ރައީސް ޑރ. މުހައްމަދު މުއިއްޒު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ.--
15 މެއި 2025 - 15:18
ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކޮށް، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރެވޭނެ ކަމަށެވެ.
މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ނުވަތަ ކައުންސިލް މެމްބަރެއް އެ މަގާމުގައި ބަހައްޓަން ބޭނުން ނުވާ ނަމަ ރައްޔިތުންގެ ވޯޓަކުން ވަކި ކުރެވޭ ގޮތަށް ހަދައި އިސްލާހު ކުރުން ކަމަށެވެ.
ރައީސް ރަށަކަށް ވަޑައިގަންނަވާތީ އެ ރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ޔައްރިތުންގެ ވޯޓުން ހޮވާ މެމްބަރެއް އެ ރައްޔިތުންނަށް ވަކި ކުރެވޭނެ ގޮތެއް ނެތް ދީފައެއް. އަޅުގަނޑު މި ހުށަހަޅަނީ ރިކޯލް ވޯޓު ނުވަތަ ރައްޔިތުން ގާތަށް އަނބުރާ ދާން، ސުވާލު ކުރުމުގެ ފުރުސަތު، ރައްޔިތުން އޭނަ ވަކި ކުރަން ބޭނުން ވަންޏާ ވަކި ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެގޮތަށް ބަދަލު ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ބަދަލު ގެނެސްގެން ނޫނީ ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ނުކުރެވޭނެ ކަމަށެވެ.
"ޗެކް އެންޑް ބެލެންސެއް ނެތް. އެ މީހަކު ހަމަ ބޭނުން ގޮތަކަށް އުޅެމުން ދާންވީ، އެ މަގާމުގައި ހުންނާނެ ފަސް އަހަރު ވަންދެން. އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. ރައްޔިތުންނަށް އެންމެ އިންސާފުވެރި ގޮތަކީ ރައްޔިތުންގެ އަތަށް އެ ބާރު އަބަދު ވެސް ލިބޭ ގޮތަށް އޮތުން،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ، އުމިުރުން ދުވަސްވީ މީހަކާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދެން އޮންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައި އެވެ.
އެގޮތަށް ނިންމުމުން ހަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާ ކަމަށާއި ނަމަވެސް އެ ކަން ނިންމާނީ މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލް އުވާލައި ރަށު ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށަހަޅުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެނަކަ އެމްޑީ
17 May 2025
އަޒާން ވަކިކުރަން ނުކެރިގެން ތެޅެނީ؟؟؟
ސާދާ ހަލީމް
17 May 2025
މީގެ ސަބަބުން އެފިޝިއެންސީ ވެސް ރަނގަޅު ވާނެ ކަމަަށް ބެލެވޭ
ޝަހުމް އާދަމް
17 May 2025
ފުރިހަމަ ނިންމުމެއް. ބާރުތައް އަންނަންވާނި ރައްޔިތުންނާ ހަމައިން
އަބްޑޫޅް +
16 May 2025
ފަނޑިޔާރުން ހޮވުމާއި ވަކިކުރުން ވެސް އޮންނަން ޖެހޭނީ ފެންނަ ނުފެންނަ، އާނމުވޯޓަކުން.
ތަމެންދޯ
16 May 2025
މުއިއްޒުވި ވައުދެއްނޫން ރާއްޖޭގައި ރިޔާސީ އިންތިޚާބުބާއްވާ ގޮތް ބަދަލުކުރުން ދެން މަޖްލީހުގެ އިންތިޚާބު ދައުލަތުގެ ޚަޒާނާއިން ރިޝްވަތު ރައްޔިތުންނަށް ބަހައިގެން އެމެންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ވޯޓް ހޯދައިގެން އެ އިންތިޚާބުން މޮޅުވުމުން ހަމަ ބުއްދި ފިލާ މީހާ ވެރިކަމުގެ މަސްތުގެ ތެރެއަށް ގޮސް ގެއްލި ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދީ ވައިއަނގަ ތަޅަނީ 24 ގަޑިއިރު ބޭއްވި ނޫސްކޮންފަރެންސް ބޭނުން ވެސް އޭނާ އަށް ވެސް ނޭގޭދޯ
ގަބުޅި ކަތީބު
16 May 2025
ތިއިރުން ބަޔަކު ނިކުމެ ކެމްޕޭނު ކޮށްގެން މަގާމުން ވަކިކުރުމުގެ ސަގާފަތެއް އުފެދިދާނެ. ރައްޔިތުން ހޮވާފަ ހުރި މީހަކު ރައްޔިތުންގެ ވޯޓަކުން ވަކިކުރަން ވާނީ ތަބީއީގޮތުން ރައްޔިތުންގެ ތެރޭގަ އެމީހަކު މަގާމުން ވަކިކުރުމުގެ ޚިޔާލު ހުރިގޮތް ބެލުމަށްފަހު. އެހެންނޫނީ ވާނެގޮތަކީ ފައިސާގެ ބާރުގަ މައުސޫމު މީހާ މަގާމުން ވަކިކުރުން އާންމު ވެދާނެ
އަބްޑޫޅް +
16 May 2025
އެ ސަގާފަތަށޭ މިކިޔަނީ، “ދިމިގަރާތީ”، މިހެން.
މާރިން
16 May 2025
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ލިޔެފައި އޮތީ ދިވެހި ބަހުން ކަމަށްވީމާ، ލިޔަން ކިޔަން އެނގޭ ކޮންމެ މީހަކަށް ޤާނޫނު އަސާސީ ކިޔާލުމުން އޭގެ އެކި މާއްދާތަކުގައި ބުނާ ވާހަކަތައް ރަނގަޅަށް އެނގެއެވެ. އެކަން ސާފު ކުރުމަށް ލޯޔަރަކު ބޭނުން ނުވެއެވެ. ދިވެހި ރައްޔިތުންނަކީ އެހާ ތަންދޮރު ނުދަންނަ ބައެއް ނޫނެވެ. ވީމާ، ޤާނޫނު އަސާސީގައި ވާހަކައެއް ލިޔެފައި އޮތަސް އެއަށް ޢަމަލު ނުކުރާނަމަ ރައްޔިތުންނަށް ލިބޭނެ ހިތްހަމަ ޖެހުމެއް ނެތެވެ.
ބެީޒް
16 May 2025
މީނާ ތެދެއް ހަދާތަ؟
މެޓްރިކްސް ހުސެއިނާ
15 May 2025
ޢަވަހަށް އެއްދުވަހުން ތި ބިލް ފާސްކޮށްދީ. ޢަދި ފުރަތަމަ ރަށްޔިތުންގެ އިތުބާރު މަނިކުފާނަށް އޮތް ތޯ ބަލަން ވޯޓަކަށް ދޭބަލަ؟؟ ޢޭރުން މަނިކުފާނަށް ކަމެއް ކުރެވުނު ކަމަށް ވާނީ.
ސަޅީބައިސާ
15 May 2025
3 އަހަރުންވެސް ތިޔަ ބިލް ފާސް ކުރާކަށް ނުކެރޭނެ! އެއީ ހަމަ ސަޅިބައިސާ
ކޮންޑަކުޓަރު
15 May 2025
ތިފޭއްސެވެނީ އިލޮށިގަނޑެއްނޫންބާވައެވެ؟ ލޯފުޅަށް ވަދެދާނެ. މިއަކީ އާދައިގެކަމެއްނޫން! ހޫޙޫޙޫނ!