ބްރިޖު ބެލުމަށް ކުރިން ހެދި ޕްލެޓްފޯމް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
25 ނޮވެމްބަރ 2024 - 10:47
އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތްތައް ބޭއްވޭ ގޮތަށް ބްރިޖު ޕްލެޓްފޯމު އަލުން ހަދަން، އެ ތަން ރޫޅާލަން ފަށައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސާފިން އާއި ބޮޑީބޯޑިން ސްޓޭޑިއަމް ތަރައްގީކުރަނީ ހޮންގް ކޮންގުގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ.
އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޭޕްރީލް މަހު މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް، މަސައްކަތް ހަވާލުކުރި އަގެއް ނޭނގެ އެވެ.
ސިނަމާލެ ބްރިޖު ބަލަން ހެދި ޕްލެޓްފޯމް ރޫޅާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިންޓަނޭޝަނަލް ސާފިން ސްޓޭޑިއަމް އަޅަން ބްރިޖު ފްލެޓުފޯމު ރޫޅާލުމުގެ މަސައްކަތް ފަށައި، އެ ތަން ހިޔާ ކޮށްފައި ހުރި ޓިނުތަކާއި ސިޑިބަރިތައް މިހާރު ވަނީ ނަގައިފަ އެވެ. އެކަމަކު، ފްލެޓުފޯމްގެ އަމަލީ މަސައްކަތް ފަށައި ނިންމަން ދިން މުއްދަތެއް އަދި ސާފެއް ނުވެ އެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ކުރިން ވިދާޅުވީ ބޮޑީބޯޑިން އާއި ސާފިން ސްޓޭޑިއަމެއްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުން ކަމަށެވެ.
ރާއްޖޭގައި މި ފަހުން ވަނީ ސާފިން އަދި ބޮޑީބޯޑިންގެ އިންޓަނޭޝަނަލް މުބާރަތްތަކެއް ބާއްވައިފަ އެވެ. އޭގެ ތެރެއިން، އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާގައި "ވިޒިޓް މޯލްޑިވްސް ޕްރޯ" ފުރަތަމަ ފަހަރަށް ހިމަނައިގެން 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެވެ. އެއަށް ފަހު މިދިޔަ އަހަރުގެ އައިބީސީގެ ޓުއާ ކަލަންޑަރުގައި ވެސް ވިޒިޓް މޯލްޑިވްސް ޕްރޯ ހިމެނުނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ސިނަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބެލުމަށް ލޮނުޒިޔާރަތްކޮޅުގައި ހެދި ޕްލެޓްފޯމަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. އޭގެ ހުރިހާ ހޭދައެއް ކޮށްފައިވަނީ ނިއުޕޯޓް ހިންގާ ކުންފުނި، ސްޓްރާޑާއިންނެވެ. އޭގެ ބަދަލުގައި، ރެސްޓޯރެންޓެއް ހެދުމަށް ވެސް އޭރު ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްކަލަ މީހާ ދޯ
25 November 2024
ދައުރު ނިމުމުގެ ކުރިން ހެދޭތޯ ބަލާތި. އެހެން ނޫނީ ދެން އަންނަ ސަރުކާރަކުން ތިޔަ ތަން ބަކަރި ހުއި ހައްޕާ ތަނަކަށް ނަހަދައިފިއްޔާ ނަސީބެއް! އެހެންނާ ކޮންމެ ސަރުކާރަކަށް ޕްލޭނެއް ވިއްޔާ!
ރައްޔިތުސޮރު
25 November 2024
ރަނގަޅު މިސަރުކާރަށްކުރެވޭނީ ތިކަހަލަކަމެއް. ލެގޯބްލޮކްސްއިން އެއްޗެއް ރޫޅާލާފަ އޭތި އެހެންގޮތަކަށް އަތުރާލެވޭނީ... އަދިވެސްއެއުޅެނީ ރަސްމީ ފާލަން ރޫޅާނުލެވިގެން...
ދެދެ
25 November 2024
ޖަލްސާ ބާއްވާ ތަނެއްވީމާ ހަޖަމު ނުވީ
ދޮހޮއްތު
25 November 2024
މިކަހަލަ ކޮންމެ ޕުރޮޖެކްޓެއްގެވެސް ކުރެހުމެއް ފޮޓޫއެއް ލިބޭނަމަ
ރާވެރިބެ
25 November 2024
ތި ސިޑިބަރި ތަޅާލާ އިރު ތިތާ ކައިރީ ކުރިން ހަދާފަހުރި ކެފޭ ހިންގި އިމާރާތް ތަޅާލައްޗޭ! އެއްވެސް ސަރުކާރަކަށް އެތަން ތަޅާނުލެވުނު. މުޅި ސަރަހައްދުގެ ރީތިކަން ގެއްލުވާލާ ތަނެއް. އަލުން ތި އޭރިއާ ޑެވެލޮޕް ކުރެވޭ އިރު ހިގާ މީހުންނަށް މަގު ބްލޮކް ނުވާ ގޮތަށް ހެދުން މުހިއްމު.
ސަސި.
25 November 2024
ހަބަރު ފުރިހަމަ ވާން އެބަޖެހޭދޯ. މަސައްކަތް ހަވާލުކުރި އަގެއް ނޭނގެ އެވެ. އަމަލީ މަސައްކަތް ފަށައި ނިންމަން ދިން މުއްދަތެއް އަދި ސާފެއް ނުވެ އެވެ. ޖަވާބު ދިންް އިސްވެރިޔާއަށް މަރުހަބާ.
ސަނީސައިޑްބޮންޑް
25 November 2024
ސާރފިންއަށް އިންޓަރނޭޝަނަލް ފެންވަރުގެތަނެއް އަޅަން ތިއަށްވުރެރީތިތަނެއް މިރާއްޖެއިންނުފެނުނީބާ؟ ނޫނޭ ދިވެހިރާއްޖެއަކީ ފުރަމާލެއެކަނި ދެއްތޯ؟
ކޮލަމާހުއްޓާ
25 November 2024
ތިތަން ހަދަން ދިން އަގެއް މުއްދަތެއް ނޭނގެ.....ބަލަ މީރައްޔިތުންގެ ޓެކްސްފައިސާއިން ކުރާ މަސައްކަތްތަކެކޭ.. ކޮންކަމެއް ފޮރުވަން ތިއުޅެނީ. މުއިއްޒު ވެރިކަމަށް އަންނަމުން ބުނީ ފޮރުވާކަށް އެކައްޗެއްވެސް ނޯނަނާނެޔޭ.
ތުލުސްދޫ އީސާޅު
25 November 2024
ރާއްޖެ ކިޔަނީ ހަމައެކަނި މާލެއަށް؟ މިނޫންތާކު އެއްވެސް ކަމެއް ކުރެވޭކަމަކަށް ނުވޭ. ހުރިހާ ކަމެއް މާލެއަށް. މިއަހަރުވެސް އޭގެ ކުރީ އަހަރުވެސް ތުލުސްދޫގަ އޭޝިއަން ސާރފިންގ މުބާރާތް ބޭއްވި. މިއަހަރުގެ މުބާރާތަކީ އޭޝިއަން ކޮލިފައިން މުބާރާތެއް. ނަމަވެސް ސަރުކާރުން މާބޮޑު ޚަރަދެއް ނުކުރޭ. މަށަށް ޔަގީން ތިތަން ރޫޅަން ކުރާ ޚަރަދުވެސް މިދެމުބާރާތަށް ކުރި ޚަރަދަށްވުރެ ބޮޑުވާނެ. ކަމަކުނުދޭ. މާލެ ސަރުކާރު ހައްތަހާވެސް.
ޏަނާ
25 November 2024
މާ ރީތި ރާޅު ނަގާ ތަންތަން ރާއްޖޭގައި ހުރި އިރު މާލޭގައި އެތައް މިލިއަން ރުފިޔާއަކަށް ތިތަން ހެދުމުގެ ބޭނުމަކީ ކޮބާބާ؟ ހުރިހާ ކަމެއް ވެރިކަން ކުރާ ރަށަށް ޖަމާކޮށްގެން ތަރައްޤީ ހޯދަން އުޅޭ ބައެއް މި ރާއްޖޭގައި ނޫނީ ދުނިޔޭގެ އެއްވެސް ތާކު ނެތް!
ޖަމީލުބެ
25 November 2024
ޤައުމީ ސަލާމަތާއި ބެހޭކަމެއްނަމަ، ސިއްރު ކުރަންވާނެ!