ޕާސްޕޯޓް ހެދުމުގެ ހިދުމަތް އިމިގްރޭޝަނުން ދެނީ.
24 ޖެނުއަރީ 2025 - 17:51
މާލޭ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަނުގެ ތިން އޮފީހުން ވެސް މާދަމާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ޕާސްޕޯޓު ދޫކުރަން ނިންމައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއިން ވެލާނާގެ އާއި ހުޅުމާލޭ 1 ގެ އުމަރު ޒާހިރު ބިލްޑިންގުގެ އިތުރުން ހުޅުމާލެ 2 ގެ ވިނަރެސް 2 ގައި ހުންނަ އެ އިދާރާގެ އޮފީހުން ޕާސްޕޯޓް ދޫކުރާނެ ކަމަށެވެ.
މީގެ ފަހުން ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް ޕާސްޕޯޓު ދޫކުރާއިރު ނަމްބަރު ދޫކުރާނީ ހެނދުނު 9:00 އިން 12:00 އާ ހަމައަށް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ 03 އޮފީހަކުން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ޕާސްޕޯޓު ދޫކުރުމަށް ވަނީ ހަމަޖެހިފައި.#DhivehiPassport #MaldivesImmigration pic.twitter.com/gg21qUmabz
— Maldives Immigration (@ImmigrationMV) January 24, 2025
އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު މިހާރު ޕާސްޕޯޓަށް ހުށަހެޅެ އެވެ.
މިހާރު ވަނީ އަތޮޅު ތެރޭގެ ބައެއް ރަށްރަށުން ވެސް ޕާސްޕޯޓު ދޫކުރަން ފަށައިފަ އެވެ. މީގެ ކުރިން ޕާސްޕޯޓުގެ ހިދުމަތް ދިނީ ހަމައެކަނި މާލެއިންނެވެ.
ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫގެ އިތުރުން ރ. އުނގޫފާރުން ވެސް މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބެ އެވެ. އެކަމަކު ސަރުކާރު ބަންދު ދުވަސްތަކުގައި މި ތަންތަނުން އަދި އެ ހިދުމަތެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްސަދު ޝަރީފް
26 January 2025
ކުރިން ދުވަހު ގޮއްސިން. ހެދުނު.
އަހުސަން
25 January 2025
ރާއްޖޭގެ ޕާސްޕޯރޓް ބޭރުގައުމުތަކުގައި ހަދާފައިހުންނަ އީ-ޕާސްޕޯރޓް ގޭޓްތަކުގައި މަސައްކަތްނުކުރަނީ ކީއްވެތޯ އަހާލަންބޭނުން.
އަލީ ރަފީގު
25 January 2025
ވެއްޖެ ޕާސްޕޯޓެއް ހައްދާލަން ދާން. ފެންނާނެބާ؟
ލަތީފާ
24 January 2025
ހުކުރު ގަޑީގަވެސް ދަންވަރުވެސް ދޫކުރަން ފެނޭ! ގައުމުގެ ވެރިންގެ އުޅުމެއް އަހްލާގެއް ނެތް.
ރަނގަޅުހެން ހީވަނީ
25 January 2025
ޕާސްޕޯޓް ޚިދްމަތް ހޮނިހިރުގަ ވެސް ދިނުން ރަނގަޅު. ކޮންމެ ޚިދްމަތެއް ހޯދަންވާ ދުވަހު އޮފީހަށް ފޭކް ސަލާމެއް ނުބުނެ ވާނެ ދޯ؟
ލައިޓް
24 January 2025
އިމިގްރޭޝަން ގައި މިހާރު ޕޮޒިޓިވް އެނާޖީއެބަހުރި، އެކަމަކު ޕޮލިސީމޭކަރުން މެލޭސިޔާގެ ކުންފުންޏަކަށް އެދޭން އެއްބަސްވި ޑޮލަރުތަކާއި ހެދި ތަނުގެ އިތުބާރު ގެއްލިއްޖެ!