29 ނޮވެމްބަރ 2025 - 17:08
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެއް އަހަރާއި ހަފުތާއެއްގެ މުއްދަތަށް ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވުމަށް ފަހު، ނަސްރީން އިސްތިއުފާ ދެއްވީ ސަރުކާރުގެ އެހެން މިނިސްޓްރީއަކަށް ބަދަލުވެވަޑައިގަތުމަށް ކަމަށް އޭނާގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަން ކުރެއްވީ ޑިސެމްބަރު 23، 2024 ގަ އެވެ.
ހަޔާތުގެ ބޮޑު ބައެއް ދައުލަތުގެ މީޑިއާގައި ހޭދަކުރެއްވި ނަސްރީންގެ މި ކުއްލި ބަދަލު އައި ސަބަބެއް އަދި ނޭނގެ އެވެ. މީގެ 15 އަހަރު ކުރިން ދައުލަތުގެ މީޑީއާއާ ގުޅިވަޑައިގެންނެވި ނަސްރީން ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން އޭނާ ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރަކަށެވެ.
ނަސްރީނަކީ މި ސަރުކާރުގައި ޕީއެސްއެމަށް އައްޔަން ކުރެއްވި ތިން ވަނަ އެމްޑީ އެވެ. ކުރިން އެ މަގާމު ފުރުއްވީ ޒީނާ ޒާހިރާއި މުހައްމަދު ސައީދެވެ. އެ ދެ ބޭފުޅުން ވެސް އެކި ސަބަބުތަކާ ހެދި ވަކި ހިސާބަކުން އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާމިދު ޝާހިދު
30 November 2025
އާ އެމްޑީއަކަށް އިބްރާހިމް ރަޝީދު (މަހްރަބު އިއްބެ) ވަރަށް ރަނގަޅުވާނެ. ހުރިހާކަމެއްވެސް ސަރުކާރުން ބޭނުންވާގޮތަށް ކުރިއަށް ގެންދާނެ!
ލުކުމޭން
30 November 2025
ކިޔަވާ ނިންމާލީ ދޯ.
ނަބީ
30 November 2025
މިހާރު ކަމުދާތަނެއް ނޫން މަދަހަ މުބާރާތައް ކުދިން ހޮވީ ވަރަށް ނާއިންސާފުން
20000
29 November 2025
މަހުރަބު އިއްބެ ތިޔަ ތަނަށް ލީމަ ރަގަޅުވާނެ.
މަގޭރާއްޖެ
29 November 2025
ދައުލަތުގެ މީޑިއާއިން ކުރާކަމަކީ ރައީސް ވިއްކުމާއި އަދި މިތާއުޅޭ ފިލްމުކުޅޭ މީހުންގެ ފިލްމީ ވާހަކަތައް ދެއްކުމެވެ. މެންދުރު ގަޑީގައި މައިންބަފައިން ނާއި ކުދިންގެ ކުރިމަތީ ޓީބީ ބަލާކަށް ނުކެރެއެވެ. ދައްކާ ގައިގޯޅި ލަވަތަކާހެދި. ލަވަ ދައްކަން ވަކި ޗެނަލެއް ހަދަންވީނު.
سهانة
30 November 2025
"ޓީބީ ބަލާށޭ"؟ "ޓީބީ" އާއި "ޓީވީ" އާ ވަކިކުރަންވެސް ނޭނގޭ މީހުން ކޮމެންޓް މި ކުރަނީ.
އަޣުޞާ
29 November 2025
ދައުލަތުގެ މީޑިޔާގެ ހުށައެޅުންތަށް ރަނގަޅުވާތަނެއްނުފެނޭ. މިހާރުވެސް އެންމެބޮޑަށް އިޝްތިހާރު އަރުވަމުންދާ އެންެމެ ރީތި ރަށް ހޮވުމުގެ އިސްތިހާރުވެސް މުޅިން
ކަނބިލި
29 November 2025
ޢަލީ ރަމީޒަށް އެމްޑީކަން ދޭން ފެނޭ
މަޒީދުގެ ކޮއްކޮ
29 November 2025
ވަރަށް ފައްކާ މާކެޓިން ބަޔަކު އުޅޭ ތަނެއްތީ.. ކޮންޓެންޓް ހަދާ މީހުން ބޮޑު އަގު ދީފައި ތިޔަ ޓީވީން ދެއްކެނީ. ޢަދި ނުވިތާކަށް އިސްތިހާރުކޮއްގެން ލިބޭ ލާރިވެސް އެތަނަށް.. ކޮންޓެންޓްވެސް އެމީހުންނަށް، ލާރިވެސް އެމީހުންނަށް.
ނަސީބު
29 November 2025
މީހަކައް ދެރައެއް ދީފަ ރަގަޅު ގޮތެއްނުވާނެ
ސަންޑޭ
29 November 2025
މާކެޓިންގ ސައިޑު ގައި ގިނަ ދުވަހު އުޅުނު ވާހަކަ ތި އޮތީ. އެހެންވީމާ ، ދައުލަތުގެ މީޑިޔާ ދައުރުވާލުމުގައި މީނަގެ ހިއްސާ ވަރަށް ބޮޑު ވާނެތާ.