ފެމިލީ ކޯޓު: ހުއްދަ ނެތި ފެމިލީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުން ނުކުމެގެން ދިޔަ އަންހެނަކު ތިން ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި.
25 ނޮވެމްބަރ 2024 - 19:41
ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަނިކޮށް ހުއްދަ ނުހޯދައި އެ ތަނުން ނުކުތް މައްސަލާގައި އަންހެނަކު ތިން ދުވަހަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނީ ޝަރީއަތުގެ އަޑުއެހުމެއް ހިނގަމުންދަނިކޮށް، ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަވަޅު އެޅޭނެކަން އަންގާފައިވަނިކޮށް، ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުން އޭނާ ނުކުތް ކަމަށެވެ.
ހުކުމުގައިވާ ގޮތުން، އެ މީހާ ނުކުމެގެން ދިޔައީ ކޯޓުގެ ރިސެޕްޝަނުގެ ތެރެއިން ލީގަލް އޮފިސަރު އިންނަވާ ކޮޓަރި ތެރެއަށް ވަދެ، އެތަނުން ކޯޓުގެ ލޮބީ ސަރަހައްދުންނެވެ.
އެހެންވެ، އޭނާ ތިން ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ޝަރީއަތުގެ ނިޒާމާ ހިލާފުވެފައިވާތީ އާއި ކޯޓުގެ ހުރުމަތް ކަނޑާފައިވާ މައްސަލައާ ގުޅިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައްއަް
27 November 2024
ބައެއް ކަންކަމުގައި ހުކުމް ކުރަން ވަރަށް ފަސޭހަ. އަސްލު އިންސާފު ގާއިމުކުރެވޭނީ ކޮންއިރަކުން
ކާފީބެ
26 November 2024
ފިރިހެނަކު ނުކުމެގެން ގޮސްގެން މިގޮތަށް ހުކުމެއް އަތުވެއްޖެޔާ ޔަގީން، "ހޭ" ވެސް އަހާނުލާނެ.
އެޗް އެމް
26 November 2024
މިކަހަލަ ކަންކަމަށް ވަރަށް ރަގަޅަށް ވަކްތުން ވަކްތަށް ހުކުމްބުނެ ތަންފީޒު ކުރާނެ. ޝޯވިން މަސްލްސް.!
އަބްޑޫޅް +
26 November 2024
އޭ، އެ މަންޖެ ކައިރީ ބުނާތި، ޖަލުން ހަލީމަތު ލަމްހާ ޔާ ދިމާވީމަ ސަލާން ބުނައްޗޭ.
އަބްޑޫޅް +
26 November 2024
ހަމަ ސަތޭކަ.
ޢަލީބޒބސހ
26 November 2024
އިޖްރާއަތަކަށް އަމަލު ނުކޮށްގެން ޖިނާއީ ކުށެއްކޮށްގެން ދޭ އަދަބު ދިނުމަކީ އޭނަގެ ހައްގުތަކަށް އަރާގަނެ މެންޓަލީ އޭނަ ވީކް ކުރުން. މި ކަން ތަހްގީގު ކުރަންޖެހޭނެ
އަބުދުބެއްޔާ
26 November 2024
ފަނޑިޔާރުގެ މެންޓަލް ސްޓެޓަސް ޗެކުކޮށްލުން ރަނގަޅު ހެން ހީވޭ
ހަސަންރަހާ
26 November 2024
ކޮބާ މުއިއްޒުގެ އިސްލާމީ 'ވަންތަ' ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަން ފަށައިފިތަ؟ މިހާތަނަށް ކިތައް މީހުންގ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފިންތޯ؟ މި ސުވާލަށް ހީނާ ވަލީދުގެ ޖަވާބެއް ބޭނުން...
ރަންދެލި
26 November 2024
މި މީހުންނަށް ހީވާ ކަހަލަ ފަނޑިޔާރު، ޤާޒީ މެޖިސްޓުރޭޓު ކިޔާފިއްޔާ މީ މަތިން އައިސް ތިބި މާ މޮޅު ރޫހާނީ ބާރު ތަކެއް ކިބިގެންވާ ބައެކޭ! އަޖާއިބު ވެދާނެ!
ލަދުވެތި
26 November 2024
ކޯޓުތަކުގެ ގާޒީން ހީވަނީ ތިމަނާވަރު މީހެއް ނެތްހެން. ބޭނުން ކޮންމެ އިރަކު މީހެއްގެ މިނިވަންކަން ނިގުޅައިގަނެވޭނެއޭ. މި ގާޒީ ގެ މައްސަލަ ބަލަން ގޮވާލަން.