އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ވަޒީރު ރާފިއު އާއި އެޗްޑީސީގެ އެމްޑީ، ރޭސިން އާއި ޑްރިފްޓް އެސޯސިއޭޝަންގެ އިސްވެރިންނާ އެކު.-- ފޮޓޯ: އެޗްޑީސީ
18 އެޕްރީލް 2024 - 20:49
މާލޭ ސަރަހައްދުގައި ރޭސިން އާއި ޑްރިފްޓް އެރީނާއެއްގެ އިތުރުން ސާފިން އާއި ބޮޑީބޯޑިން ސްޓޭޑިއަމެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ސްޕޯޓްސް މިނިސްޓްރީން ތައްޔާރު ވެއްޖެ އެވެ.
އެގޮތުން ރޭސިން އާއި ޑްރިފްޓް އެރީނާގެ މަސައްކަތަށް ބިން ހަމަޖައްސައި، މިނިސްޓްރީ އާއި އެޗްޑީސީ އާއެކު މިއަދު އެމްއޯޔޫއެއްގައި ސޮއި ކުރެވިފައި ވާއިރު، ސާފިން އާއި ބޮޑީބޯޑިން ސްޓޭޑިއަމް ތަރައްގީ ކުރުމަށްޓަކައި މިނިސްޓްރީން ވަނީ ހޮންގް ކޮންގްގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީއާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފަ އެވެ.
ރޭސިން އާއި ޑްރިފްޓިން އަކީ ރާއްޖޭގައި ޒުވާޏުންގެ މެދުގައި މަގުބޫލު ކުޅިވަރެކެވެ. ރޭސިން ޓްރެކެއް ނެތް ނަމަވެސް މީގެ ކުރިން ހުޅުމާލޭ މަގުތަކުގައި ވަނީ ރޭސިން މުބާރާތްތައް ބާއްވައިފަ އެވެ. އަދި ޓްރެކެއް ނެތްކަމުގެ ކަންބޮޑުވުން، ރޭސިން ކޮމިއުނިޓީން ވަނީ މީގެ ކުރީ ސަރުކާރުތަކާ ވެސް، ހިއްސާ ކޮށްފައިވެ އެވެ.
"ޒުވާނުން ވަރަށް ބޮޑަށް އެދި އެދި ތިބި، ފުދޭވަރަށް ގިނަ ދުވަސްތަކެއް ވެސް ވީ ކަމެއް މިއީ. އިރާދަ ކުރެއްވިއްޔާ މިއަހަރު މިކަން ކުރެވޭނެ މަގު ފަހިގވެގެން މި ދިޔައީ،" މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވި އެވެ.
އެމްއޯޔޫގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓްރީ އާއި ސާފިން އެސޯސިއޭޝަންގެ އިސް ބޭފުޅުން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ބޮޑީބޯޑިން އާއި ސާފިން އަކީ ވެސް ރާއްޖޭގައި ކުރިއަރަމުން އަންނަ މަގުބޫލުކަން ހޯދާފައިވާ ކުޅިވަރުތަކެވެ.
އެގޮތުން އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާގައި "ވިޒިޓް މޯލްޑިވްސް ޕްރޯ" ފުރަތަމަ ފަހަރަށް ހިމަނައިގެން 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެވެ. އެއަށް ފަހު މިދިޔަ އަހަރުގެ އައިބީސީގެ ޓުއާ ކަލަންޑަރުގައި ވެސް ވިޒިޓް މޯލްޑިވްސް ޕްރޯ ހިމެނުނެވެ. މީގެ އިތުރުން ކ. ތުލުސްދޫގައި މިދިޔަ އަހަރު އޭޝިއާގެ ސާފިން ޗެމްޕިއަންޝިޕް ވަނީ ބާއްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ރާބޮޑީބޯޑިން އާއި ސާފިން ސްޓޭޑިއަމެއްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތައް ބާއްވަމުން އަންނައިރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދުން ކަމަށެވެ.
ރޭސިން އާއި ޑްރިފްޓް އެރީނާގެ އިތުރުން ސާފިން އާއި ބޮޑީބޯޑިން ސްޓޭޑިއަމްގެ ކޮންސެޕްޓާއި ޑިޒައިންގެ މަސައްކަތްތައް ވެސް، މި ހަތަރު އެސޯސިއޭޝަނުގެ މަޝްވަރާއާ އެކު ނިމިފައި ވާކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ 2
20 April 2024
6 ވަރަކަށް މީހުން އެއްކޮއްގެނަ ދިޔައިމަ ކޮންމެ ކަމެއްވެސް ވާ ގޮތަށް މިދަނީ، ރޭސިން ކުރާ ވަރު ތަނެއް ނޫން މީކީ، އަދި މާލީ ގޮތުން ދެކޮޅު ޖެހޭވަރުގެ އިންވެސްޓްމެންޓަކަށްވެސް ނުވާނެ ތިކަން.
ޙނސޖސ
19 April 2024
މީހުން އުޅޭ ހިސާބަށް އަޑު ނީވޭވަރު ދުރުގައި ތިތަނެއް ހެދުން އެދެން
އަމަން މުހައްމަދު
19 April 2024
އެމްޑީޕީ އިން ރޭސް ޖެހި ކުދިން ހިފާ ހައްޔަރުކުރީ. ރައީސް މުއިއްްޒް އެކަދިންނަށް ރޭސް ޖަހާނެ ތަނެއް މި ހެދީ
އީމާން މުސްތޮފާ
19 April 2024
ހުސް ވައުދު ނުވާނެ. ވި ވައުދެޢް ވިއްޔާ ފުއްދާނެ. އެއީ ރައީސް މުއިއްްޒް އަކީ
އިމްދާދް
19 April 2024
ހަމަ ހަގީގަތުގައިވެސް ރައީސް މުއިއްްޒް އަކީ ޒުވާނުންގެ ރައީސް އެއް. އެކަން މި ފެނި ސާބިތު ވަނީ
އައުޒަމް
19 April 2024
ޒުވާނުންގެ ރައީސް ރައީސް މުއިއްްޒް. ޝުކުރިއްޔާ ރައީސް ހުރިހާ ޒުވާނުންގެ ފަރާތުން
ހަމަދު ސަލީމް
19 April 2024
ރައީސް މުއިއްްޒް މިދަނީ ވައުދުތައް ރަނުން ރަނަށް ފުއްދަމުން
އަމަން މުހައްމަދު
19 April 2024
ސާފް ކުރާ ކުދިންނަށް ތިދިނީ ނުލާހިކު އުފާވެެރި ހަބަރެއް. މިކަން ނުވެގެން އުޅޭތާ ލައްކަ ދުވަސްވެއްޖެ
ނޫހް އިބްރާހީމް.
19 April 2024
ދެން ރޭސް ޖަހައިގެން ފުލުހުން ނުހިފަހައްޓާނެ. ޓްރެކް ލިބުނީ
ފިރުޝާން ފަހްމީ
19 April 2024
އަހަރުމެން ރޭސް ޖަހާ ކުދިން ނުވެގެން އުޅުނު ކަންތައް ރައީސް މުއިއްްޒް ކޮށްދޭތީ ފަށްފަށުން ޝުކްރިއްޔާ