06 މެއި 2025 - 11:27
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ތަކުރާރުކޮށް ގާނޫނާ ހިލާފުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ، ތަޅުމުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާގެ މައްސަލާގައި ވަނީ، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އެޑިޓޯރިއަލެއްގެ ތެރެއިން ދައުލަތުގެ މީޑިއާ ހިނގުމަކީ އެއް މަގްސަދު ގޮތުގައި ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް ޕީއެސްއެމް ހިނގަމުން ދަނީ އެ ކަންކަމަށް ބެލުމެއް ނެތި ކަމަށެވެ.
މައްސަލާގައިވާ ގޮތުން ދައުލަތުގެ މީޑިއާ މިވަގުތު ހިނގަމުން ދަނީ ގައުމީ ކަންކަމުގެ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް އަންގައިދިނުމުގެ ބަދަލުގައި ވަކިވަކި ފަރުދުންނާއި އެކި ޖަމާއަތްތަކަށް ވެސް ފުރުސަތު ނުދީ އެވެ.
"ވަކި ބަޔަކަށް ފުރުސަތު ދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގާލައި، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެ ނޫން ވެސް ޒާތީ މަސްލަހަތެއް ހިމާޔަތް ކުރުމަށް ޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ..." މައްސަލާގައި ބުނެފައިވެ އެވެ.
މި މައްސަލާގައި ވަނީ މިއީ ގާނޫނުގެ ބާރު ކަނޑުވާލައި ގާނޫނަށް އަމަލުނުކުރެވުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭނެ އަމަލެއް ކަމަށް ސިފަ ކޮށްފަ އެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ނެގި ވޯޓުގައި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ޕީއެންސީގެ 45 މެންބަރުން ދެކޮޅަށް ވޯޓު ދެއްވުމުން މައްސަލަ ބޭރުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީކުދާނު
06 May 2025
ކުޑޫ އަކަސް ތިޔަކުރީ ވަރަށް ކަޑަ ކަމެއް. ތިޔަ ސަކަރާތް ނުޖަހާ ސަރުކާރެއް މިރާއްޖެއަކަށް ނާންނާނެ. މިވޭތުކުރި އެމްޑީޕީ ސަރުކާރަކީ ތިޔަކަން ހައްދެއްނެތި ކުރި ސަރުކާރެއް. ފެނިގެން ދިޔައީ ހުރިހާ ދިމާލަށް ޕާޓީ ކުދިން އަޅާލާފަ އަދި ސަރުކާރު ނަގާދޭން މަސައްކަތް ކުރީ ޓީވީގައިތިބި ކުދިންނަށް ެކިއެކި ބޮޑެތި މަޤާމްތައް ދިންތަން. ވިސްނާ ބަލަން ތިބިމީހުމްނަށް މިކަން އެނގޭނެ.
ރަދީފްއޮފިޝަލް / ކުޑޫ އެއީ 1 ވަނަ
06 May 2025
ކުޑޫ މިއީ މަޖްލިހުގަ އިން އެންމެ ބެސްޓް މެމްބަރު.ކުރަން އުޅެނީ ކީއްކަން އެނގިގެން މަޖލިހަށް އައި މެމްބަރެއް ކުޑޫ އެއީ.އަހަރެންގެ ފެވަރިޓް މެމްބަރަކީ ވެސް ކުޑޫ.ދެން މަގުމަތިން ފެނުނީމަ ގޮވާނަން ކުޑޫއަށް.ވ.ވެދުން
މަބުނީ
06 May 2025
ބަލައެއީ ދައުލަތުގެ މީޑިއާއޭ ކިޔާއަޑެއް ނާހަމުތަ؟
މަބުނީ ގަމާރެކޭ
06 May 2025
ދައުލަތާ ސަރުކާރާ އެއީ ދެއެއްޗެއް!
ގަމާރުންގެ ސަރުދާރު
06 May 2025
ބަލަ ވަކި ވަކި ފަރުދުންނާއި ޖަމާއަތް ތަކާއި ދައުލަތަކީ ވެސް އެކައްޗެއް ނޫނޭ.
މުހައްމަދު ހާސަރު
06 May 2025
ތެދެއް، ބަންޑާރަ ޓީވީން ހަމަ ގައިމުވެސް އެމްޑީޕީ މެންބަރެއް ނުފެނޭ.. ހިންގަންތިބީވެސް ހުސް ސަރުކާރުގެ ސިޔާސީ މީހުން ދެރަކަމަކީ ރައްޔިތުން ގެ ފައިސާ ސަރުކާރަށް ހަރަދުކުރާތީ
ކަނޑޫމާ
06 May 2025
ދައުލަތުގެ ޓީވީ ހިންގާނީ ދައުލަތުންބޭނުންވާގޮތަކަށް ނޫންތޯ؟ އެހެންމީމީހުންވެސް އެމީހުންގެ ޓީވީ އެމީހުންބޭނުންވާހާގޮތަކަށް އެހިންގަނީނޫންތޯ؟