13 ޖެނުއަރީ 2025 - 11:40
މެންޗެސްޓާ ޔުނައިޓެޑުގެ ޓީމުން މާކަސް ރަޝްފޯޑް، ދެން ނުފެނިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމްގެ އިތުބާރު ހޯދުމުގައި ރަޝްފޯޑަށް ވަނީ ގޮންޖެހުން ކުރިމަތިވެފަ އެވެ.
ތަމްރީނުތަކުގައި ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އޭނާ ހުރީ ބާކީކޮށްފަ އެވެ. މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑުގައި އޭނާ އެހެން ކްލަބަކަށް ބަދަލުވުން ވެސް ކައިރިކަމަށް ޓްރާންސްފާގެ ހަބަރުތައް ބުނެ އެވެ.
އިނގިރޭސި އެފްއޭ ކަޕްގައި އާސެނަލް އަތުން މޮޅުވި މެޗަށް ފަހު އަމޯރިމް ބުނ ގޮތުގައި ޔުނައިޓެޑް ތަމްސީލު ކުރުމަކީ ރަޝްފޯޑް ބޭނުންވާ ކަމެކެވެ. އަދި ޔުނައިޓެޑް ދެކެ ރަޝްފޯޑް ލޯބި ވެސް ވާ ކަމަށް ވެސް އަމޯރިމް ބުންޏެވެ.
"އެކަމަކު ނިންމުން ނިންމާނީ އަހަރެން. އަހަރެން ކުރިން ބުނެފަ އޮންނާނީ އަހަރެން ނިންމުން ނިންމަނީ ކޮންކަމަކަށް ބަލާފައިކަން. ކުރިއަށްދާންވީ. އަނެއްކާވެސް އަންނަ މެޗަށް ބަލަން ހިނގާ. ކުރިންވެސް ބުނިހެން އަހަރެން ޓީމު ނަގާނީ،" އަމޯރިމް ބުންޏެވެ.
އަންނަ މެޗުގައި ރަޝްފޯޑަށް ފުރުސަތު ދޭނަންތޯ ސުވާލު ކުރުމުން އަމޯރިމް ބުނީ އެކަން ނޭނގޭ ކަމަށެވެ.
"އަހަންނަކަށް ނޭނގެ. އަހަރެމެން ބަލާނަން. އޭނާއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިޔެއް. އޭނާ ޖެހޭނެ މަސައްކަތް ކުރަން،" މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑާ ހަވާލުވި ކޯޗު ބުންޏެވެ.
ޓްރާންސްފާގެ ހަބަރުތައް ބުނާގޮތުން ރަޝްފޯޑް ގެންދަން އޭސީ މިލާނުން ޝައުގުވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުދީރަ
13 January 2025
ރަޝްފޯޑަކީ އިނގެރޭސިއެއް ވީތީ ޖާގަ ނުލިބޭނެކަން ހިތުން ރުހުމުން ގަބޫލްކޮށް ޓީމުން ޖާގަ ލިބޭތޯ ރަޝްފޯޑް އެބަޖެހޭ ވަރަށް ބޮޑަށް މަސައްކަތް ކުރަން. ޓެން ހަގް މެންގޭ ތެލި ތަށި ދޮވެދީގެން ޓީމުން ޖާގަ ދިނަސް މިހާރު މިހުރި ކޯޗު އެއީ ޕާފޯމެންސަށް ބަލާފަ ޓީމުން ޖާގަދޭ ކޯޗެއްކަން ވަރަށް ސާފު. އަމަޑް ޑިއާލޯ އަކީ އޭގެ މިސާލެއް