ފަލަސްތީނުގެ މަންދޫބު ރިޔާޟް މަންސޫރު އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއްގައި: ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އދ. އިން އާ މަސައްކަތްތަކެއް ފަށަން ވަނީ ނިންމާފައި. -- ފައިލް ފޮޓޯ: އޭއެފްޕީ
05 ޑިސެމްބަރ 2024 - 05:31
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ބެހޭ ގޮތުން، އަންނަ އަހަރުގެ ޖޫން މަހު ބައިނަލްއަގުވާމީ ކޮންފަރެންސެއް ބާއްވަން ނިންމައި، ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފައިބަން އދ.ގެ އާންމު މަޖިލީހުން އަނެއްކާވެސް ގޮވާލައިފި އެވެ.
މި ކަންކަމަށް ގޮވާލި ގަރާރު އަންގާރަ ދުވަހު 157-8 ގެ ވޯޓުން ފާސްކުރި އިރު އެމެރިކާ އާއި އިޒްރޭލުން ވަނީ ދެކޮޅަށް ވޯޓު ދީފަ އެވެ. ވޯޓުގައި ބައިވެރިނުވާ ހަތް ގައުމެއް ހިމެނެ އެވެ. މި ނަތީޖާއާ އެކު އިޒްރޭލާއި ފަލަސްތީން ވެސް މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް އާންމު މަޖިލީހުގައި ބޮޑު ތާއީދެއް އޮތްކަން ވަނީ އަނެއްކާވެސް ހާމަވެފަ އެވެ.
އާންމު މަޖިލީހުން ބުނީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނު އިން އޮތް ގޮތަށް، ފަލަސްތީނުގެ ދައުލަތުގެ ގޮތުގައި އަދި އިޒްރޭލު ވެސް އޭރު އޮތް އިމުގެ ތެރޭގައި ސުލްހަވެރިކަމާ އެކު ރައްކާތެރިކަމާ އެކު އުޅެން ޖެހޭނެ ކަމަށެވެ.
މިކަން ހަގީގަތަކަށް ހެދުމުގެ ގޮތުން ޑިޕްލޮމެޓިކް މަސައްކަތް އަލުން ފެށުމަށް ފްރާންސާއި ސައުދީ އަރަބިއްޔާ ގުޅިގެން 2025 ވަނަ އަހަރުގެ ޖޫން މަހު ނިއު ޔޯކްގައި މަތީ ފެންވަރުގެ ބައިނަލްއަގުވާމީ ބައްދަލުވުމެއް ބޭއްވުމަށް ވެސް ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ ހިފެހެއްޓިފައިވާ ހައްގުތައް، މައިގަނޑު ގޮތެއްގައި އަމިއްލަވަންތަކަމުގެ ހައްގާއި މިނިވަން ދައުލަތުގެ ހައްގު" ހަގީގަތަކަށް ހެދުމަށް އދ. އިން ގޮވާލި އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަދި ޣައްޒާއަކީ އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިފާފައިވާ ސަރަހައްދެއް ކަމަށް އދ. އިން ވެސް ދެކެ އެވެ.
ފަލަސްތީނުގެ މައްސަލަ އަކީ އދ. އުފެދުނީއްސުރެ އެޖެންޑާގައި އޮންނަ މައްސަލައެއް. އަދި އދ.ގެ ސައްހަކަމާއި ބާރުވެރިކަމާއި ބައިނަލްއަގްވާމީ ގާނޫނު ތަންފީޒުކުރުމުގެ ބާރު އޮތް ވަރު ޓެސްޓުކުރެވޭ އެންމެ މުހިންމު މައްސަލަ އަކީ މިއީ: ފަލަސްތީނުގެ މަންދޫބު ރިޔާޟް މަންސޫރު
އިސްރާއީލުން 1967 ވަނަ އަހަރު ޣައްޒާ ހިފުމަށް ފަހު، 2005 ވަނަ އަހަރާ ހަމައަށް އެތަނުގައި ސިފައިން ގާއިމުވެ ތިބެ ޔަހޫދީން އާބާދުކުރި އެވެ. އެ ކަންކަން މިހާރު ނެތް ނަމަވެސް ޣައްޒާ އަކީ އަދިވެސް އިޒްރޭލުން އިސްތިއުމާރުކޮށްގެން އުޅޭ ތަނެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅައިފަ އެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ދާދި ފަހުން ނެރުނު އަމުރުތަކަށް އިޝާރާތްކޮށް، އާންމު މަޖިލީހުން ވަނީ ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ތިބުން ވީހާ ވެސް އަވަހަކަށް ނިމުމަކަށް ގެނެސް، ޔަހޫދީން އާބާދުުކުރުން ވެސް ހުއްޓާލުމަށް ގޮވާލައިފަ އެވެ.
ފަލަސްތީނުގެ މައްސަލަ އަކީ އދ. އުފެދުނީއްސުރެ އެޖެންޑާގައި އޮންނަ މައްސަލައެއް. އަދި އދ.ގެ ސައްހަކަމާއި ބާރުވެރިކަމާއި ބައިނަލްއަގްވާމީ ގާނޫނު ތަންފީޒުކުރުމުގެ ބާރު އޮތް ވަރު ޓެސްޓުކުރެވޭ އެންމެ މުހިންމު މައްސަލަ އަކީ މިއީ،" ފަލަސްތީނުގެ މަންދޫބު ރިޔާޟް މަންސޫރު ވިދާޅުވި އެވެ.
އިނގިރޭސި އިސްތިއުމާރުގައި ފަލަސްތީނު އޮތުމަށް ފަހު ޔަހޫދީންނަށާއި އަރަބިންނަށް ވަކިން ދެ ދައުލަތުގެ ގޮތުގައި އެ ބިން ބަހާލީ އދ. އިން 1947 ވަނަ އަހަރު ފާސްކުރި ގަރާރަކުންނެވެ. ނަމަވެސް ހަމައެކަނި އިޒްރޭލުގެ ދައުލަތެއް މެއި 14، 1948 ގައި އިއުލާނުކޮށް ފަލަސްތީނުގެ ދައުލަތެއް ވުޖޫދަކަށް ނުގެނެ އެވެ. އަދި މި ބޮޑު ބޭއިންސާފާ އެކު އިޒްރޭލާއި އަރަބި އަވަށްޓެރި ގައުމުތަކާ ދެމެދު ވަރުގަދަ ހަނގުރާމައެއް ހިނގި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގުފަތުރާ
06 December 2024
އެކަކު ކީއްކުރަންބާ އެއް ކޮމެންޓެއް ކޮށް ސްޕޭމް މިކުރަނީ؟ ކިހާވަރެއްބާ އެމީހަކަށް ލިބެނީ ކޮމެންޓަކަށް ކިހާވަރެއްބާ؟ ބައި މަދުވީމަ އެކަކު އެއް އަޕީއަކުން ކޮމެންޓް ކުރުން މީ ދެން ވަރަށް މަޖާ ކަމެއް
ތާރީޚް
05 December 2024
ޔަހޫދީން އެ މީހުނަށް އދގެ ޕާޓިޝަންގައި ދީފައި އޮތް ބިން ގަބޫލްކޮށް މިނިވަން ދައުލަތް އިއުލާން ކުރީ. ފަލަސްތީން ދައުލަތް ވުޖޫދަށް ނައީ އެ ދައުލަތް ހަދަން ދިން ބިން ޖޯޑަންއިން ހިފުމުން. ޢަރަބިން އެ ދައުލަތް އިއުލާން ނުކުރުމުން. ދެން ފަލަސްތީން ދައުލަތް އެ ބިމުގައި ހެދިޔަ ނުދީ "ފަލަސްތީން" މި ނަން ކިޔުން ވެސް މަނާކޮށްގެން އުޅުނީ ޖޯޑަނުން. 19 އަހަރު ވަންދެން ޢަރަބިންގެ ބާރުގެ ދަށުގައި އެ ބިން އޮތް އިރު ފަލަސްތީން ދައުލަތް ނުހެދީ ކީއްވެ
ވިގަނި-
05 December 2024
ފަލަސްތީން ދައުލަތް ވުޖޫދަށް ނައީ އިޒްރޭލުން އެ ބިން ހިފައިގެނެއް ނޫން. އެ ދައުލަތް ހަދަން ދިން ހުޅަގުއައްސޭރި އުރުދުނުން ހިފައި ގައްޒާ މިސްރުން ހިފުމުން. އެއީ 1948ގައި. އިޒްރޭލް ދަށަށް އެ ދެ ތަން އައީ އެ އުރުދުނާއި މިސްރުން އިޒްރޭލާއި ދެކޮޅަށް 1967ގައި ފެށި ހަގުރާމައިގައި އެދެގައުމު ބަލިވުމުން. 1948-1967އަށް އެ ދިޔަ 20 އަހަރު ޢަރަބިންނާއި މުސްލިމުނަށް ލިބުނު ބޭނުން ގޮތަކަށް އެ ބިމުގައި ފަލަސްތީން 1 ދައުލަތް ނުވަތަ 10 ދައުލަތް ވެސް ހަދާން.
ނަތަންބެ
05 December 2024
އިޒްރޭލުން 1948ގައި ހަގުރާމައެއް ނުފަށާ.. ޔަހޫދީން ދެ ދައުލަތް ގަބޫލް ކުރި. އެ މީހުންގެ ދައުލަތް އުފެއްދިއްޖެ ކަން އިއުލާން ކުރި. ފަލަސްތީން ދައުލަތް ވުޖޫދަށް ނުއައީ ޢަރަބިން އެ ގަރާރް ގަބޫލް ނުކޮށް އެ ދައުލަތް އިއުލާން ނުކޮށް އިޒްރޭލް ނައްތާލާން ހަގުރާމަ ފެށުމުން. ދެން ދުނިޔޭގެ އާންމު އުސޫލުން މޮޅުވީ ބަޔަކަށް ބިން ލިބުނީ
ޖަވާދް
05 December 2024
"ނަމަވެސް ހަމައެކަނި އިޒްރޭލުގެ ދައުލަތެއް މެއި 14، 1948 ގައި އިއުލާނުކޮށް ފަލަސްތީނުގެ ދައުލަތެއް ވުޖޫދަކަށް ނުގެނެ އެވެ." އދއިން ދެ ދައުލަތެއް އުފައްދާ އެ ދައުލަތްތަކުގެ މިނިވަންކަން އިއުލާންކުރާން ފުރްސަތު ދިނުމުން ޔަހޫދީން އެބައިމީހުންގެ ދައުލަތް އިއުލާން ކުރުމުން އިޒްރޭލް އުފެދުނީ. ފަލަސްތީން ދައުލަތް ވުޖޫދަށް ނައީ ޢަރަބިން އެ ދައުލަތް އެ ވަގުތު އިއުލާނު ނުކުރުުމުން. އދގެ ނިންމުން ވެސް ގަބޫލް ނުކުރުމުން. ހަގުރާމަފެށުުމުން.
ބަކުރުބެ-
05 December 2024
އިންޓަނެޓްގެ މިޒަމާނުގައި ދޮގު މައުލޫމާތް ތި ދެނީ. އިޒްރޭލުން ބޭއިންސާފްވެރިވެ ފަލަސްތީން ދައުލަތް ހެދިޔަ ނުދިނުމުން އިޒްރޭލާއި ޢަރަބި ގައުމަތަކާއި ބޮޑު ހަގުރާމައެއް ފެށުނީކީ ނޫން. ޔަހޫދީ ދައުލަތެއް އުފެދުނަ ނުދޭން ޢަރަބިން އިޒްރޭލާއި ދެކޮޅަށް ހަގުރާމަ ކުރީ، އިޒްރޭލުން 1948ގެ އދގެ ތިޔަ ޕާޓިޝާން ޤަރާރް ގަބޫލް ކުރި. ފަލަސްތީން ދަައުލަތެއް ހުޅަގުއައްސޭރީގައި އުފައްދާ ޤަރާޜް ގަބޫލް ކުރި. ޢަރަބިން ޔަހޫދީންނަށް މިނިވަން ދައުލަތެއް ގަބޫލްނުކޮށް ފެށީ.
ބަހޫ
06 December 2024
އިންޓަނެޓްގައި ތެދައްވުރެ ދޮގު ގިނައީ. އެެއަށް ތި ރިފަރެންސް ދެނީ
ބައިރޫނީ-2
05 December 2024
އެ ހަގުރާމައިގައި ޢަރަބިން ބަލިވިމުން އިޒްރޭލް ދައުލަތް ކާމިޔާބް ވީ. އަރަބިން މޮޅުވި ނަމަ އިޒްރޭލެއް ނުއޮންނާނެ ޔަހޫދީންގެ ނަސްލު ވެސް ނެތުނީސް.