ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން--
23 މާޗް 2025 - 14:26
މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ އަނބިކަނބަލުންގެ ފޯނާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ އާއިލާގެ މެމްބަރެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށާއި އަދި ކޯޓު އަމުރެއްގެ ދަށުން އިތުރު ދެ މީހަކު ފުރުން މަނާ ކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު--. ފޮޓޯ: ނިޝާން އަލީ | މިހާރު
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓި ޝަމްއާންގެ އާއިލާގެ މެންބަރަކީ އޭނާގެ އަނބިކަނބަލުން ހިދްފާ ފާއިޒެވެ.
އެ މައްސަލާގެ ތުހުމަތުގައި ޝަމްއާން ބަންދަށް ރޭ ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފަ އެވެ. އަދި އެ މައްސަލާގެ ތުހުމަތު ކުރެވޭ އިމިގްރޭޝަންގެ ތިން މުވައްޒަފުންގެ ބަންދަށް ވެސް ރޭ ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.
ޝަމްއާނަށް "ރިޝްވަތުގެ" އިނގިލި ދިއްކުރެވުނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާތީ އެވެ.
އެ އޮޕަރޭޝަން ހިންގީ ވެސް ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
89658
24 March 2025
އެނގޭ ކަމެއް އެބައޮތް! މީހަކަށް ނުބައި ކަމަކަށް ތުހުމަތު ވެއްޖެނަމަ އެމްޑީޕީ އިން އެމީހެއްގެ ދިފާއުގަ ނުކުންނާނެ. %100
ލީމް ހާލި
24 March 2025
ހަމަ ހަމަ ގޮތުގައި އިންސާފު ގާއިމުކުރަން އެމްޑީޕީ އިން ނުކުންނަނީ، ވަކިމީޙަކަށް ވަކިގޮތެއް އޭއީތޯ އިންސާފަކީ، އެޗްޑީސީގެ ކޭސްގައި އެއްބަޔަކު ފިނި ކޮޓަރީގައި މީހުން ބުނަމުންދަނީ ، އިމްގްރޭޝަން މީހާ ޖަލުގައި ، އެއީތޯ އިންސާފަކީ ، ތުހުމަތު ކުރުމާއި، އިންވެސްޓިގޭޝަން ޕްރޮސެސް އާއި ، ކުރައިމް ޕްރެވެޓްކުރުމާއި ، ޖަލުގަައި ބަހައްޓައިގެން ކޭސް އެނަލިސް ކުރުމާއި އެތައް ޕްރޮސެސް ހިމެނޭ އިރު ތަފާތު ކުރުން އެއީތޯ އިންސާފަކީ
ހުވަނދޭ
25 March 2025
1.ދެން ތިބޭފުޅާ އާއި ޕޮލިހުން ވިސާނެއް ތިބޭރުމީހާ ހައްޔަރުނުކޮށް -/530000ރ ކާލާފައި ދޫކޮށް ލައިފިނަމަ ކީކޭ ކިޔާނީ............ 2. ރައްޔިތުން މިފަހަރު މޮނިޓަރ ކުރާނެ އެބޭރު މީހާ އެފައިސާ ހޯދި ގޮތްބަލާތޯ؟އެފައިސާ އަނބުރާ އަށް ދިންތޯ؟ 3. މިހާތަނަށް ޕޮލިހުން ރޭޑް ޖަހައިގެން ހޯދާ ފައިސާ އަނބުރާ ދީފައެއްނެތް. ؟؟؟؟؟؟؟؟؟؟ ހުސް ސުވާލު؟؟؟؟؟
އެއްކަލަ މީހާ ދޯ
24 March 2025
ބަލަންތިބޭތި ! ކުށްވެރިވާނީ ގެންގުޅުނު ފޯނު! މީހާ އުޅޭނީ ހުދު ގަމީސްލާފަ އިހުނަށްވުރެ ވަރުގަދަކޮށް! ދުވަސްކޮޅަކުން ފެންނާނީ ކޮންމެވެސް ކުލައެއްގެ ޕޯޑިއަމް އަކަށް އަރާތަން! އެހިސާބުން ހުރިހާ ދައުވާއެއްވާނީ ސިޔާސީ ދައުވާއަށް، ހުރިހާ ހެއްކެއްވާނީ އުފައްދާފައިވާ އަސްލެއްނެތް ހެއްކައް!!
ކޮރަލް
23 March 2025
މަސާޖް ޕާލާގެ ނަމުގަ ހަށި ވިއްކާ ތަންތަން ހިންގުމުގެ އަޑީގަ ވ ބޮޑެތި މީހުން އެބަ އުޅެ އެވެ. އޭގެ އިން ތަނަކާ ކައިރި ވެއްޖެ ނަމަ އެމީހަކު ސަލާމަތް ވިއަކަ ނުދޭނެ އެވެ. މިއީ ވެސް ވ ވާހަކަ އެވެ.
ޢަލި ހަވާ
23 March 2025
ކުރީގެ ހަލާލު ފޯނު އެކަނި ގެންދިޔައީ؟ އޭގައި ނުހުންނާނެ އެއްވެސް އަނެކެއްޗެއް ނޫނީ 5 ލައްކާއިގެ ވާހަކައެއް! މުޖައްރިބު
އަސްލު......
23 March 2025
މާބޯޑުކަމެއްނޫން ޕީޕީ ވެރިކަންތަކުގަ އާއްމުކަމެއްތީ ޔާމީން ގެ ވެރިކަމުގަ އިލްހާމް އަންހެނުން ދޯ.....
ދަންބެރުއަލިމަނކު
23 March 2025
އަނބިކަނބަލުންގެ ފޯނު ކީއްކުރަން އެހެނިއެހެންތަކެތިވެސް ހިފަހައްޓަންވީ. ޒަމާނުއްސުރެން މިރާއްޖޭގެ ބައެއް މުއައްސަސާތައް ހާއްސަކޮށް އިމިގުރޭސަން ކަސްޓަމްސް ފަދަތަންތަނުގެ ކުދި ބޮޑު އެންމެންތިބެނީ ކޮރޮޕްޓްވެ ހުސްވެފަ.
1
23 March 2025
ދެން ޖޫނިއަރުގެ ޓެބުލެޓް ކޮންފިސްކޭޓުކުރާނީއެއްނޫން. އޭރުން އެސޮރު ނުކާނެ.
ބިއްލެ
23 March 2025
ތިކަމުގަ ކޮންމެވެސް އެހެންކަމެއް އެބައުޅޭ. އަދި އަސްލު ސަބަބު އެނގޭނެ. ވޯރކްޕަމިޓް އެޕްރޫވް ބަޓަނަށް ކްލިކްކޮށްލަން 15000 ނުވަތަ 12000 ރުފިޔާ ނަގާއިރު ނުފެނޭދޯ
އަމަތުﷲ
23 March 2025
ރައީސް މުއިޒްއަށް މަ ތައުރީފްކުރަން މިކަހަލަ ކަމެއް ކުރީމަ. މީ ހާދަ ބޮޑު ކަމެކޭ ހަގީގަތުގައި ތިމާގެ ވެރިކަމުގައި މީހަކުގެ މައްސަލަ ބެލިން އެއީ.
ފަޅޯމެޓާ
23 March 2025
އެއްކަލަ ގޯތި ވަށާފާރު ރޭނި ގުރޫޕު ބުރަކަށީގަ ފިރުމާލާފަ ފައިސާ ކޮޅުވެސް ހަވާލުކުރީ، މިސޮރައް މިވަރު އަރުވާލަނީ ކީއްވެބާ؟ ޒާތިކަމެއްބާ؟ ނޫނީ ހިޔާނާތް ވިއަދަދު ތަންކޮޅެއް މަދުވީބާ؟