ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ބޮން އަޅާފައިވާ އިމާރާތެއްގެ ކައިރީގައި ބަޔަކު އެ މީހުންގެ ބައެއް ތަކެތި ހޯދަނީ. -- ފޮޓޯ: އޭއެފްޕީ
11 ޑިސެމްބަރ 2024 - 08:48
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް އެއްވެސް ޝަރުތަކާނުލައި ވަގުތުން ވަގުތުން ހުއްޓާލަން ގޮވާލައި، އެކަމަށް ބާރު އެޅުމުގެ ގޮތުން އެކުލަވާލާފައިވާ ގަރާރެއްގެ ދެލިކޮޕީއަށް މިއަދު އދ.ގެ އާންމު މަޖިލީހުގައި ވޯޓަށް އަހާނެ އެވެ.
"ވަގުތުން، ޝަރުތެއް ނެތި އަދި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް" ގޮވާލުމުގެ އިތުރުން، ޑްރާފްޓުގައި ވަނީ "ރަހީނުކޮށްފައިވާ އެންމެން ވަގުތުން އަދި ޝަރުތެއް ނެތި ދޫކޮށްލުމަށެވެ. މިއީ އިޒްރޭލުގެ އެންމެ ގާތް ގައުމުތައް ކަމަށްވާ އެމެރިކާ އެހެން ގައުމުތަކުން މި ގަރާރަށް ތާއީދުކުރުމަށް ޝަރުތެއްގެ ގޮތުގައި ހިމަނާފައިވާ ކަމެކެވެ.
އަމަލުކުރުން ލާޒިމް ނުވާ މި ގަރާރުގައި، އިޒްރޭލުން ހަމަލާ ދޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ޣައްޒާގައި އާންމުންނަށް ބޭނުންވާ އެހީގެ ސާމާނު ވަގުތުން ފޯރުކޮށްދެވޭނެ މަގުތައް ތަނަވަސްކޮށްދޭން ވެސް ގޮވާލާފައިވެ އެވެ.
ޣައްޒާގައި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާދީ 1،208 މީހަކު މަރާލުމާ އެކު ބަދަލު ހިފުމަށެވެ. އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 44،786 މީހުން ޝަހީދުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy