02 ޑިސެމްބަރ 2024 - 13:32
ގޯލްޑް ކަޕުގައި ބ. އޭދަފުއްޓާ ދެކޮޅަށް މާލެއިން ކުޅުނު މެޗުގެ ފަހު ވަގުތު، ކީޕަރު އާތިފް އަހްމަދަށް އަނިޔާވުމުން ކީޕަރުގެ ޖޯޒީ ލައި އަތައް އަންގިލައްވައިގެން ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު ގޯލް ބަލަހައްޓައިފި އެވެ.
މެޗުގެ ފަހު ވަގުތު އާތިފަށް އަނިޔާވެ، އޭނާ ދަނޑުން ބޭލީ އަށިގަނޑަށްލައިގެންނެވެ. ފުރަތަމަ ޑިވިޝަނުގައި ތަޖުރިބާކާރު ކީޕަރު ތޮލާލް ހަސަން ވެސް ބެންޗުގައި ހުއްޓެވެ.
އެކަމަކު އެ މެޗުގައި ދެން އިތުރު ބަދަލެއް ކުރެވޭކަށް މާލެ ޓީމަކަށް ނެތެވެ. މެޗަށް އެ ޓީމުގެ ބަދަލު ވަނީ ހަމަވެފަ އެވެ. މަޖުބޫރުވީ ދަނޑުގައި ހުރި ކުޅުންތެރިޔަކު ގޯލަށް ކުޅުވާށެވެ. ބެންޗު ކައިރިއަށް ގޮސް ކީޕަރުގެ ޖޯޒީ ލައި އަންގި ލެއްވީ ރިލޭ އެވެ.
މިއީ ގަލޮޅު ދަނޑުގައި އޭނާ ގޯލް ބެލެހެއްޓި ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ފުޓްސަލްގައި އޭނާ ކީޕަރަކަށް ކުޅެ ގޯލްޑް ބަލަހައްޓާފައި ވެއެވެ. އެންމެ ފަހުގެ ގޯލްޑަށް ފުޓްސަލް މުބާރާތުގައި މައްޗަންގޮޅި ޓީމުގެ ގޯލް ރިލޭ ބެލެހެއްޓި އެވެ.
އޭނާ ބުނީ ޓީމުން ބޭނުންވެއްޖެނަމަ، ކޮންމެ މަގާމަކަށް ވެސް ކުޅެން ޖެހުނަސް އޭނާ އެކަމަށް ފުރަގަސް ނުދޭނެ ކަމަށެވެ.
"ޓީމުން އެ ވަގުތެއްގައި ބޭނުންވި ރޯލެއް އަދާކުރަމުން މިހާތަނަށް ވެސް މިއައީ. ކުޅުނު ކޮންމެ ޓީމެއްގައި ވެސް މަސައްކަތްކޮށްފައި ހުންނާނީ އެގޮތަށް. ޓީމަށްޓަކައި ކޮންމެ މަގާމަކަށް ކުޅެން ޖެހުނަސް ތިއީ ނުކުރެވޭނެ ކަމެކޭ ނުބުނަން. ރޭ ގެ މެޗުގައި ވެސް އެކަން އެ ފެނުނީ،" ރިލޭ ބުންޏެވެ.
މެޗުން އޭނާގެ ޓީމު ބަލިވީ 2-0 ންނެވެ. ރިލޭ ބުނީ ރޭގެ މެޗުގައި މުޅި ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ.
"މެޗަށް ނުކުތީ މޮޅުވާން. ދެވަނަ ބުރަށް ގޮސްފައި އޮތީމަ ކުޅުންތެރިންނަށް މާ ފަސޭހަކޮށް މެޗު ނެގުނީހެން ހީވަނީ. މެންޓަލިޓީ އެގޮތަށް ވިސްނަންޏާ ދެން މެޗުގައި ކިތަންމެ މަސައްކަތެއް ކުރިއަސް ނަތީޖާއެއް ނާންނާނެ. އެކަން ފެނިގެން ދިޔައީ،" ރިލޭ ބުންޏެވެ.
"ކުޅުންތެރިން ޒިންމާނަގައި މިކަންކަން ރަނގަޅުކޮށް ދެވަނަ ބުރަށް ނުކުންނާނެ. ނޮކައުޓް ސްޓޭޖް މެޗެއްގައި މިހެން ދިމާނުވިކަން އެއީ ނަސީބު. އިރާދަކުރެއްވިއްޔާ ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ނުކުންނާނީ."
އޭނާ ބުނީ ދެން އަންނަ މެޗެއްގައި މާލޭގެ ސަޕޯޓަރުން ވެސް ދަނޑަށް ވަދެ ޓީމުގެ ފަހަތުގައި ތިބޭނެކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރަހިމާ
02 December 2024
ކަލޭމެން ތިބޭ އަހަރުމެންގެ ކުޅުންތެރިންނަށް ނުކުޅެވޭ ގޮތަށް ބިޑިއަޅުވައިގެން. އިރާދަކުރެއްވިއްޔާ ތަށިނަގާނީ ހަމަ އޭދަފުށި
lxbfYeaa
02 December 2024
1
ސުހާނާ
02 December 2024
"ރިލޭ" އަކީ އީގަލްސްގެ ކުޅުންތެރިޔެއް ކަމަށް ނޫސްތަކުން ފެނިފައިވޭ. އީގަލްސްގެ ކުޅުންތެރިން މި މުބާރާތުގައި ކުޅެން އެހެން ޓީމުތަކަށް ދޫކޮށްފައިވާއިރު، މީނާއަށް މި މުބާރާތުގައި ކުޅުމުގެ ހުއްދަ ލިބުނީ ކިހިނެއްބާ؟ ރާއްޖެތެރޭގެ ޓީމުތަކަށްވީމައި އެހެން ޓީމުތަކަށް ކުޅެން ހުއްދަ ނުދިނީބާ؟
އީގަލްސް
02 December 2024
ރިލޭ އަކީ އެހާ މުހިއްމު ކުޅުންތެރިއެއް ނޫންވީމަ މައްސަލައެއް ނޫން އެއީކީ
ބަތްފޮޅި
02 December 2024
ސުހާނާ އަށް ދަންނަވާލަން އޮތީ، އިސްމައިލް އީސަ(މެސީ) އަކީވެސް އީގަލްސްގެ ކުޅުންތެރި އެކޭ. އެކަމަކު އޭނަ އައްޑޫ ޓީމަށް ކުރިން މެޗުގައިވެސް ކުޅުނޭ. މީގައި މައްސަލަ ދިމާވެގެން މިއުޅެނީ އޭދަފުށި ޓީމު މާވަރުގަދަ ވެދާނެތީ މާލޭ ޓީމުތައް މާ ބިރުގަންނަނީ އޭ. އޭދަފުށިން އެދައްކަނީ އެރަށަށް ނިސްބަތްވާ ގައުމީ ޓީމުގެ4 ކުޅުންތެރިންގެ ވާހަކައޭ. މިކުޅުންތެރިން ރޭގައި އޭދަފުށި ޓީމަށް ކުޅުނުނަމަ، މާލެ އަަށް ނިސްބަތްވާ ހުރިހާ ޓީމުތައް މާބޮޑަށް ލަދުގަނުވާލަފާނެ ތީއޭ
ކުމާރު.
02 December 2024
ކ.މާލެ ތެރޭގެ ޤަބީލާ ތަކަކީ އަބަދުވެސް އެހެން އުޅޭ ބައެއްނޫންތޯ ؟