ވިލުފުއްޓަށް ސުނާމީ އެރި ވަގުތު އާޒިބާ އީސާ އޭނާގެ ދަރިފުޅު ގޮވައިގެން ދުވެފައި އަންނަ މަންޒަރު ފެންނަ ފޮޓޯ: އަބްދުﷲ ނިޒާރު
26 ޑިސެމްބަރ 2024 - 08:05
ތ. ވިލުފުށީ މަތިރަތްމާގޭ އާޒިބާ އީސާ އޭރު ވެސް ދުވަސް ފަށަނީ އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުންނެވެ. ބޮނބިތެޅުމާއި ފަންގިވިނުމާއި ހެދިކާ އާއި ކާޖާ ހަދައި ވިއްކައި އޭނާ ދިޔައީ ދިރިއުޅުން ކޮޅަށް ނަގަމުންނެވެ. އެކަމަކު ކުރަމުން އައި ހުރިހާ މަސައްކަތްތަކާއި މުސްތަގުބަލާ މެދު އޮތް އުންމީދުތައް މުގުރާލައި ފުނޑުފުނޑު ކޮށްލީ ރަށަށް އެރި "މަރުގެ" ރާޅާ އެކު އެވެ.
އެއީ މީގެ 20 އަހަރު ކުރިން ޑިސެމްބަރު 26, 2004 ގައި ވެސް އޭނާ ގޮނޑުދޮށުގައި ހަމަޖެހިލައިގެން އިން ދުވަހެކެވެ. ދޭތެރެއަކުން، މޫދާ ދިމާލަށް ބަލައިލާއިރު މަޑުމަޑު ރާޅުތައް ބީއްސަމުން ދިޔަ އެވެ. ހަމަހިމޭން އުފާވެރި އިހުސާސެކެވެ.
އެ ހަމަޖެހުން ނަގައިލީ މޫދުގެ ލޮނުގަނޑު ކެކި އަރައި، ރާޅުގެ އަޑުފައްގަނޑު ގަދަވުމުންނެވެ. ބިޔަ ރާޅެއް އަރައި ސިކުންތުކޮޅެއް ތެރޭ ފަޔާ ހަމަކުރަނީ އެވެ. ކުރަން ހުރި މަސައްކަތް މަތިން ހަނދާން ނެތިއްޖެ އެވެ. ޖެހިގެން ހުރި ކުއްޖާގެ އަތުގައި ހިފި ގޮތަށް ރަށު ތެރެއަށް އާޒިބާ ދުއްވައިގަތެވެ.
ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވީ އެ ދުވަހު ވިލުފުށިންނެވެ. އެ ރަށަށް އެރި ބިޔަ ރާޅާ އެކު 21 މީހުންގެ ފުރާނަ ގެންދިޔަ އެވެ. އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ނުފެނެ އެވެ.
އެ ހިތާމަވެރި ދުވަހުގެ މަންޒަރުތަކުން މުޅި ރާއްޖެއަށް އެންމެ މަޝްހޫރުވި އެއް ފޮޓޯއަކީ އެ ވަގުތުކޮޅެވެ. އާޒިބާ އޭނާ ކައިރީ ހުރި ކުޑަ ކުއްޖަކު ގޮވައިގެން ހިތްވަރާ އެކު ދުވާ މަންޒަރެވެ. ފަހަތުން ބޮޑު ރާޅު އަރަނީ އެވެ. ފަސް އެނބުރި ބެލުމެއް ނެތި އާޒިބާ ހުއްޓުމެއް ނެތި ދުވަނީ އެވެ.
އެ ދުވަހު މުޅި ގައުމަށް ފެނިގެން ދިޔައީ އާޒިބާ ކުރި ހިތްވަރުގެ އެއް މަންޒަރެވެ. އެކަމަކު އޭނާ އަށް އެއީ ހަޔާތުގައި އައި އެންމެ ބިރުވެރި ހިނދުކޮޅެވެ. އެ ދުވަހުގެ ބިރުވެރިކަމާއި އެ އަށް ފަހު ދިރިއުޅުމުގައި ނެގި ބިޔަ ރާޅުތަކާ އާޒިބާ ކުރިމަތިލީ އަދި އެ އަށް ވުރެ ވަރު މާ ގަދަ ހިތްވަރަކާ އެކު އެވެ.
މީގެ 20 އަހަރު ކުރީގެ އެ ހަނދާންތައް އާ ކުރަމުން އާޒިބާ ކިޔައިދިން ގޮތުގައި އޭނާ އެ ދުވަހު ކައިރީގައި ހުރި ކުޑަކުއްޖަކު ގޮވައިގެން ދުއްވައިގަނެ ރަށު ތެރެއަށް ވަކި ހިސާބަކަށް ދެވުނުތަނާ ތިމާގެ އެހެން ކުޑަ އަންހެން ކުއްޖަކާ ވެސް ދިމާވި އެވެ. އެ ހިސާބުން ކުރިޔަށް ދިޔައީ ދެ ކުދިންގެ އަތުގައި ހިފައިގެންނެވެ.
އާޒިބާ "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ވަގުތު އެ ކުދިންގެ ފުރާނަ ސަލާމަތް ކުރުން ފިޔަވައި އެހެން އެއްވެސް ކަމެއް އާޒިބާއަކަށް ނުވިސްނެ އެވެ.
އެކަމަކު މާސިންގާ ބޮޑު ރާޅު އައިސް އާޒިބާއާ އަރާ ހަމަކޮށް ގަންބާލައިފި އެވެ. އެ ވަގުތު ދެ ކުދިން އަތުން ދޫވެ ގެއްލިއްޖެ އެވެ.
"ކައިރީ ތިބި ދެ ކުދިން ވެސް ގެއްލިއްޖެ. އޭރު ހަމަ ލޮލާ ހަމައަށް ލޮނުގަނޑު އަރާފައި ހުރި" އާޒިބާ ބުންޏެވެ.
ދެން ކައިރިން ނުދަންނަ މީހަކު ފެނުނެވެ. އެ މީހާ ކައިރީ "ދައްތަގެ ދެ ކުދިން ގެއްލިއްޖެ އޭ" ބުނުމުން ކައިރީ އޮތް ފިލާގަނޑެއް ހިއްލައިލި އެވެ. އެ ދެ ކުދިން އޮތީ ފިލާގަނޑު ދަށުވެފަ އެވެ.
"ރާޅުގަނޑު އަރައިގެން ފައިބައިގެން ދިޔައީ. އިރުކޮޅެއް ތެރޭގައި ފެންގަނޑު ތިރިވާން ފަށައިފި،" އޭނާ ބުންޏެވެ.
ވިލުފުއްޓަށް ސުނާމީ އެރުމާއި ރަށުގެ ހާލަތު ފެނިފައި އާޒިބާ ހުރީ ގޮތް ހުސްވެފަ އެވެ. އެހެން މީހުންނެކޭ އެއްގޮތަށް ކައިރި ރަށްރަށަށް ފުރައިގެން ދިޔުން ނޫން ގޮތެއް ނެތެވެ. ދިރިއުޅުން އާރާސްތު ކުރަން ކުރަމުން އައި ހުރިހާ މަސައްކަތެއް ފެނަށް ދިޔަ އެވެ.
އެ ދުވަހު އުންމީދު އެއްކޮށް ގެއްލުނު ނަމަވެސް އާޒިބާ ހިތްވަރު އެލުވައެއް ނުލަ އެވެ. އޭނާ ދެން ވެސް ދިޔައީ އަމިއްލަ މަސައްކަތުން ދިރިއުޅުން އަލުން ބިނާ ކުރެވޭތޯ އެވެ.
އާޒިބާ "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭގައި ވެސް ދުވަސްތަކެއް ހޭދަކުރުމަށް ފަހު ރަށް އަލުން ތަރައްގީކުރުމުގެ މަސައްކަތް ފެށުމުން އާޒިބާ ރަށަށް ބަދަލުވެ އާމްދަނީ ހޯދުމުގެ މަސައްކަތް ފެއްޓި އެވެ.
މިހާރު އޭނާއަކީ ވިލުފުށީގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން އެންމެ ގަދައަށް މަސައްކަތް ކުރާ އެކަކެވެ.
އާޒިބާގެ ދުވަސް މިހާރު ފަށަނީ މެންދަމުން އަލިވެ 2:30 ގަ އެވެ. ދަމުނަމާދު ކޮށްލައިގެން ތެދުވާ ގޮތަށް ސޭންޑުވިޗާއި ސަބްމެރީން ހަދައި ހެދިކާ ހެދުމުގެ މަސައްކަތް ކުރެ އެވެ. މަސައްކަތް ނިންމާލަނީ ހެނދުނު ނުކުމެ ރަށުގެ ފިހާރަތަކަށް އޭނާގެ ހެދިކާތައް ލައި ނިމުމުންނެވެ. އެ ހުރިހާ ކަމެއް ކުރަނީ އަމިއްލައަށެވެ.
"ދުވަހުގެ މެދަކާ ހަމައަށް ދާތަނާ ހުސް ވާނެ. ކޮންމެ ދުވަހަކު ދެ ހާހެއްހާ ރުފިޔާގެ އާމްދަނީއެއް ލިބޭ އިރާދަކުރެއްވީތީ،" އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އާޒިބާ ބުންޏެވެ.
އޭނާ އަމިއްލަ އަށް ކުރި މަސައްކަތުން ހޯދި އާމްދަނީން ހައްޖުގެ އަޅުކަން ފުރިހަމަކޮށް، އިތުރު އުމްރާއެއް ވެސް ކޮށްފި އެވެ. މާލޭގައި އުޅެމުން އަންނަ އޭނާގެ ދަރިންނަށް ބޭނުންވާ ވަރަށް ފައިސާ ފޮނުވަ އެވެ. ހުރިހާ ކަމެއް ކުރުމުގެ ގާބިލްކަން ވަނީ އަމިއްލަ އަށް ހޯދައިފަ އެވެ.
ބޮޑު ރާޅެއް އަދި އެހެން ކަމަކުން އޭނާގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. ސުނާމީ އަށް ފަހު އާޒިބާ އާމްދަނީ އިތުރު ހަރުފަތަކަށް ޖައްސާލައިފި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމް އަހްމަދު
27 December 2024
ތިރަށުގައި ވަޒީފާ ތަކުގައި ބިދޭސީން ތިބީ ކީއްވެ. ސިއްހީ މަރުކަޒު ސްކޫލް....ކީއްވެ ވަޒީފާ ގައި ދިވެހިން ނޫޅެނީ
2004 ގެ ކުރި
27 December 2024
ފޮޓޯއިން ފެންނަ ދައްތަ އޭރުވެސް ހުރީ ބުރުގާ އަޅާފަ. 2004 ގެ ކުރިން އެހާ އާންމު ކަމެއް ނޫން. މާޝާﷲ
އިހްސާސް
26 December 2024
މާތް ﷲ އަށް ޙަމްދުކުރަން. ދައްތަގެ ހިއްވަރަށް ސާބަސްދެން. ދައްތަ ދުވާ މަންޒަރު ކެމެރާއަކުން ފޮޓޯ ނެގިމީހާ އެކަންކުރަން އިސްކަންދިންކަން ހިތާމަޔާއެކު ފާހަގަކޮށްލަން.
އެވެސް
26 December 2024
ފޮޓޯ ނެގުމަކީވެސް ކޮންމެވެސް މީހަކު ކުރަންޖެހޭ ކަމެއްނޫންބާ؟ އެފަދަ ބޮޑު ހާދިސާއެއްގެ އެއްވެސް ފޮޓޯއެއް ނެތްނަމަ ކިހިނެތްބާ ބަޔަކު އެ މަންޒަރު ސިފަކޮށް އެކަމުގެ ފުރިހަމަ އިހްސާސެއްކުރާނީ އަދި ކަންހިނގިގޮތް ސިފަކުރާނީ؟ ފޮޓޯ ނެގި މީހާ އެވަގުތު ފޮޓޯނެގިއަސް އެހެން މީހުންނަށް ފަހުން އެހީނުވެ ހުރިކަމެއް ނޭނގޭތާ. އެފަދަ ހާދިސާތައް ހިނގާ ވަގުތުގެ ފޮޓޯއާ ވީޑިއޯއަކީވެސް މުހިއްމު އެއްޗެހި
އެ ދެކުދިންނަށްވީ ކިހިނެއް؟
26 December 2024
އަޒީބާ ސަލާމަތްކުރަން މަސައްކަތްކުރި ކުޑަ ދެކުދިންނަށްވީ ކިހިނެއްހެއްޔެވެ؟ ފިލާގަނޑެއްގެ ދަށުގައި އެކުދިން ތިބީ ހެޔޮޙާލުގައި ހެއްޔެވެ؟ ދިރިތިބި ނަމަ، މިހާރު އެ ދެކުދިން ކޮބައިހެއްޔެވެ؟
އިސްލާޙް
26 December 2024
އެހެން ހިތަށް މި އަރަނީ.
ދޮނަޅަ
26 December 2024
އާޒިބާ "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު - މިއީ މިހާރުގެ ފިލިފުށީ މަންޒަރެއްތޯއެވެ. ވަށާފާރު "ތެޅިގަލުން" ރާނާފަ ހުރީމައެވެ. މީގެ 20 އަހަރު ކުރިން އާބާދު ކުރިރަށެއްގައި އިންފާރު "ތެޅިގަލުން" ރާނާފަ ހުރީމާ ސުވާލު އުފެދެނީ .....................؟
ޣާ
26 December 2024
ޢެއީ ހަމަ މިހާރުގެ ގޭގެ ވަށައިފާރު
095&
26 December 2024
ހާދަ ހިނިއައިއްސާ!؟!
ަމައި
01 January 2025
ކަލެއަށް ލައްކަ އަސަރުކޮށްފިތާ. ތިޔަ ކަހަަލަ ކަންނެތް އެއްތިގަނޑެއް ނޫންއެއީ. ފިސާރި ކަނބަލައެއް އެއީ. ކަލޭ ހުންނަން ޖެހޭނި. ލޮލް
އޮނަރަބްލް އަފީފު ދީދީ
26 December 2024
ސްނާމީއަށް ފަހު އެކުވެރި ދައުލަތް ތަކާއި ބޭރުގެ ޖަމީއްޔާތަކުން ކޮށްދިން ކަމެއްނޫނީ ވިލިފުއްޓަށްވެސް އަދި ގެއްލުން ލިބުނު އެހެން ރަށަކަށްވެސް ސަރުކާރުން ކޮށްދީފައި ނެތް. އޭގެ ފަހުން ޔާމީނު ސަރުކާރުން ތިރަށު މަގުތައް ހަދާދިން. އެކަމަކު މިއަދާއި ހަމައަށްވެސް ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ އިޤްތިސޯދީ މަސައްކަތެއް ކުރެވޭނެގޮތް ހަދާފައި ނުވާތީ ކ.މާލޭގައިތިބި ކުދިން ކުލިދައްކާނެ ފައިސާކޮޅު ރަށު މީހުނަޑް ހެދިކާ ވިއްކާފައި ހޯދުން ނޫން ގޮތެއްނެތް.
ޑތތތއަ
26 December 2024
ކީއްކުރާނީ. . ވަރަށް ގަމާރުވާނެ. ސަތޭކަ ރުފިޔާ ދިނީމަ ތިބޭނީ މައިތިރިވެފަ.
މުސްތަރީ.
26 December 2024
އަފީފު ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް. މާލެ ނޫން ހަމަ އެއްވެސް ރަށެއްގައި އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވަޒީފާ އުފައްދާ ދީފައި ނެތުމުން އެހެން ހުރިހާ ރަށެއްގެ ރައްޔިތުންނަށް މިޖެހެނީ މާލޭ މީހާއަށް ކުލިދައްކަން އެރަށަށް ދާން.
ކޮބާތަމައްސަލައަކީ
26 December 2024
ރަށު މީހުންނަށް ހެދިކާ ހަދާފަ ވިއްކުމުގަ ކޮބާތަ މައްސަލައަކީ؟ އެންމެންނަކީ އެއް މަސައްކަތެއް ކުރަންޖެހޭ ބައެއްތަ؟ ބައެއް މީހުންގެ އުފަލެއް އެއީ ކާބޯތަކެތި ތައްޔާރުކުރުން. ތިފަދަ ވާހަކަތަކުން މީހުންގެ ސިކުނޑިތައް ދޮވެވިގެންދާތީ މައްސަލައަކީ. ދެން އެކަކުވެސް ވަޑިއަކަށް މަސްވެރިއަކަށް ދަނޑުވެރިއަކަށްވެގެންނުވޭ ތިކަހަލަ ވާހަކަ ދައްކާތީ. ކޮންމެ މީހަކު އިންނަންވަނީ ޓައީ އަޅާފަ އޮފީސް މޭޒެއްދޮށުގަ. އެންމެން ތިބެންވަނީ އެއްތައްގަނޑަކަށް އެޅިފަތަ
އޮނަރަބްލް އަފީފު ދީދީ
26 December 2024
ކޮބާތަމައްސަލައަކީ އަށާއި ކޮމަންޓް ބެލި ކިއުންތެރިއަކަށް ނުބައި މާނަ ނެގިފައިވާނަމަ މައާފަށް އެދެން. އަޅުގަނޑުގެ ޕޮއިންޓަކީ ރަށުގެ އެންމެ އާދައިގެ މީހާގެ އަތުގައި އޮތް ލާރިކޮޅު ހެދިކާ ވިއްކައިގެން ރަށުން ބޭރު ކުރާންޖެހެނީ އެފަދަ އެހެން ވަޒީފާ ތަކެއް ނެތުމުގެ ސަބަބުންނޭ. އަދި ބޭރުވާ ލާރި ކޮޅާއި އެއްވަރަށްވެސް ރަށަށް ލާރިއެއް ވަންނާނެ މަގު ތަނަވަސް ކޮށްދީފައި ނުވާ ވާހަކަ. މިއީ ބޮޑު މައްސަލައެއް. ދެން ކިހިނެއް ރަށް ކުރި އަރާނީ؟!
ސަސި.
26 December 2024
ހިތްވަރުގަދަ ކަނބަލެއް. ރެހެންދި އެވޯޑަށް އަދި ނޭންގެނީ މިވެރިން އުޅޭކަން
ޒައިކް33
26 December 2024
އެ ޖާޑިޔާއިންނަކަށް ނޭނގޭނެ.. ކޮންމެވެސް ފެޝަނަކަށް ނޫނީ ލާދީނީކަމެއް ކުރާ އަންހެނަކަށް އެވެރިން އެވޯޑް ދޭނީ..