އަމީނީމަގުގެ ތާރުގަނޑުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ޖެނުއަރީ 2025 - 22:30
މާލޭގެ އަމީނީ މަގުގެ ތާރުގަނޑުން ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް އާރުޑީސީން މިއަދު ފަށައިފި އެވެ.
އެ ކުންފުނިން ބުނީ އަމީނީ މަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުން ވެފައި ހުރުމުގެ ސަބަބުން އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަމީނީމަގުގެ ތާރުގަނޑުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އާރުޑީސީގެ މުވައްޒަފުން މިއަދު ވަނީ ހަލާކުވެފައި އޮތް ސަރަހައްދުގެ ތާރުގަނޑު ކަފައިގެން ނަގައިފަ އެވެ. މަގު އެއްވަރުކޮށް، އެ ތަނުގައި އަލުން ތާރު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ވަނީ ފަށައިފަ އެވެ.
އާރުޑީސީއާ ހަވާލު ކޮށްގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމީނީ މަގު ހަދަން ފެށީ ޖުލައި 2022 ގަ އެވެ. ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަސައްކަތުގެ އެންމެ ފަހު ބައި ނިންމައި އެ މަގު އެއްކޮށް ހުޅުވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
އަމީނީމަގުގެ ތާރުގަނޑުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އަމީނީ މަގުގައި އިސްކަންދަރު ކޮއްޓާ ހިސާބުން ސްޓޭޑިއަމް ފަޅީގެ ބޮޑުބައެއްގެ ތާރުގަނޑު އޮތީ އަޑިގުޑަން ވެފަ އެވެ. ތާރުގަނޑުގެ ބައެއް ހިސާބުތަކުން ވަރަށް ބޮޑަށް އަޑިވެ، ވަޅުގަނޑުތައް ހެދިފައި ހުރި އިރު މަގުގެ މެދަށް ވުރެ އެއް ފަރާތުގެ ތާރުގަނޑު މާބޮޑަށް އޮތީ އަޑިވެފަ އެވެ.
ތާރު އަޅައިގެން އަމީނީ މަގު ހެދުމަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. އެ މަގުގެ މަސައްކަތް ކޮށްފައި ވަނީ ނުއަގުގައި، އަދި ދެރަ މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ އެތައް ތުހުމަތެއް ކުރިން ކޮށްފައި ވެ އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތައް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ. ޗައިނާގެ ޓެކްނިކަލް ޓީމެއް ވެސް މިދިޔަ އަހަރު ފަހުކޮޅު މާލެ އައިސް ވަނީ މަގުތަކުގެ ހާލަތު ބަލައި ފީސިބިލީޓި ސްޓަޑީ ހެދުމުގެ މަސައްކަތް ފަށައިފަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، ޗައިނާގެ އެހީގައި މި ބޮޑު ޕްރޮޖެކްޓާ އެކު މާލޭ މަގުތައް މިހާރު ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ އާއި އެހެން މައްސަލަތަކަށް ވެސް ދާއިމީ ހައްލެއް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބީ
13 January 2025
މީ ހައުސިންގ މިނިސްޓްރީގައި އަލިފާންރޯވެގެން އެރިހޫނުގައި ހަލާކުވިބައިތަކެއްނޫންބާ,
ޕެތެޓިކް
12 January 2025
އޮޅުވާލުމާއި މަކަރު ހެދުން. ހެޔޮނުވާނެނުން ސޯލިހު ސަރުކާރުން މިހެންހަދަން. ޚަރަދުމައްޗައް ޚަރަދު.
އަހްމަދު ނޫރިޝް
12 January 2025
މުއިއްޒް ސްޕީޑުގައި ގޮސް މި ނިންމާލަނީ
ބޯރިޗް
12 January 2025
ކިތަންމެ ވަރަކަށް ދޮން ކުރިއަސް ދުނބުރިއެއް އަނބަކަށްނުވާނެއޭ މީހުން ބުނެއުޅޭ
ހުސަ
12 January 2025
ހުޅުމާލެ މަގުތައްވެސް އެބަހުރި ބައެއް ދިމަދިމާލުން ހަލާކުވެފަ! އެކަންކަން ބަލާ ރަގަނޅުކުރަންޖެހޭ! އަދި ހުޅުމާލެ ބައެއް މަގުތަކުގެ އަރިމަތީ ހިނގަން އޮންނަ ތަނުގައި (ޕޭވްމަންޓްތައް( އަޅާފައި އެހުންނަ އެއްފޫޓް އެއްފޫޓްގެ ގާތަކުން ގާތަށް ތަޅައިގެންގޮސް ވަރަށް ގޯސކޮށް ހުރި ދުވާރުތައްވެސް އެބަފެނޭ! މިވެސް ބަޔަކު ފޮނުވައިގެން ހުރިހާ މަގުތައް އިންސްޕެކްޓްކޮށް އަވަހަށް ރަގަނޅުކުރަން ވެފައި އޮތްކަމެއް!
އޮނަރަބްލް އަފީފު ދީދީ
12 January 2025
ތަފާތު ކުރުން ގެންގުޅޭކަމަށް ބުނާންޖެހެނީ މިފަދަ ކަންކަމުގެ ސަބަބުން. އެތައް މިލިޔަން ރުފިޔާ ޙަރަދުކޮށް ކ.މާލޭގެ އަމީނީ މަގު ހެދިތާ އަދި 2 އަހަރު ނުވޭ. އަނެއްކާ މާލޭ ސަރުކާރުން އެދަނީ މިލިޔަނުން ޙަރަދުކޮށް އެ މަގު މަރާމާތު ކުރަމުން. މާލޭގެ މަގުތަކުގައި ޓްރެފިކް ބޮޑުކަމުން 20 ފަންސަވީސް ކމ އަށް ނުދުއްވޭއިރު އައްޑޫ ލިންކް ރޯޑަކީ 60ކމ ބާރުމިނުގައި ދުއްވާ ހައިވޭ އެއް. މަގު ހަލާކު ވުމުގެ ސަބަބުން އެތައް ފުރާނަ ދިޔައިރު އަދިވެސް މަގު މަރާމާތު ނުކުރޭ.
ހެޔޮނުވާނެ
12 January 2025
ވިލިމާލޭގައި ތާރު އަޅާއިރު ޕޭމަންޓް ތަންކޮޅެއް ބޮޑުކޮށްލަދޭތި. މިހާރުވެސް ގިނަ މީހުން ހިނގަނީ މަގު މެދުން. ޕޭމަންޓް މާކުޑައީ ކަންނޭގެ.
ސިކުނޑި
12 January 2025
ރޫޅާ ރޭވުން ނޫންކަމެއް ނޯންނާނެ މި ފަސް އަހަރަކު! ކުޑަކުދިން ބަތްކައްކާ ކުޅޭހެން ވެރިކަން ކުރަންޏާ ދެން އުންބައްޖެހުން ނޫންކަމެއް އުންމީދެއްވެސް ނުކުރެވޭ! ވަރަށް ދޯހަޅި ސަރުކާރެއްމީ!! ޕީއެންސީއަށް ދެވަނަ ދައުރެއް ހޯދޭނީ ޔާމީނާއި ބައިއަތު ހިފައިގެން!
ބޯސާ
12 January 2025
މިރާއްޖޭގަ ހަމަ އެމްޓީސީސީ ވަރެއް ނެތް މަގުހަދާކަށް.
ފިރާގް
12 January 2025
އެމްޑީޕީ އަކީ އެމީހުންގެ ވެރިކަމަށް އައިސްވެސް ތަނެއް ހަލާކު ވެފަ ހުއްޓަސް މަރާމާތެއް ކުރާނެ ބައެއްނޫން. މީ ދެން އެކަމަކު 84 މިލިއަން ގެ މަގެ ކޯ
ލައްމާން
12 January 2025
އަހަރެއް ނުވެ ހުއްޓާ ބަޔަކު ހެދި މޮޅު މަގު މިއޮތީ ހަފުސްވެފަ. އެމްޑީޕީ މީހުންގެ އަތައް ގައުމު ހަވާލު ކުރީމަ ފެންނާނެ 6 އެތި މި ފެނިގެންދިޔައީ