ރައީސް އޮފީސް: ހަރަދު ކުޑަކުރަން ވަކިކުރި 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނޭ --- ފޮޓޯ/މިހާރު
04 ޑިސެމްބަރ 2024 - 16:10
ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން މަދުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ، އެ މައުލޫމާތުތައް ހާމަނުކުރަން ނިންމައިފި އެވެ.
އިގުތިސާދީ ރިފޯމް އެޖެންޑާގެ ތެރެއިން، އެކި މިނިސްޓްރީތަކުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ. އެ މުއްދަތު ހަމަވިއިރު، 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސިޔާސީ މުވައްޒަފުން ވަކިކުރީ ކޮން މިނިސްޓްރީތަކަކުން ކަމެއް އަދި އެއީ ކޮން ބައެއް ކަން ހާމައެއް ނުކުރެ އެވެ.
އެހެންވެ، އެ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ރައީސް އޮފީހުން ދިން ޖަވާބުގައި ބުނީ، ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތުތަކެއް ކަމަށާއި އެ މުވައްޒަފުން ވަޒީފާ އަދާކުރި މިނިސްޓްރީތައް ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރެވިދާނެ ކަމަށެވެ.
"އެ މުވައްޒަފުންގެ ނަމާއި އެ ވުޒާރާތަކުގެ ނަންތަކުގެ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫކުރެވޭނެ މައުލޫމާތެއް ނޫން،" ރައީސް އޮފީހުން ބުންޏެވެ.
ނަމަވެސް، މީގެ ކުރިން ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން ވަނީ އެ މިނިސްޓްރީތަކުގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުންގެ ނަމާއި މަގާމުތައް ހިމެނޭ ގޮތަށް ހުރިހާ މައުލޫމާތެއް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އާ ވެސް ހިއްސާ ކޮށްފަ އެވެ.
ވަކިކުރި 248 ސިޔާސީ މުވައްޒަފުންގެ ލިސްޓް ހޯދަން "މިހާރު" އިން ވެސް ރައީސް އޮފީހަށް ހުށަހެޅުމުން، ޖަވާބު ދޭން ލިބޭ މުއްދަތުގެ ތެރޭގައި އެކަން ނުކޮށް އިތުރު 14 ދުވަހުގެ މުއްދަތަކަށް އެދުނެވެ. އެ މުއްދަތު ހަމަވިއިރު ވެސް އެ އޮފީހުން އެއްވެސް ޖަވާބެއް ނުދިނެވެ.
ގާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން މައުލޫމާތު ހާމަކޮށްފައިނުވާތީ، މި މައްސަލަ މިހާރު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފަ އެވެ. މައްސަލަ ބަލައިގަނެ، އަޑުއެހުން ބާއްވަން ވަނީ ތައްޔާރުވެފަ އެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުން، ވަކިކުރާ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
އެ ނިންމެވުމާއެކު، ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ޖުމްލަ ބަޖެޓުގެ އެއް ޕަސެންޓެވެ. އެހެންކަމުން ސިޔާސީ މުވައްޒަފުންގެ މުސާރައަށް އަހަރު ހޭދަކުރާނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ އެވެ. އެއީ ކޮންމެ މަހަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ އެކި އިދާރާތަކުން "މިހާރު" އާ ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިވަގުތު ސިޔާސީ މުވައްޒަފުންގެ އަދަދު އުޅެނީ 1،400 އަށް ވުރެ މަތީގަ އެވެ. ބައެއް މިނިސްޓްރީތަކުން މިހާތަނަށް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.
މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ މަތި ނުވާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބަލް ގުޅަ ކުޅޭ ބަޑޭރި ސީދީ
06 December 2024
ވަކި ކުރި 248 ސިޔާސީ މީހުންގެ މުސާރަ އެލަވަންސް އަށް ބަޖެޓުން ހަރަދުކުރި ޖުމްލަ އަދި ވަނަވަރު ސިއްރު ކުރުމަކީ ހިޔާނާތެއް. އެ މައުލޫމާތަކީ ޒާތީ މައުލޫމާތެއް ނޫން. އަބިފިރި އިދެވަރިކުރާ ފަދަ ޒާތީ މައުލޫމާތެއް ނޫން. . އޮޑިޓަރ ޖެނަރަލުގެ ވާހަކަ ގާނޫނު އަސާސީގައި ލިޔެފައި އޮންނަ ސަބަބު ބަންޑާރަ ނައިބަށް ކޮންމެވެސް ފަރާތަކުން އޮޅުންފިލުވާ ދޭން އެބަ ޖޭހޭ.
ކޮންސިއްރެެއް
06 December 2024
އެ މިނިސްޓްރީއެއްގެ ވެބްސައިޓްގައި އެތަނުގަ މަސައްކަތްކުރާ ހުރިހާ އިސް މީހުންގެ ނަމާ ފޮޓޯ ހުންނަންވާނެ. ކޮންހާ ސިއްރެއްކުރާކަށް
ޙުސިނޫ
05 December 2024
ސިޔާސީ މުވައްޒަފުންނާއި ސިޔާސީ ބަޖެޓަކާއި ސިޔާސީ ތަރައްގީ އެކަނި މިފެންނަނީ. ގައުމުގެ ހާލަތު މިހާ ދަށަޢްދަނީ އިންތިހާޔަށް ވައްކަން ކުރާތީ.
ބޮޑުމީހާ
05 December 2024
ދޮގާއި މަކަރު ހަދަންޏާ ސިޔާސީ މީހުންގެ ނަން އަދި ވާނެ ގައުމީ ސަލާމަތައް ހުރި ނުރައްކަލަކަށްވެސް
އަހްމަދު ސަނީހް
05 December 2024
މަށަކީވެސް ޖަނަވާރު މިނިސްޓްރީއިން ކަޑާލި މީހެއް. މަވެސް ބޭނުމެއް ނޫން މަގޭ ޒާތީ މައުލޫމާތް އިނގޭކަށް.
ޖަވާޖީ
05 December 2024
ރ.މުއީޒެކޭ ޔާމީނެކޭ އަންނިއެކޭ ނެތް ތަފާތެއް. ހުސް ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރި ވެރިކަމުން ފައިބައިގެން ދަނީ
މުހައްމަދު އަފްސަލް
05 December 2024
ރަނގަޅު ކަމެއް. އެއްވެސް ވަރަކަށް ނުޖެހޭނެ ހާމަ ކުރަން.
އިބިރަހިމާ
05 December 2024
އަފްސަލް ބުނެބަލަ ހާމަ ކުރަން ޖެހޭ އެއްޗެއް؟
ނާޑުވާ
05 December 2024
ސަރުކާރުން ކަމެއް ފޮރުވަނީކީ ނޫން. ނެތް އެއްޗެއް ކިހިނެއް ދޭނީ. ސިޔާސީ މުއައްޒަފުން ކަނޑަނީއޭ ކަނޑައިފީމޭ ކިޔާ ހެދީ ބުހުތާނު ދޮގު. އިނގޭތީ މި ބުނީ. ބައެއް މުއައްޒަފުންނަށް ނޯޓިސް ފޮނުވި. އެކަމަކު ހަމަ އެ މުއައްޒަފުން ހަމަ އެތާ ހަމަ އެ މަޤާމްގަ އެ މުސާރައަށް މަސައްކަތް ކުރަމުން ދަނީ.
މިލިއަނުން ބިލިއަނަށް
05 December 2024
މުސާރަ 10 މިލިއަން، ޕްރޮޖެކްޓްތަކުން ހަމަ ތިޔަބުނާ މުވަޒަފުނަށް ލިބޭމިންވަރެއްނޭންގޭ، ދެން އިހައްދުވަހު ހީނާ ތިހެދި ކޮންޓްރެކްޓުން ކިހައިވަރެއް ލިބުނީސް އެކަން ހިގިނަމަ، މިހެންގޮސް ކިޔާނެކަމެއްނެތް އަހަރެމެން ރަށުގަވެސް މިވީ 3 މަސް ތެރޭ 12 ވަރަކަށް ސިޔާސީމަގާމު ހަދައިފި
ތޮށަލި
05 December 2024
ކުރީގެ ސަރުކާރު ތަކުން އަދި މި ސަރުކާރު ފެށުނު ދުވަސްވަރު ސިޔާސީ މަގާމުތަކަށް އަންޔަންކުރާ މީހުންގެ މައުލޫމާތު ދިޔައީ އާންމު ކުރަމުންނެެވެ. ޚަބަރުތަކަށް އަރަމުންނެވެ. ވަކި ހިސާބަކުން މި ސަރުކާރަށް އެއީ ސިއްރެއްކަމަށް ގަބޫލު ކުރެވުނީ ކަމަށް ވެދާނެވެ. އެކަމަކު އެތައް ތަނެއްގައި ރައީސް ވިދާޅުވެފައިވާ ފޮރުވަންޖެހޭ އެއްވެސް ކަމެއް ނޯންނާނޭ ހުރިހާކަމެއްވެސް ވަރަށް ހާމަކޮށް ބޮޑުކޮށޭ ކުރާނީ