ކަނދޮޅުދޫ އަހުމަދު ވަހީދު
08 މާޗް 2017 - 11:14
ރ. އަތޮޅަށާއި ޓޫރިޒަމް ދާއިރާ އަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކަނދޮޅުދޫ އަހުމަދު ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 72 އަހަރުގައި ވަހީދު އަވަހާރަވީ، މާލޭގައި އޭނާގެ އަމިއްލަގެ ހ. ވަށްފުށީގަ އެވެ. އާއިލާއިން ބުނި ގޮތުގައި މިއަދު ހެނދުނު ވެސް ވަހީދު ހުންނެވީ ރަނގަޅަށެވެ. އެކަމަކު ސައި ހަދައިފައި، ސައި ބައްލަވަން ވަޑައިނުގެން ލަސްވާތީ ބެލިއިރު އޮތީ އަވަހާރަވެފައި ކަމަށް އާއިލާއިން ބުންޏެވެ.
"ބަރާބަރަށް ޑޮކްޓަރަށް ދައްކަވައި ޗެކަޕް ވެސް ހައްދަވާނެ،" ބޮޑު ބައްޔެއްގައި ފަރުވާ ހޯއްދަވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ، އާއިލާގެ މެމްބަރު ވިދާޅުވި އެވެ.
ވަހީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް، ކުރުނބާވިލެޖް ހެދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެއް ބޭފުޅާ އެވެ. ކުރުނބާވިިލެޖްގެ އެންމެ ފުރަތަމަ ކޮޓަރިތައް ވެސް ހެދީ އޭނާ ޔުނިވާސަލްގެ މުވައްޒަފެއްގެ ގޮތުގައި ހުންނަވަނިކޮށެވެ.
"އޭގެފަހުން މިވީ ހުރިހާ ދުވަހަކު ވެސް އުޅުއްވީ ޔުނިވާސަލްގައި،" އާއިލާއިން ބުންޏެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންތަކަށް ހުށަހެޅި ޑޮކިއުމެންޓްތައް ބެލުމަށް މިދިޔަ މަހު ބޭއްވި ހަފުލާއެއްގައި ވަހީދު (ކ-2) -- ފައިލް ފޮޓޯ: މިހާރު
އަވަހާރަވި އިރު، ވަހީދު ހުންނެވީ ޔުނިވާސަލްގެ ވަރަށް އިސް މަގާމެއްގަ އެވެ. އަދި ޓޫރިޒަމް ދާއިރާގައި އޭނާ ގެންދަވަނީ ބައެއް އަމިއްލަ ވިޔަފާރިތައް ވެސް ކުރައްވަމުންނެވެ.
ވަހީދުގެ ދެ އަންހެން ބޭފުޅުންނާއި ތިން ފިރިހެން ބޭފުޅުންގެ އިތުރުން ކާފަ ވިދާޅުވާ 10 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު ލުޡުފީ
08 March 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ާާަނަަަާފޒ
08 March 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ވަސީމު
08 March 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އިބޫ
08 March 2017
މީހެއް ނިޔާވި ޙަބަރު ނިންމާލާ އިރު އެ ފުރާނަ އަށް ސުވަރުގެ މިންވަެު ކުރުމަށް އެދި ލިޔެލުމކީ ކުރީގެ ޙަބަބރު ތަކުން ފެންނަމުން އައި ރިވެތި ސިފައެއް، މިހަރު މި ނުފެންނަނީ ކީީއްވެބާ
ހަސަން
08 March 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ވަހީދު އެއީ އަޅުގަނޑުގެވެސް ރަހްމަތްތެރިއެއް. ވަރަށް ހިތްހެޔޮ ބޭފުޅެއް.
GAN Island
08 March 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ދުނިޔެ ދޫކޮށް ދާއިރު ގެންދެވޭނީ ހަމަ އެކަނި ﷲ އަށްޓަކައި ކޮށްފައިވާ ހެޔޮކަންތައްތައް އެކަނި. ދުނިޔޭގެ މުއްސަނދިކަމަކީ ދޫކޮށް ދާނެޖެހޭނެ އެއްޗެއްކަން އަހަރުމެންނަށް އިގެންޖެހޭ
ގަwumު
08 March 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސައީދު
08 March 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ދުވާފަރު ދަންޑެހެލު
08 March 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ކީރިތި ﷲ އެ މަރުމުޙޫމުގެ ފުރާނައަށް ހެޔޮ ރަޙުމަތް މިންވަރު ކުރައްވާށި. އަދި އެ މަރުޙޫމުގެ އާއިލާއަށްކެއްތެރިކަން ދެއްވާށި! ޢާމީން
ހަސީން
08 March 2017
ހިތްހެޔޮ، ދީންވެރި، އޯގާތެރި، ވިސްނުންތެރި، އެހެން މީހުންނާ އަޅާލާ މީހެއް.. މިޒަމާނުގައި މިކަހަލަ މީހަކު މަދުވާނެ. މާތްﷲ އޭނާއަށް ހެޔޮ ތަހްމަތްލައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާންދޭވެ.