ވިޔަފާރި / ދިވެހި ރުފިޔާ

ސްޓޮކް މަދުވުމުން 100 ރުފިޔާގެ ނޫޓު އަލުން ޗާފުކޮށްފި

ރުފިޔާތަކެއް ބަންޑެލި ޖަހާފައި: 100 ރުފިޔާގެ އާ ނޫޓު އަލުން ޗާޕު ކުރަނީ -- ފޮޓޯ: މިހާރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ރަން ދިހަ ފަހެއް" ނޫޓު ސީރިސްގައި ހިމެނޭ 100ރ. ގެ ނޫޓު، ސްޓޮކް މަދުވުމުން އަލުން ޗާޕްކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ، ދައުރުވާ ފައިސާގެ ސްޓޮކަށް މިމަހުގެ 19 ގައި އެ ފައިސާ ނެރޭނެ ކަމަށެވެ. މިއީ އާންމު އުސޫލުން އެމްއެމްއޭ އިން ދައުރުވާ ނޫޓު މަދުވުމުން ކުރަމުން އަންނަ ކަމެކެވެ. އެންމެ ފަހުން ސްޓޮކް މަދުވެގެން 100ރ. ގެ ނޫޓު ބާޒާރަށް ނެރުނީ ސެޕްޓެމްބަރު 2018، ގަ އެވެ.

އެމްއެމްއޭ އިން ބުނީ މި ނޫޓުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ކަމަށެވެ. އަދި މި ނޫޓުގައި ތާރީހެއްގެ ގޮތުގައި ޖަހާފައިވަނީ ޖުލައި 7، 2024 އެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 100 ރުފިޔާގެ ނޫޓުގެ ދެފުށުގައ،ި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ އެވެ. ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާ އެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، އެމްއެމްއޭ އިން އާ ނޫޓެއް ތައާރަފް ކުރީ ޖެނުއަރީ 26، 2016 ގަ އެވެ. އެ ނޫޓު ހެދީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓު ސީރީސް ނެރުމަށް ފަހު، ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.

22 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 5%
icon angry icon angry 48%
icon wow icon wow 10%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟައި

14 January 2025

ތި މަދުވާ ނޫޓްތަށް އުޅޭނީ ކަންމަތީ ބިޒްނަޓްޒް ކުދިންގެ ޖީބުގަ

The name is already taken The name is available. Register?

ޖަމީލު

14 January 2025

ނޫޓުތަށް ހަލާކު ވައްޏާ އާ ނޫޓުތަށް ޖެހޭނީ ހަދަން ދޯ

The name is already taken The name is available. Register?

އަލީ ނާފިޒް

14 January 2025

ޔަގީނޭ މީހަކު ހުރިހާ 100 ރުފިޔާ ނޫޓުތަށް ބައްކޮށްގެން އުޅެނީކަން

The name is already taken The name is available. Register?

ބާލައާދަނު

14 January 2025

ނޫން. ދިވެހީންގެތެރޭ އުޅެޔޯ 100ގެ ނޫޓު ކާ ބަޔަކުވެސް. އެހެންވީމަ އެ މަދުވަނީ.

The name is already taken The name is available. Register?

ކަތްދައްތަ

14 January 2025

ކައި ހުސްވާ ޒާތުގެ އެއްޗަކީ ބާވައެވެ؟ ނޫނީ ހަލާކުވެގެން ސްޓޮކް މަދުވަނީ ހެއްޔެވެ؟ ރާއްޖޭގެ ފައިސާއަކީ ބޭރު ކަރަކަރައަށް ސުވޭނަރުގެ ގޮތުގައި މާ ގިނައިން ގެންދާ އެއްޗަކީ ބާވައެވެ؟ ރުފިޔާ ޗާޕެެއް ނުކުރާނަމޭ ބުނެ ޗާޕު ކުރުމުގެ ބަހަނާއެއް ބާވައެވެ؟ އަލީ ޙާސިމްގެ ސޮއި 2024 ޖުލައި 7 ގައި ކުރިކަމަށް އޮތްނަމަ އެއީ އަލީ ހާސިމް ގޮރުނޮދޯރުކަމުން ވަކިކުރި ތާރީޚެވެ. ނޫޓުގެ ސައްހަކަން ކަށްވަރެއް ނޫނެވެ.

The name is already taken The name is available. Register?

ހީހީ ސުލީހް

14 January 2025

ޕޭޕަލްކަމަށް ސިއްސައިގެންދާއިރު ރުފިޔާގެ އާނޫޓް

The name is already taken The name is available. Register?

ރާހިލް

14 January 2025

މީ ޗާޕްކުރި ފައިސާއެއް ނޫން. އިބޫ ކުރިހެން ބިލިއަނުން ބިލިއަނުން ފައިސާ ޗާޕު ނުކުރެއެއްނު

The name is already taken The name is available. Register?

ކްރިޕްޓޯ

14 January 2025

ކޮން އިރަކުންތަ ބިޓްކޮއިން ބޭނުންކުރަން ފަށާނީ؟

The name is already taken The name is available. Register?

އައިމަންް

14 January 2025

ބިޓްކޮއިން ބޭނުންކުރެވޭ މީގަ ވިއްސަކަށް އަހަރު ކުރިންވެސް. ބޭނުން ކުރަން ނޭގޭ މީހަކަށް މާދަން ވެސް ކުރަން ނޭގޭނެ.

The name is already taken The name is available. Register?

ފައިސާ ޗާޕް ނުކޮށް؟؟

14 January 2025

ސޮޓޮކް މަދުވީ މަސްވެރިންނަށް ފައިސާކޮލު ދިނީމަތޯ؟ ނޫނީ ރާއްޖޭން ބޭރަށް ގެންދިޔައީތޯ؟ ފާޑުފާޑުގެ ބަހަނާ ދެއްކިއަސް ތިޔަކުރާ ކަމަކީ ހަމަ ފައިސާ ޗާޕްކުރުން. ދެންދުވަސްކޮޅަކުން ބުނާނެ 500ގެ ނޫޓްގެ ސޮޓޮކް ހުސްވެގެން 500ރުފިޔާ ޗާޕްކުރާވާހަކަ.

The name is already taken The name is available. Register?

ރާހިލް

14 January 2025

ސްޓޮކް މަދުވެދާނެ. އެހާވަރަށް 100 ރުފިޔާގެ ނޫޓު ބޭނުންކުރޭ. މި ނުވާނެ ޗާޕު ކުރުމަކަށް.

The name is already taken The name is available. Register?

2025

14 January 2025

ޜުފިޔާގެ މެދުން ކުލަގަނޑުގޮސްފައި މެޝިނުން ނޫޑް ގަބޫލުނުކުރޭ...... ބޮއިހަލަކި

The name is already taken The name is available. Register?

ޕޮލިމާ

14 January 2025

ދިވެހިންނަށް ޕޮލިމާ ކަރުދާސް ގެންގުޅެން ނޭގޭތީވެ ވާގޮތް.

The name is already taken The name is available. Register?

ހޮޅި ވާހަކަ

14 January 2025

ނޫޓަކީ ކޮންސިއުމަބަލް އެއްޗެއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454