ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފްލެޓްތައް: އެފްޑީސީން މާލޭ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް އަޅަން އަންނަނީ ތައްޔާރުވަމުން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
01 ޑިސެމްބަރ 2024 - 12:46
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް އަޅަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމުގެ އެ މަޝްރޫއުތައް ކުރިއަށް ގެންދަން އެފްޑީސީން މިހާރު ވަނީ ބޭރުގެ ތިން ކުންފުންޏަކާ އެކު ފްރޭމްވޯކް އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތޭރެއިން 3،000 ޔުނިޓް އަޅަން ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރީ ސްރީ ލަންކާގެ ކުންފުންޏަކާ އެކު އެވެ.
މާލެ އާއި ރަށްރަށުގައި 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އަންނަ އަހަރު އަޅަން ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ފަހުކޮޅު ވަނީ އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 15،000 އަދި ރަށްރަށުގައި 12،940 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި ހަމްދާން ވިދާޅުވީ މާލޭ ސަރަހައްދުގައި އަޅާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތްކުރަން ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ބޭރުގެ އެކި ފައިނޭންސް އެޖެންސީތަކުން ލޯނު ނަގައިގެންނެވެ.
ހަމްދާން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދޭނެ އެވެ. އަދި ހަތަރު މަސް ދުވަހުގެ ތެރޭގައި މަޝްރޫއު އިފްތިތާހުކުރެވޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އެހެންވެ، މަޝްރުއުއާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެފްޑީސީއަކީ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގަން 2019 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ އަހަރު އެތަނުގައި މީހުންނަށް އުޅެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ސޯޝަލް ހައުސިންއާ ގުޅުން ހުރި ޒިންމާތައް އެޗްޑީސީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން އެ ޒިންމާ އެފްޑީސީއާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ. އެއީ، ސޯޝަލް ހައުސިން މަޝްރޫއުތައް މިހާރަށް ވުރެ ރަނގަޅަށް ދިރާސާކޮށް، އެކަމާ ގުޅޭ އެންމެހާ ކަންކަމުގައި ފޯކަސް ގެއްލުވާނުލައި ސީދާ އެފަދަ މަޝްރޫއުތައް ހިންގުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދިލާާ
02 December 2024
އުންމީދަކީ އަވަހަށް މި މަސައްކަތްފަށާ ދައުރު ނިމުމުގެ ކުރިން ފްލެޓް ލިބުން.
ބާދިލާ
03 December 2024
ދައުރުނިމުމުގެ މާކުރިން ތިކަންކުރެވޭނެކަމުގަ ބެލެވޭ. ކަރުހިއްކައިގެންފަތިބި އެތަކެއްބައެއް އެބަތިބި. އަކަމަކު ބެލެވޭގޮތުގައި ތިތަންތަން ލިބޭނީ ހީވެސްނުކުރާ ބަޔަކަށް.
ނަސްމާާ
02 December 2024
އެމްޑީޕީއިން އަހަރުގެ ފަގުތު ކަންކަމާއުޅޭ ގޮތަކަށް ނޫން މި ސަރުކާރުން ކަންކަން ކުިރާނީ.
ޖައުފަރްް
02 December 2024
ސާބަހޭ ރައީސް. ރައީސް މުއިއްޒު ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަންއެއް މި ފަސްއަހަރު ގެންނާނެކަމާމެދު އެއްވެސް ޝައްކެތްނުކުރަން.
ސަރަފި
02 December 2024
ސުރީލައްކާ އިދަޖެހުމުގެ ސަބަބުން އެގައުމުގެ ވިޔަފާރި ބޮޑެތި ކުއްފުނިތަށް ވެސްވަނީ އިދަޖެހިފައެވެ. މިގައުމުގެ ކުދިވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަށްކަށް ވެސް ލައްކާގެ ކުންފުނިތަށް އަތްގަދަކޮށް ފައެވެ. ރާއްޖޭގެ ސިޔާސީ މީހުން ބަލަނީ ބޭރުގެ ކުންފުނިތަކަށް ޕްރޮޖެކްޓްތަށްދީ އެފައިސާއިން ކަޓު ނެގޭނެ ގޮތަށެވެ. ދިވެހިކުންފުނިތަކަށް އެއްޗެއް ދޭކަށް ބޭނުމެތް ނުވެއެވެ.ރާއްޖޭގެ ކުންފުިތަކަށް ލައްކާގެ ޕްރޮޖެކްޓްތަކަށް ކުރިމަތި ލެވޭނެތޯ ؟ނޫން ނުލެވޭނެއެވެ.
ދަނީދަނީ
01 December 2024
އަޅަނީ އަޅަނީ އަންނަނީ ފެންނަނީ ވިސްނަނީ ވިސްނަނީ ބަލަނީ ހޯދަނީ.. މިކަހަލަ ހާލެއްގަ މިދަނީ.
ސަމަދް
02 December 2024
ހަޖަމްކުރަން އުނދަގޫވާނެ މި ސަރުކާރުގެ ކުރިއެރުންތަށް. ފްލެޓްވެސް އަޅާނެ އަދި މި ދައުރުގައި ނިންމާނެ.
މުސައްމަދު
02 December 2024
މިސަރުކާރުގެ ކުރިއެރުންތައް އަންނަނީ އަންނަނީ ބަލަނީ ބަލަނީ.. .އެހެންނު ސަމަދު
މަގޭ ފްލެޓް
01 December 2024
ނިމިދިޔަ ދައުރުގައި އެޅި 4000 ފްލެޓް ފުރަތަމަ ހަވާލުކުރެވޭތޯ ބައްލާަވާ! ދެން ތިހާވަރަށް ފައިސާ ލިބޭނެޔެކޭ އަހަރެންގެ ހިތެއް ނުބުނޭ! ލިބިގެން ތިކަން ވެއްޖެއްޔާ ޑރ މުއިއްޒު ވާނެ ގަދަމީހަކަށް
ހިންގާ
01 December 2024
ގިނަ މަޝްރޫޢު ހިންގިވަރަކަށް ގިނަ ކަޓްލިބޭނެ
ޓަކުރު
01 December 2024
ފުރަތަމަ ތިއަޅާފަ ހުރި ތަންތަން ދެވޭތޯ ބަލާބަލަ، ފުލެތެއް ތާންގަ
އަލް އުސްތާޒު
01 December 2024
ހުޅުމާލެއިން ބިން ހިލޭ ދީފަ އެތަން ތަން ބުރި ބުރިއަށް ހިއްލަން ލޯނު ދީ. އޭރުން މާލޭގެ އިއްޒަތްތެރިން ދިވެހިންނަށް އެތަން ތަން ކުއްޔަށް ދީ މަންފާ ހޯދާނެ. ކީއްކުރާ 13000 ފުލެޓެއް؟
ބޮންދުބާއީ
01 December 2024
ބުޅާ ރޯމަހެއް ނުކާނެ 13000 ފްލެޓް ސަރުކާރުން އަޅާދެންޔާ. މާލޭގެ ގެދޮރު ހަދައިގެން ލޯނުނަގައިގެން ތިބި މީހުނަށް ގެއްލުމެއް ލިބޭގޮތައް ނަހަދާނެ. އެއީ ވެރިކަންތައް ހިފަހައްޓާލަން ވޯޓު ދޭ ހަމައެކަނި ބަޔަކީ. ރާއްޖެތެރޭ މީހުނަށް 500 ރުފިޔާ ދިއްކޮށްލީމަ ވޯޓް ލިބޭނެ