އެމްޑީޕީން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ފިއްޓޭ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 ޖެނުއަރީ 2025 - 17:35
ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ)ގެ ޕާޓީ ބަދަލުކުރުމަށް ޕީއެންސީގެ ނަމުގައި ހުށަހެޅި ފޯމު ޕްރޮސެސްކުރީ އެލާޓް ސިސްޓަމްގެ މައްސަލައަކުން ކަމަށާއި ވަގު ފޯމު ހުށަހެޅި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ފިއްޓޭ "މިހާރު" އަށް ވިދާޅުވީ، ޕާޓީ ބަދަލުކޮށްފައިވާ ކަން މިއަދު ފާހަގަވީ، ވައިކަރަދޫގެ ގިނަ ބަޔަކަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ބެލި ބެލުމުން ކަމަށެވެ. އެއީ، އޭނާ އަށް އެނގިވަޑައިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން އީސީން ނެރުނު ބަޔާނުގައި ބުނީ ޒިޔާދަށް އެނގިވަޑައިގަތުމެއް ނެތި ޕީއެންސީއަށް ރަޖިސްޓްރީކުރަން ފޯމު ހުށަހެޅިކަން އެ ކޮމިޝަންގެ ސަމާލުކަމަށް ގެނައުމުން، އެ ފޯމު ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ ޕާޓީގެ މެމްބަޝިޕް ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް މި ފަހުން ވަނީ ގާނޫނު އަސާސީ ވެސް އިސްލާހުކޮށްފަ އެވެ.
އީސީން ބުނީ ޒިޔާދަށް އެނގިވަޑައިގަތުމެއް ނެތި ޕީއެންސީއަށް ރަޖިސްޓްރީކުރަން ފޯމު ހުށަހަޅާފައިވާތީ އެކަމުގެ ޒިންމާވާ މީހުންގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
"މި މައްސަލައާ ގުޅިގެން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް މި ކޮމިޝަނުން މި ދަނީ ކުރަމުންނެވެ. އަދި މި ފަދަ ކަމެއް އިތުރަށް ތަކުރާރުނުވާނެ ފަދައިން އިދާރީ އަދި ގާނޫނީ އިންތިޒާމުތައް ހަމަޖައްސާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވީ އިންތިހާބީ މަގާމުތަކުގައި ތިބޭ ބޭފުޅުން ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމު ހުށަހެޅުމުން އީސީގެ އަމިއްލަ ބޭނުމަށް އެލާޓްވާނެ ނިޒާމެއް އޮންނާނެ ކަމަށެވެ.
ނަމަވެސް، 19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމުން، އެ ލިސްޓުން ހުރިހާ ބޭފުޅުން ވަކިކޮށް، 20 ވަނަ މަޖިލީހުގެ މެމްބަރުން އެ ލިސްޓުގައި އަލުން ހިމެނިއަސް، ޒިޔާދަކީ ދެ ވަނަ ދައުރަށް އިންތިހާބުވި މެމްބަރަކަށް ވުމުން އޭނާގެ ނަން އުނިވީ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
"ނަވާރަ ވަނަ މަޖިލީހުގެ ލިސްޓުން އުނިކުރީމަ ކޮމިޝަނަށް އެލާޓްނުވީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
14 January 2025
ތީ ކުރީސަރުކާރުގެ ކަމަކަށްވާނީ!.
މާހިލްް
14 January 2025
ފިއްޓޭ ދެން އަމިއްލައަށް މަޝްހޫރުވާން ވެގެން.
ޑރ ވާންޗޯ
14 January 2025
ތިޔަ ފޯމްތަކަކީ ޕާޓީ ހަރުގޭން ހާހުން ބޮނޑިބޮނޑިއަށް ގެންދާއެއްޗެއް، ދެން ކޮމިސަނުން ހަމައެކަނި ތިޔަފޯމް ހުށައެޅިމީހާ ހޯދާފަ ފިޔަވަޅުއަޅާނީކިހިނެއްތޯ؟
ނަފީލު
14 January 2025
އީސީން ވެއްޖެ އެންނު ތަންކޮލެއް ރަނގަޅަށް ފޯމުތައް ޗެކު ކުރަން
އަސީލު
14 January 2025
ފިއްޓެ ކުޅެލި ޑްރާމާއަކާ ވަރަށް ވައްތަރު
ކަލާމު
14 January 2025
ޔަގީނޭ މީ އެމްޑީީޕީން ކުރިކަމެއް ކަން
ބުއްޓޭ
14 January 2025
މެމްބަރު ޝުޖާ ކުރި ކަމަކާ ވައްތަރީ. ބެލީމަ އެނގޭނެ.
ބަގު
14 January 2025
މިފެންނަނީ އިލެކްޝަން ކޮމިސަން ރައީސްގެ ބާރުގެދަށަށް ގެންދިޔަ ސަބަބު މި ފަސްއަހަރު ނިމުމުގެ ކުރިން ހުރިހާ ދިވެހި ރައްޔިތުންް ތިޔަ ޕާޓީއަށް ވައްދާނެ
ފިއްޓޭ
14 January 2025
ފޮނުވާފައިވާ ފޯމުގެ ކޮޕީއެއް ނިކަން ދައްކާލަބަލަ އެއިރު ް ދޯ އެންގޭނީ ޖަރީމާ ހިގިބަޔެއްވެސް ރައްޔިތުން ނަށް އެހެން ނޫނީ އަހަރުމެންވެސް ބުނާނީ ފިއްޓޭ ދޮގުހަދަނީއޭ
ފޮޅި
14 January 2025
ހަސަން އަބަދުވެސް ދައްކާނީ ފޮޅި ވާހަކަ, ކަމެއް ނުވާނެ, ބާއްބAފއި ދޮވަސްކޮޅެއް ވުމުން އަޅާ ނުލާށެ ބުނާނީ. ތިޔަކަމުގެ މުގުލުގައި ތިބިމީހުން އެތިބީ މިހާރު މަތި ފަޑިޔައް އަރާފައި, ދެނަ ތިޔަކަމެއް ނުހުއްޓުވޭނެ. ތިޔަކަން އޮތީ ކުުރިޔަށް, އަދިވެސް