ލައިފް ފެންފުޅިތަކެއް ބާލަނީ: މާލޭގެ ގިނަ ފިހާރަތަކުން މިހާރު ފަސް ލީޓަރުގެ ފެން ގަންނާކަށް ނުލިބޭ-- މިހާރު ފޮޓޯ
07 މާޗް 2017 - 14:11
މާލޭގެ ފިހާރަތަކުން ފަސް ލީޓަރުގެ މިނަރަލް ވޯޓާ ފުޅި މުޅިންހެން ހުސްވެ، އެހެން ބައެއް ސައިޒްތަކުގެ ފެން ވެސް ލިބުން ވަރަށް ބޮޑަށް ދަތިވެއްޖެ އެވެ.
މި މައްސަލަ މިދިޔަ އާދިއްތަދުވަހުން ފެށިގެން ވަނީ ކުރިމަތިވެފަ އެވެ. އެންމެ ބޮޑު ސަބަބަކީ ތާޒާ ބްރޭންޑްގެ ފަސް ލީޓަރުގެ ބައެއް ފެންފުޅީގައި ވަހެއް ހުރުމުން، އެ ފެންފުޅިތައް ފިހާރަތަކުން ނެގުމާއި އެ ކުންފުނިން ފަސް ލީޓަރުގެ ފެން ސަޕްލައި ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމެވެ. ހަމައެއާ އެކު، އެ ދުވަހު މުޅި މާލެއިން ފެެން ކެނޑުމާ އެކު ފިހާރަތަކުގައި ހުރި ގިނަ އަދަދެއްގެ ފެން އާންމުން ގަނެ، ގޭގޭގައި ވަނީ ރައްކާކޮށްފަ އެވެ.
"ރޭގައި ވެސް ދިހަ ވަރަކަށް ފިހާރައަށް ދިޔައިން ފަސް ލިޓަރުގެ ފެން ގަންނަން. ތާޒާގެ އިތުރުން ލައިފް އާއި ބޮނަކުއާގެ ވެސް ފަސް ލީޓަރުގެ ފެނެއް ގަންނާކަށް ނުލިބުން،" އާދިއްތަ ދުވަހުން ފެށިގެން ގެއަށް ވޯޓާ ސަޕްލައި ފެން ނުލިބޭތީ ފެން ގަންނަން ދިޔަ މީހަކު ބުންޏެވެ.
"އެންމެ ފަހުން ގެއަށް ދިޔައީ ކުދި ފުޅި ގަނެގެން."
ދެތިން ފިހާރައަކުން ވާހަކަ ދެއްކި މީހުން ބުނިގޮތުގައި އާދިއްތަ ދުވަހު ފެން ކެނޑިގެން ދިއުމާ ހަމައަށް އެއްވެސް ދަތިކަމެއް ނެތި ފެން ލިބުނެވެ. އެކަމަކު އޭގެ ފަހުން ފެން ގަންނަ މީހުންގެ އަދަދު އިތުރުވެ، ވަރަށް އަވަހަށް ފެންފުޅިތައް ވިކި ހުސްވެއްޖެ ކަމަށް އެތަންތަނުން ބުންޏެވެ.
"މިހާރު މީހުންނަށް މި ވިއްކަނީ 1.5 ލީޓަރުގެ ފެންފުޅި،" ފިހާރައެއްގެ ސޭޓަކު ބުންޏެވެ. "އެ ވެސް މިއަދު ނުލިބޭ. ހަމަ އެއްވެސް ވަރަކަށް ފެނެއް ނެތް. މި ހިސާބުގަނޑުގެ އެއްވެސް ފިހާރައެއްގައި ވެސް އެއްވެސް ވަރަކަށް ފެނެއް ނެތް."
ފެން އުފައްދާ ކުންފުނިތަކުގެ ތެރެއިން އެމްޑަބްލިޔުއެސްސީ އާއި މާލޭ އެރޭޓެޑްވޯޓާ ކޮމްޕެނީ އަދި ހެޕީ މާކެޓުން މިކަމާ ބެހޭ ގޮތުން ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމް ހަނިފާ / ވިލިގިއްޔާ
08 March 2017
އަޅުގަނޑުމެން މާލޭގެ ރައްޔަތުން ފެނައް ޖެހުނު ނުދޭނަން..އިރާދަކުރެއްވިއްޔާ 170،000 5 ލިޓަރުގެ ( ބިނަފެން ) ހިފައިގެން ގއ ކޫއްޑޫން މިއަދުގެ ވަގުތެއްގައި ނައްޓައިލެވެތޯ މަސައްކަތް ކުރަމުން މިގެންދަނީ
ރަށުމީހާ..
08 March 2017
ހުސް ދޮގު...
ޢަބްދުﷲނާފިޒު
07 March 2017
ލިޓިލް ސިންގަޕޫރަށް ބަދަލުވަމުންދާ އިންތިޤާލީ މަރުހަލާގަ ތިކަހަލަ ކަންކަން ދިމާވާނެ ތިހުންނަނީ އެއްވެސް މައްސަލައެއް ނޫން، މަމެންގެ ސަރުކާރުގަ ތިކަން ވަރަށް އަވަހަށް ހައްލުކުރާނަން ލޯކަލް ކައުންސިލް އިންތިޚާބު ނިމުނީމަ، ހުރިހާ ބޭފުޅުންވެސް ޕިންކީސްއަށް ވޯޓުލާތި، އޭރުން ހުރިހާ ކަމެއްވެސް ހައްލުވާނެ.
އިހްސާންތެރިޔާ
07 March 2017
ކޮންމެ ބަޔަކުވެސް އެގެއަކަށް ބޭނުންވާވަރަށް ފެން އުފެއްދޭނެ ފެން ޕުލާންޓަކާއި ތެޔޮ ނާންދާ ކަރަންޓު ނެގޭނެ ގޮތްތައް ނުވަތަ ޖަނަރޭޓަރު ގޭގޭގައި ބަހައްޓަންވީ. އޭރަށް ލުއި ކުޑަވީ.
އައްޓިލާ
07 March 2017
ކީއްކުރާނީ ދޯ..މިނެރަލް ވޯޓަރ އިން ފެންވަރައިގެން އުޅުނު ބޭފުޅުންވެސް އެބަ އުޅޭވިއްޔަ..މިފަހަރުވެސް ތިވީ އެހެން ކަންނޭނގެ..ފެން ލިބުން ދަތިވީ..
ސުނީތާ
07 March 2017
އަޅުގަނޑު މިއަދުވެސް ގަތިން ތާޒާ 1.5، ބޭނުން ވަރަކަށް ލިބެން އެބަހުރި. ހަމަ ހުސްދޮގު މީ....
ނަފީސް
07 March 2017
ޔެލޯ ވެރިކަމުގައި ތިފަދަ ދަތިތައް ކުރިމަތިނުވޭތަ. ތިބުނާ ހެޔޮވެރިކަމުގައި.
ނަފީސްގެ ފުރެންޑު
07 March 2017
ނުވޭ! ޙަޖަމް! ވަރަށް ވެދުން!
ފާއިޒް
07 March 2017
ކުރިންދުވަހު މާލޭން ކަރަންޓްކެނޑި އަދި ފެންކެނޑުނީމާ އެންމެން އަވަސް އަރުވާލާފަ ފެންކޭސްތައް ގަތީ! ކަމެއްދިމާވާނޭކަމަށް ހިތާ! ސްޓްކްގަ ހުރި ކޭސްތައް ވެސް ގެއަށްގެންދިއައީ ފެނާއި ރަކަންޓް ކެނޑި ހާލުގަ ޖެހިދާނެކަމަށް!
ބަސްފުޅު
07 March 2017
ޤައުމީ މަސްލަހަތު ހިމެނޭ، ރައްޔިތުންގެ ޟަރޫރީ މިފަދަ ބޭނުންތަކަށް ހިދުމަތް ނުދެވި ޖަލްސާތަކާއި ފޯރަމް ބާއްވައި ތަފާތު ގޮތްގޮތަށް އިދިކޮޅަށް ތިބިބަޔަކަށް ބަސްއުކުމަކުން ސަރުކާރަށް ޖަވާބުދާރީވެވުނީ ކަމަށް ދެކެންތޯއެވެ. ނޫނެކެވެ. އެތަކެއް ރައްޔިތުން ފެން ނުލިބި ހާލުގައި ޖެހިފައިވާއިރު ކޮބައިތޯ ނޫސްވެރިންވެސް އަދި ސަރުކުރާގެ ކަމާބެހޭ މުއައްސަސާތަކުންވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް މެދުވެރިކޮށް ދެވުނު ހިދުމަތެއް؟ ގުޅާލީމާ ޖަވާބުވަރަށް އަވަސް. ލިޔުމަކުން ހުށަހެޅުމަށް ދަންނަވަން. ވަރަށް ހިތާމަ ހުރި ކަމެއް.
އިބޫ
07 March 2017
އެކަމަކު ހާދަ ފެންފުޅިއެކޭ އުކާލަނީ ދެބައިކުޅަ އެއްބައި ބޮއިފަ.