އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ފާސްކުރި ސޮލާހު (ކ) އަދި ޒާހިދު (ވ) --
16 ޖެނުއަރީ 2025 - 10:29
އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އީސީއަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން ކުރެއްވި އަބްދުއްރަހްމާން ސޮލާހު ރަޝީދެވެ.
މި ދެ ބޭފުޅުންގެ ނަން ވެސް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އީސީއަށް އައްޔަން ކުރި ޒާހިދު އެޗްއާރުސީއެމުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.
ސޮލާހު އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ.
އީސީގެ ދެ މަގާމެއް ހުސްވީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެ ދެ މެންބަރުން ވަކިކުރީ މަޖިލީހުގެ ކޮމިޓީން ބެލި މައްސަލަތަކަކާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
16 January 2025
މި ސަރުކާރު އައީ ހުރިހާ ކަމެއްގައިވެސް ޒުވާނުންނަށް ފުރުޞަތު ދޭން، އެކަމަކު ފެންނަމުން މިދަނީ އެހެން މަންޒަރެއް. ސަރުކާރަށް ބަލަދު އަރާފަ ތިބޭ މީހުންނަށް މަޤާމުތައް ބަހާތަން. އައު މޫނުތަކަށް ޖާގައެއް ނެތް. އެހެން ވީމާ ރައީސް ބުނުއްވާ ބަހާ ކުރައްވާ އަމަލާ ދިމަލެއް ނުވޭ. ހަމަހަމަ ފުރުޞަތުތަކެއް އެންމެންގެ ސަރުކާރުގައި އެންމެންނަކަށް ނުލިބޭ
ހަމްދާާ
16 January 2025
ކޮންމެ ސަރުކާރެއްގަވެސް ސަލާހަށް ވަޒީފާ އެބަލިބޭ. އަލްޓީގެ ފޯމިއުލާ ގެންގުޅޭ ބޭފުޅެއް.
ކިރުސައި
16 January 2025
އަދުލުވެރިކަމުން އަދުރުވެރިކަމަށް މި ބަދަލު ވަނީ.
ފުލީބީ
16 January 2025
ޒާހިދަކީ ހުރިހާ ސަރުކާރަކަށް ބަލަދު އަރާފަ ހުރި މީހެއްތަ އަޅެ؟
ހޭޅި
16 January 2025
މެމްބަރޝިޕް އިތުރު ކުރުމަށް ވަގު ފޯމްތަކެއް އީސީ އަށް ހުށަހެޅިކަމުގެ ކަންބޮޑުވުންތައް ހިނގަހިނގާ ހުއްޓާ ދައުރުން ބޭރު ޖަލްސާއެއްބާއްވާ އީސީއަށް މެމްބަރުން އަންޔަންކޮށް އެތަނުގެ ރައީސަކަށް ޕީއެންސީގެ ރައީސް އަންޔަންކުރާ މީހަކު ލީމާ ކަންކަން ދާނީ ވަރަށް ފުރިހަމައަށެވެ. މިނިވަން އަދުވެރި ޑިމޮކްރެޓިކް ނިޒާމްތަކުގައި މަސައްކަތްކުރާނީ މިގޮތަށެވެ.
ފޫހި
16 January 2025
މި ޒާހިދުމީ ހާދަ މޮޅު މީހެކޭދޯ. އަބަދުވެސް މިނިވަން މުވައްސަސާތަކުގެ މެމްބަރުކަމުގަ. ބަލަދު އަރާފަތާދޯ