މިދިޔަ ރޯދަ މަހު
11 ޑިސެމްބަރ 2024 - 15:27
ކުރިއަށް އޮތް ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
މިނިސްޓްރީން ބުނީ ހިފްޒުކޮށް، މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީހް ނަމާދު ކުރަން ބޭނުންވާ ދިވެހި ހާފިޒުންގެ ފޯމު ފުރިހަމަކޮށް ލިޔުންތަކާ އެކު އަންނަ މަހު 20 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރަން އެދޭ ދިވެހި ހާފިޒުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
މިސްކިތެއްގައި މިދިޔަ ރޯދަމަހު ތަރާވީހް ނަމާދު ކުރަނީ.--- ފޮޓޯ: މިހާރު
މާލޭގެ މިސްކިތްތަކުގައި ތަރާވީހް ކުރަން ފޯމު ހުށަހަޅަން ޖެހޭނީ މިނިސްޓްރީ އަށެވެ. އަދި ރަށްރަށުގައި ނަމަ ފޯމު ހުށަހަޅަން ޖެހޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކަށް ހުށަހަޅާ ފޯމުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ.
ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާތަކުންނާއި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ އެވެ.
ދިވެހި ހާފިޒުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާ ކޮންމެ ރެޔަކަށް 500ރ. އެވެ. މިނިސްޓްރީން ބުނީ ފައިސާ ދޫކުރާނީ ގިނަވެގެން ކޮންމެ މިސްކިތަކަށް ދެ ދިވެހިންނަށް ކަމަށެވެ.
މިނިސްޓްރީން ވަނީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަން އިއުލާންކޮށްފަ އެވެ. އެ ދެ މަރުކަޒުގައި ތަރާވީހް ނަމާދު ކުރުމަށް ވެސް ފައިސާ ދޫކުރެވޭނީ ދެ ދިވެހި ހާފިޒުންނަށް ނަމަވެސް، ކޮންމެ ރެޔަކަށް 700ރ. ގެ އެލަވަންސެއް ހާފިޒުންނަށް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޒުވާން ހަތީބް ޒައިން މަސްޖިދުލް އަމާނީގައި ކުރެވުނު ހުކުރު ނަމާދު ކުރުމަށް ތައްޔާރުވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ސަރުކާރުން ވަނީ ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނީ އެހެން ތަމްރީނުތައް ވެސް ދިނުމަށް ޒުވާން ހާތިބުންގެ ޕްރޮގްރާމެއް ފަށައިފަ އެވެ. އެއީ ގްރޭޑް 10 އާއި ގްރޭޑް 11 އަދި ގްރޭޑް 12 ގައި އުޅޭ ކުދިންގެ އިތުރުން ސްކޫލު ނިމިފައިވާ ޒުވާން ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ.
ހުތުބާ ކިޔުމާއި އިމާމްވެ، ހުކުރު ކުރުމުގެ ހުއްދަ 18 އަހަރު ނުވާ 270 ކުދިންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ދީފަ އެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ، މި ދައުރުގެ ތެރޭގައި 1،000 ހަތީބުން ތަމްރީނު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
11 December 2024
ބިދޭސީ ހާފިޒުން ގެނެސްގެން ތަރާވީސް ކުރުން ނިމުމަކަށް ގެނެސްބަލަ.
ރާއްޖެ
14 December 2024
އެހާ ގިނައިން ދިވެހި ހާފިޒުން އެބަ ތިބިތޯ؟
20241
11 December 2024
ހޯދަންކަށް ނުޖެހޭނެތާ މިހާރު ތިބޭނެ ވަރުވުން ޒުވާނުން ތިކަމަށް ތަމްރީނުކޮށްފަ އިސްލާމިކް މިނިސްޓަރ ޝަހީމް އަޑުގެ ނެތްކޮށްޅަށް ގައިމުގޮވި އެހެން ކިޔާފަ..... ބޮައިހަލަކި
ކާހިރު
11 December 2024
ލާރި ލާރި ލާރި. ނެތްތަ ލިﷲއަށް ޓަކައި ކޮށްދޭނެ އެކަކުވެސް
ހަސަންބޭބެ
11 December 2024
ކީއްވެގެންބާ ވަކި މިސްކިތަކަށް ވަކި އަގެއް ހުރިހާ އިމާމުން ވެސް ކުރަނީ ތަރާވީހް ނަމާދު ނޫންތޯ
އެޗް އެމް
11 December 2024
ގަޑިއިރަކަށް 500 އެބަލިބޭ. ނުކޮށް ދޫކޮށްލާވަރުގެ ކަމެއްނޫން.
މަރުދުރު
11 December 2024
އަހަރެން ހިލޭ ގޭގެއަށް ގޮސް ރޯދަ ވީއްލައި ދީފާނަން.
އަބްޑޫޅް +
11 December 2024
މީހަކު ނުލިބިގެން އުޅެން ޖެހޭ ހިސާބަކަށް އަދި ނުދޭ. ތިޔަކަން ކުރާނެ ގޮތް ދަސްކޮށްދެނިކޮށް، އަހުރެން ވެސް ތިޔަކަން ކޮށްފާނަން.