އިމިގްރޭޝަންގެ އޮޕަރޭޝަންގައި ބިދޭސީންނާ ސުވާލުކުރަނީ.-- ފޮޓޯ: އިމިގްރޭޝަން
23 މާޗް 2025 - 00:35
ބިދޭސީއެއް އަތުން ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކުރި ތިން މީހުންނަށް ބަންދު މުއްދަތު ޖަހައިފި އެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން "މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން" ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ތަހުގީގު ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން މިރޭ ބުނީ އެ ތިން މީހުންގެ ތެރެއިން ދެ މީހުންނަށް 10 ދުވަސް އަދި އެކަކު ތިން ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވޭނަކަށް އަރުވަނީ.-- ފޮޓޯ: އިމިގްރޭޝަން
އެ މައްސަލާގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވެސް ވަނީ ރޭ ހައްޔަރު ކޮށްފަ އެވެ. އޭނަގެ ބަންދަށް މިރޭ ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފަ އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.
ޝަމްއާނަށް "ރިޝްވަތުގެ" އިނގިލި ދިއްކުރެވުނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާތީ އެވެ.
ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު.--
އެ އޮޕަރޭޝަން ހިންގީ ވެސް ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ވާން
25 March 2025
ކޮބާ ފޮޓޯ. ވަނަވަރު. ދެ ރައްޔިތަކު އެއް މައްސަލަ އެއްގައި ތަފާތު ނުކުރޭ! އެނގޭތޯ. ދެތައްޔިތަކު ތަފާތު ކުރާނަމަ އެއީވެސް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުން .. ފޮލިހުންގެ ތެރެ އަށް ކަރަޕްޓް ވަނީތޯ؟؟؟؟؟؟؟؟؟؟؟؟ ހައްޔަރު ކުރޭ!! ވަވަވަރު ހާމަކުރަން މާވަރު ހުންނަ ޕޮލިސް ބިރު ގަތީތޯ؟؟؟؟؟
ޔޫޒު
23 March 2025
ހަހަ ބަރާބަރު ހަތްޔަރު ކުރޭ
ާއިބްރާހިމް
23 March 2025
ކޮބާ ދެން އެބުނާ 3 މީހުން އަކީ އެމީހުންގެ ނަންތައްވެސް ޖަހާލިނަމަ ފުރިހަމަވާނީ
އަދާލަތު
23 March 2025
އެ3މީހުންގެ ވަނަވަރު ސިއްރު. ބިރުވެރި 3މީހުން.
އަދާލަތު
23 March 2025
މި 3 މީހުންނަކީ ވަރަށްބިރުވެރި 3 މީހުނދެއްތޯ؟ ނަންހާމަކުރުންވެސްބިރުވެރިކަމަށް ލަފާކުރެވެނީ.
ތޫބާ ނާޡިމް
23 March 2025
މިމީހުންނަށް ދައުވާ ކުރި ހިސާބުން މަގޭ ރައްޓެހި ލާރިޔަށް ބޮޑް ދޭ ސޮރެއްވެސް އެކަން ކުރަން މިހާރު ޖެހިލުންވެއްޖެ. ހެޔޮ ފާލެއް
ފައްސާން ވަލީދު
23 March 2025
މީ ކޮރަޕްޝަން ހިންގާ އެހެން މުވައްޒަފުންނަށް ދެވުނު ރަނގަޅު މެސެޖެއް. މީގެ ސަބަބުން ދެން ނުކެރޭނެ ކޮރަޕްޝަން ހިންގަން
ޖުހާބެއްޔާ
23 March 2025
ތިހެން ބަޔަކު ކިޔާ އަޑު އިވުުނު ކަރެކްޝަން އޮފިސަރުންނާއި ކަސްޓަމްސް އޮފިސަރުން ބަންދު ކުރީމަވެސް، ވީ ކަމެއް ހަރާން،
މުޝްނިދު
23 March 2025
މިހެންވެ ބުނަނީ ހަގީގީ މާނާގައި ޒީރޯ ޓޮލެރެންސް މި ސަރުކާރުން އެބަ ހިންގަޔޭ.
ނޫހް އިސްމާއިލް
23 March 2025
އިހްލާސްތެރި ކަމާއެކު ވައްކަން ބަލަން ކެރުނު ވެރިކަމެއް މިފެންނަނީ. ރައީސްއަށް ކުރެވޭ އުއްމީދު ބޮޑުވެއްޖެ
ތިހާޟް ހުސައިން
23 March 2025
ސަޅި. ވަކި މީހެއް އިސްތިސްނާ ނުކޮށް ހަމަ ކޮރަޕްޝަން ބަލަންވީ