މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި.---ފޮޓޯ: މަޖިލިހުގެ އިދާރާ
13 ޖެނުއަރީ 2025 - 20:43
ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ ގޮނޑިއަށް ބޭފުޅުން އައްޔަންކުރަން މަޖިލީހަށް ފޮނުވި ލިސްޓުގެ ކުރީގައި އޮތް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ލިސްޓުގެ ފަހަތަށް ވެއްޓި އަދި ދެ ވަނަ އަށް އޮތް އިބްރާހިމް މުއާޒު އަލީ (މުއާ) ކޮމިޓީގެ ލިސްޓުން ކަޓައިފި އެވެ.
އެ ކޮމިޝަންގެ ދެ މެމްބަރެއްގެ ދައުރު މިދިޔަ މަހު ހަމަވުމުން އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބު ބަޔާން ކުރައްވައި، އެ ލިސްޓް މަޖިލީހަށް ފޮނުއްވައިފަ އެވެ. އޭގެ އެންމެ ކުރީގައި އޮތީ މުހައްމާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒު އަލީ އެވެ.
އެ ބޭފުޅުންނާ އިންޓަވިއުކުރެއްވުމަށް ފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައިވާ ގޮތުން، 89 ޕަސެންޓާ އެކު މިހާރު އެންމެ މަތިން މާކްސް ލިބިވަޑައިގެން ކުރީގައި އޮތީ އެ ކޮމިޝަންގެ މެމްބަރުކަން ކުރިން ވެސް ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތެވެ.
ދެވަނައަށް އެންމެ ގިނަ މާކްސް ލިބިވަޑައިގަތީ ޓީވީ ނޫސްވެރިއަކަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ޝިފްޒާ މުސްތަފާއަށެވެ. އެއީ 84 ޕަސެންޓެވެ.
މިހާރު މުހައްމާ، 79 ޕަސެންޓާ އެކު އޮތީ ތިން ވަނައަށެވެ. ހަތަރު ވަނައަށް އޮތީ، މިހާރު ވެސް ނޫސްވެރިކަމުގައި އުޅުއްވާ ޝިމްލާ އަހުމަދެވެ. އޭނާއަށް 77 ޕަސެންޓް ލިބިވަޑައިގެންނެވި އެވެ.
ރައީސް އިސްކަންދެއްވި ތަރުތީބުގެ ދެ ވަނައިގައި އޮތް މުއާޒަށް ކޮމިޓީން ދީފައިވަނީ 68 ޕަސެންޓެވެ.
ބްރޯޑްކޮމް އަށް އައްޔަންކުރަން ގާބިލް ކަމަށް ކޮމިޓީން ބަލާފައި ވަނީ 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިވަޑައިގަތް ބޭފުޅުން ކަމަށް ވާތީ މުއާ ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާ ނަންތަކުގެ ލިސްޓުން ކަޓައިފަ އެވެ.
އިންޓަވިއުތަކަށް ފަހު، 75 ޕަސެންޓަށް ވުރެ ގިނަ މާކްސް ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އައްޔަންކުރާނެ ބޭފުޅަކު ކަނޑައަޅަން މަޖިލީހުން ދައުރުން ބޭރުގައި ބާއްވާ ޖަލްސާއެއް އަންނަ ބުރާސްފަތި ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
14 January 2025
ތިޔައީ ތިޔަފަދަ ލިސްޓްތަކަށް އަރުވަންވެސް އެކަށީގެންވާ ނަންނަމެއް ނޫނެވެ.
ކަރީމު
14 January 2025
މުހައްމާއަކީ ޕްރޮޑިއުސަރެއް ޑައިރެކްޓަރެއް ޕްރެޒެންޓަރެއް އެކުޓަރެއް ދެން ނޫސް ވެރި އެއްވެސްމެ ހަގީގަތް އޮޅުވާނުލާ މުހައްމަކަލޯ ކިޔާތީ ތިއުޅެނީ ކަޅޯ އަކަށް ވީމަ ފުރުސަތު ނުދޭންތަ.
މަލާމަ
14 January 2025
އަދި ކޮބާ އިއުލާން ފުރަތަމަ ކުރި ދުވަހު އަދި ފަހުން އަލުން ކުރި ދުވަހުވެސް މައުލޫމާތު ސާފުކުރަން ޖުޑިޝަލް އަށް ހުށައެޅީމަ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ކަޓުވާލި މީހުންގެ ވާހަކަ. މިހިރީ ފަހުން އަދި ދެކެވެން ހުރި ވާހަކަ. ވަރަށް ވާހަކަ
ޝިފުޒާން މުޙައްމަދު އައްތަދައްލީ
14 January 2025
އަޅުގަނޑުގެ ތާއީދު ޝިފުޒާއަށް
ބޮބޯޑީ
14 January 2025
ރި ޕް - ކޮމެޓީ
އިހްސާސް
13 January 2025
މާކްސް ދިނުމުގަ ބަލާތޯ ސިޔާސީ ކޮންފިކުރެއްތޯ؟ މުއާއަށްވުރެ ގިނައިން މުހައްމާއަށް މާކްސްލިބި އަދި ޝިފްޒާއާ އެއްވަރަށް 79 މާކްސް ލިބުނުގޮތެއް ސާފުވާންޖެހޭއެބަ.
ސާސްތީ
13 January 2025
މީޑިއާ އާއި ގުޅުންހުރި ތިޔަފަދަ ކޮމިޝަނެއްގައި މުއާ ކަހަލަ ތަޖުރިބާ އާއި ކެރުންތެރިކަން ހުރި ފަރާތެއް އިންނަންޖެހޭ. މުހައްމާގެ މާކްސް ގިނަވެފައި މުއާގެ މާކްސް 7 ވަނައަށް ދިޔަ ސަބަބެއް ވެސް އޮންނަންވާނެތާ. ދެންހުރީ މުޅި ސޯޝަލް މީޑިއާގައި ރައީސްގެ ލިސްޓަށް ޖޯކުޖެހި ޝިފްޒާގެ ނަން. ނޫނޭ ކޮމިޓީއަށް ސާބަސް
ބާބް
14 January 2025
ޝިފްޒާޔަކީ ރަނގަޅު ހުނަރުވެރި ނޫސްވެރިއެއް. އެކަމަކު އެއީ ތިޔަފަދަ ކޮމިޝަނަކަށް އެންމެ ރަނގަޅު ބޭފުޅެއްކަން ދަންނަވަން ދަތި.
އަރުޝަދު
13 January 2025
ކޮމެޓީގައިވެސް ކޮރަޕްޝަން. ކީކޭ ދެން ބުނާނީ. ބަލަ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރުމުގެ ބާރު ޤާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ. މަންޑޭއަކާ، ސިނާއަކާ އިބޫއަކާ އެއްނޫން. ޖަހަން ކެރެންޔާ މި ކޮމްންޓު ޖަހާލަދޭތި
ޢަހްމަދު007
14 January 2025
ބަލަ އަރުޝަދު ރައީސްއަށް ފެންނަ 2 ނަމެއް ޖަހާފަ ފޮނުވިނަމަ ތިހެންނުވީސް.
ސަޓޯ (މާކުން)
13 January 2025
މޮހޮންމަައާ މުއާ މީ ދެންކޮންބައެއް؟