އެސްޓޯނިއާގެ މިނިސްޓާ އޮފް އެޑިއުކޭޝަން އެންޑް ރީސާޗް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދިވެހިންނަށް ތައުލީމީ ފުރުސަތުތައް ހޯދަން މަޝްވަރާ ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
14 ޖެނުއަރީ 2025 - 14:35
ދިވެހިންނަށް އެސްޓޯނިއާގައި ކިޔެވުމުގެ ފުރުސަތު ދިނުމާ ގުޅޭގޮތުން އެ ގައުމުގެ އެޑިއުކޭޝަން އެންޑް ރިސާޗު މިނިސްޓަރު ކްރިސްޓީނާ ކެލަސް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
އެ މަޝްވަރާތައް ކުރެއްވީ ރައީސް މުއިއްޒު އެސްޓޯނިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކްރިސްޓީނާ ކެލަސް، ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ޒުވާނުންނަށް ހުރި ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.
އެގޮތުން، އެސްޓޯނިއާގައި ދިވެހި ދަރިވަރުންނަށް ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާއި އެ ނޫން ވެސް ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވެސް އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުން މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެސްޓޯނިއާގެ މިނިސްޓާ އޮފް އެޑިއުކޭޝަން އެންޑް ރީސާޗް ކްރިސްޓީނާ ކެލަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވަނީ އެސްޓޯނިއާގެ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމާއި އުނގެނުމުގައި ގެންގުޅޭ އީޖާދީ އުކުޅުތަކަށް ތައުރީފު ކުރައްވައިފަ އެވެ. އެ ގައުމުގެ ކާމިޔާބީތަކުން ހިތްވަރު ހޯދައިގެން ރާއްޖޭގެ ތައުލީމީ ނިޒާމު ފުޅާކުރުމުގެ ޝައުގުވެރިކަން ވެސް އެ މަނިކުފާނު މުއިއްޒު ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތައުލީމީ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާތައް ރައީސް މުއިއްޒާއި އެސްޓޯނިއާގެ އެޑިއުކޭޝަން މިނިސްޓަރު ކުރެއްވިއިރު، އެ ބައްދަލުވުމުގައި ދެ ގައުމުން ވެސް ވަނީ އިޖާދީ އުފެއްދުންތެރިކަމާއި ތައުލީމީ ފުރުސަތުތައް މެދުވެރިކޮށް، ގުޅުން ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސް މުއިއްޒު އެސްޓޯނިއާ އަށް ވަޑައިގެން އުޅުއްވަނީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑާ
15 January 2025
އެސްޓޯނިއާއަށް ދާން ޓިކެޓުވެސް ނުލާހިކު އަގުބޮޑު، އަނެއްކާ ރައީސް ވަޑައިގެން ވަޒީރުންނާ މަޝްވަރާ ކުރުމަކީ ޖޯކެއް- އާންމުކޮށް ސްޓޭޓް ވިޒިޓްތަކުގައި ދެރައީސުން މަޝްވަރާކުރުމަށްފަހު މިފަދަ ސައިޑް ޑިސްކަޝަންތައް ކުރިއަށްގެންދަނީ ދާއިރާތަކުގެ ވަޒީރުންގެ މެދުގައި. ދިސް އިޒް ވެރީ ސޭޑް!
ނަންހިގާ ތަނެއްތަ
15 January 2025
ޗުއްޓީ ހޭދަކޮށް ކަންނުވެ ނަންވާަން ދާން ރަގަޅު ތަނެއް
މަހުކަމަތުއް ރާކަނިމަސް
15 January 2025
ވަހުދިއްޔަތާ ބޮލުގަ ކުލަޖެއްސުމުގެ ހުކުން ގްރޭޑް 12 ގައި ކިވަން މަޖުބޫރުކޮށްގެން އުޅެންޖެހިފަ އޮތް ގައުމެއްމީ ތިކިޔަނީ ޔޫރަޕުގެ ތައުލީމީ ނިޒާމޭ
އުދުހޭ
14 January 2025
ޔޫރަޕުގެ ބަންގާޅުވިޔަސް ވާނީ ހަމަ ޔޫރަޕަށް ދެއްތޯ މުއިއްޒޫ؟
ނުފެށުނު ހަފްތާ
14 January 2025
ބޮޑަށް ވައްތަރީ ފެމިލަރައިޒޭޝަން ޓްރިޕަކާ. މާ ބޮޑު ކަމެއް ހާސީލްވީކަމެއް އެނގޭކަށް ނެތް!
ކަތްދައްތަ
14 January 2025
އެސްޓޯނިޔާގަ ދީނެއް ޤަބޫލު ނުކުރާ%58. ނަޞާރާދީނުގެ %27 ވަކި ދީނެއްނޭގެ %13 އެހެނިހެންދީނުގެ %2 މީހުން ދިރިއުޅޭއިރު، ދީނާއި މިއްލަތާއި ގައުމިއްޔަތާއި ހިމާޔަތް ކުރަން އެންމެ ރަގަޅުވާނީ މުލްހިދުން އުޅޭ ގައުމަކުން ދިވެހި ދަރިން ތަރުބިއްޔަތު ކުރުމެވެ.
ޢަމަދު ޝާހި އަލީ
15 January 2025
މައްސަލައެއް ނޫން ދިވެހި ރާއްޖޭގައި ހުސް މުލިމުން އުޅޭއިރުވެސް ދީން ގަބޫލުނުކުރާ މީހުން އުޅޭ ދިވެހިން ދާނީ ކިޔަވަން ދީނާ ބެހޭ ކަމެއްނޫން
ބަޑިތަކުރު
14 January 2025
ސޯޝަލް ހައުސިން ސްކީމްތަކުންދޭ ފްލެޓް ލިސްޓް ވެރިފައިކުރާނެގޮތް މިނިސްޓަރުންނަށް އުނގަންނައި ދިނުމުގެ މުހިއްމުކަން މާ ބޮޑުކަމަށް ފެނޭ. މިނިސްޓަރުންނަށް އެފަދަ ތަމްރީނެއް ހޯދައިދެއްވުމަށް މަޝްވަރާކޮށްލެއްވިނަމަ ، ދިވެހިންގެ ގިނަބަޔަކަށް މިހާރު ދިމާވެފައި މިވާ މުސީބާތުން ސަލާމަތްވުމަށް އެހީއަކަށްވެދާނެ!