ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަންކުރެއްވި ނަސްރީން އަދި ޗެއާޕާސަން ނަމްޒާ-- ފޮޓޯ: މިހާރު
23 ޑިސެމްބަރ 2024 - 14:27
ޕަބްލިކް ސާވިސް މީޑިއާގެ ޗެއާޕާސަނަކަށް ލޯކަލް ގަވަމެންޓުގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ނަސްރީން މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ ޕީއެސްއެމްގެ ބޯޑާއި ޗެއާޕާސަންގެ މަގާމަށް، ޕްރެޒެންޓަރު ނަމްޒާ ހަމަޖައްސާފައިވާ ކަމަށެވެ.
މެނޭޖިން ޑިރެކްޓަރަަކަށް އައްޔަންކުރެއްވި ނަސްރީން ދައުލަތުގެ މީޑިއާއާ ގުޅިވަޑައިގަތީ މީގެ 14 އަހަރު ކުރިންނެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުކަން ވެސް ފުރުއްވައިފަ އެވެ.
ޕީއެސްއެމްގެ ހިންގަން ނަސްރީން އައްޔަންކުރެއްވިއިރު އޭނާ ހުންނެވީ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރަކަށެވެ.
އޭނާ ވަނީ މެލޭޝިއާގައި ބިޒްނަސް އިން މިދިޔަ ޖޫން މަހު ޕީއެޗްޑީ ފުރިހަމަކުރައްވައިފަ އެވެ.
އެ ކުންފުނީގެ ޗެއާޕާސަނަކަށް އެންމެ ފަހުން ހުންނެވީ އިބްރާހިމް ހިލްމީ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސެވީ ކުރީގެ ސަރުކާރުން ޖެނުއަރީ، 2019 ގަ އެވެ. އެކަމަކު، ވެރިކަން ބަދަލުވުމުން މިދިޔަ ޖެނުއަރީ މަހު ބޯޑުން ވަކިކުރީ އެވެ.
ދައުލަތުގެ މީޑިއާ ހިންގަން ނަސްރީން ހަމަޖެއްސެވީ، އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. މަގާމަށް އައްޔަންކުރެއްވިތާ ހަތަރު މަސް ވާން އުޅެނިކޮށް ސައީދު ވަކިވެވަޑައިގަތީ ސިއްހީ ސަބަބުތަކާ ހެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޑިޓް
25 December 2024
ނައްޓުގެ ނާގާބިލި ކަމަކީ ޕީއެސްއެމް ނިމުނު 10 އަހަރުވެސް ދައުލަތުގެ ބަޖެޓަށް ބަރޯސާ ވާން ޖެހުން. ޕީއެސްއެމް މާކެޓް ނުކުރެވުނު މީހަކަށް ކިހިނެތް ކުންފުނި ހިންގާނީ، ނައްޓުގެ މެލޭސިއާ ސެޓްފިކެޓަކީ ޕީއެސްއެމް ވިއްކައިގެން ގަތް އެއްޗެއް އެ އަށް ބާރުލިބޭ ހެކި އޮޑިޓް ރިޕޯޓުގައި ހުންނާނެ
އަންދަލޫސިޔާ
25 December 2024
މާތްކަލާކޯ! ނަމްޒާއޭ ޗެއަރ ޕަރސަން އަކަށް؟ ނަމްޒާ ލާންވީނުން އެމްއެމްއޭގެ ގަވަރުނަރަކަށް ވެސް؟
ލުޖައިން އަލީ
24 December 2024
ދެންވެސް ބަޔަކު ބުނާނެ ރައީސް އައްޔަން ކުރާނީ ކަމު ނުދާ މީހުންނޭ. ހަމަ ގައިމުވެސް ދާއިރާގެ ތަޖުރިބާ ކާރުން މިއައްޔަން ކުރަނީ.
އޭދަފުށި އަލިބޭބެ
24 December 2024
ދެބޭފުޅުންނަކީވެސް ތަޖުރިބާގެ ގޮތުން ބެލިޔަސް އަދި ހުނަރުގެ ގޮތުންބެލިޔަސް އެހާމެ ގާބިލް ދެބޭފުޅުން. ފުރިހަމަ ކާމިޔާބީއަކަށް ދެކުދިންނަށް އެދެން.
މިޒްނާާ ސަމާހްް
24 December 2024
ނަމްޒާއަކީ ވަރަށް ލީޑަރޝިޕް ކުއަލިޓީހުރި ހިންގުންތެރިއެއް. ޔޫކެންޑޫއިޓް
ރާނާާ
24 December 2024
ރައީސް މުއިއްޒު މިމަގާމަށް މިގެންނެވީ މި މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރެވޭނެ ދެމީހުންނަށް. ޝުކުރިއްޔާ ރައީސް
މާނާ
24 December 2024
ކުރިން ގެނައީ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ދެމީހުންތަ؟
ބާސިތްް
24 December 2024
ދެމީހުންނަކީވެސް ދާއިރާގެ އެތަށް ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިވާ މީހުން. އެހެންވީމާ ރަނގަޅުވާނެ ކަމަށް އުންމީދުކުރަން.
ލަނދޫ
24 December 2024
ނަމްޒާއަކީ ޕްރޮގްރާމް ހުށަހަޅަން ހަމަބެސްޓް ކަނބަލެއް! ރާއްޖޭގައި އެފަދަ ދެވަނައެއް ހަމަނެތޭ އަހަރެން ބުނާނަން. އެކަމަކު ޗެއަރޕަރސަންއަކަށް ޝީ އިޒް ނޮޓް ދަ ރައިޓް ޗޮއިސް! ބެސްޓްވިޝަސް އިނގޭ.
ބަހްލޫލު
24 December 2024
ދެން ސީއެންއެން އަދި ބީބީސީ ހިންގާ ކުންފުނިތަކަށް ވެސް ތިޔަޖެހުނީ ރާއްޖެ އަންނަން ޓްރޭނިންގ ހަދަން! އެވަރުގެ ޤާބިލް 2 މީހުން ތިޔަލީ! ކިތައް ދުވަސް ވޭތޯ ގުނަންފެށީ މި
ހޮލީވުޑް
23 December 2024
ނަމްޒާ ރަނގަޅު ވާނީ ފޮޓޯ ނަގާ ތާކައް ލިއްޔޭ. ފިލްޓަރޭ ވުއްޔޭ