އިމިްގރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން.-- ފައިލް ފޮޓޯ: މިހާރު
22 އެޕްރީލް 2025 - 11:31
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް، އޭނާގެ އަނބިކަނބަލުން ހިދުފާ ފާއިޒު ރޭ ވިދާޅުވެއްޖެ އެވެ.
އިންސްޓަގްރާމްގެ ސްޓޯރީގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ފްރޭމްކޮށް، "ނުހައްގުން ހައްޔަރު ކޮށްގެން ގެންގުޅޭތާ" މަސް ދުވަސް ވެފައިވާ ކަމަށް ވިދާޅުވިއަސް، ފްރޭމްކުރި ކަމަށް ކުރާ ތުހުމަތުގެ އިތުރު ތަފުސީލެއް ހިދުފާ ނުދެއްވަ އެވެ.
ނަމަވެސް، ޝަމްއާނުގެ މަސައްކަތަށް ހިދުފާ ތައުރީފު ކުރެއްވި އެވެ.
މަގާމުން ވަކިކޮށް ޝަމްއާން ހައްޔަރުކުރީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، ބިދޭސީންނާ ގުޅޭ އޮޕަރޭޝަންތައް ހިންގާ ޓީމުގެ ބޭރުން އެހެން މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.
އެ ބިދޭސީމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އޮޕަރޭޝަން ވެސް ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ އޮޕަރޭޝަންތައް ހިންގަން އެ އިދާރާގައި އޮންނަ ޓީމުން ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު، އޭނާގެ ބަންދަށް ފުރަތަމަ 15 ދުވަސް ދީ، އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފަ އެވެ.
އޭނާ ކާމިޔާބީތައް ހޯދަމުން ދިޔައިރު މެސެޖުތައް ދިޔައީ އޮހެމުން. ތައުރީފުގެ އަޑު ގަދަވި. އެހީތެރިކަން ދޭނެ މީހުން ވެސް ތިބި. އެކަމަކު، ނުހައްގުން ޖަލަށް ލީމަ އެ އެންމެން އަޑުމަޑުވެއްޖެ،"--- ހިދުފާ
ހިދުފާގެ ޕޯސްޓުގައި ވިދާޅުވީ ޝަމްއާން ގައުމަށް ހިދުމަތް ކުރެއްވީ ޝަރަފުވެރިކަމާއި އަމާނަތްތެރިކަމާއެކު ކަމަށެވެ. އޭނާގެ އެ މަސައްކަތް ދޮގުކުރެވޭނެ ގޮތެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.
ޝަމްއާންގެ މަސައްކަތުގެ ނަތީޖާ ފެންނަން އެބަހުރި ކަމަށާއި އެކަން ހަމަ ލޮލުން ތަޖުރިބާ ކުރި މީހުން ވެސް އެބަތިބި ކަމަށް ހިދުފާ ފާހަގަކުރެއްވި އެވެ.
"އޭނާ ކާމިޔާބީތައް ހޯދަމުން ދިޔައިރު މެސެޖުތައް ދިޔައީ އޮހެމުން. ތައުރީފުގެ އަޑު ގަދަވި. އެހީތެރިކަން ދޭނެ މީހުން ވެސް ތިބި. އެކަމަކު، ނުހައްގުން ޖަލަށް ލީމަ އެ އެންމެން އަޑުމަޑުވެއްޖެ،" ހިދުފާ ވިދާޅުވި އެވެ.
އޭނާ ވަނީ ޝަމްއާން ނުހައްގުން ހައްޔަރުކޮށްގެން ބަންދުކުރިއިރު އޭނައާ ގާތްކޮށް އުޅުނު މީހުން ކޮބައިތޯ ސުވާލު އުފައްދައިފަ އެވެ.
ރައްޓެހިން ބޭނުންވި ވަގުތުތަކުގައި ޝަމްއާން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވިއަސް ނާއިންސާފާ ކުރިމަތިވިއަސް ދެކޮޅަށް އެއްޗެކޭ ބުނަން ނުކުރެވުނު ކަމަށް ހިދުފާގެ ޕޯސްޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
23 April 2025
މިގައުމުގައި ގިނަ ޑީލްތަކުގައި އަވަދިނެތި އުޅެނީ ފުލުހުން. ބަންގާޅީންލައްވާ ހުރިހާ ޖަމީރާއެއް ހިންގަނީ ބަންގާޅު ފުލުހުން. ގެސްޓް ހައުސްތަކާއި، ކެފޭތަކާއި، ބޯކޮށާ ތަންތަނާއި ފަހާތަންތަންވެސް ހިންގަނީ ފުލުހުން އަޑީގައި ތިބެގެން. އެހެންވީމާ މިފަދަ ވިޔަފާރިތައް ހުއްޓުވާކަށް ފުލުހުންނަކަށް ނުކެރޭނެ. އަދި މިކަން ހުޢްޓުވާބައެއް ޖަލާއްލާނެ.
raajje
23 April 2025
ކުށުގައިބެދުނީމާ އެބައިމީހުންގެ އަނބިންތަޅުވާއަނގައަކީ އެހާވެލިޑުއެއްޗަކަށްވާނެ އެއްވެސްގޮތެއްނެތް، ނަމަވެސް ކަމުގެދެކޮޅުވެސްއެބައޮތް، އެކަން ހަމަގައިމުވެސް ދިވެހިންދަންނަންޖެހޭ، ނާޒިމުގެގެއިން ފިސްތޯލަވެސްފެނިފައިވޭ، ފަހުން އަދީބު ޕުލާންޓުކުރިވިއެއްޗެއްކަން ހާމަވެފައިވޭ، އެކަންކުރީ ފުލުހުންލައްވާކަންވެސް ތަހުގީގުގައި ހާމަވެފައިވޭ، އެހެންވީމާ ތެދަކީދޮގަކީ ކޮބައިކަމެއް ޝަމްއާން މައްސަލައިގާވެސް ސާފުވާނެހަމައެއްވެސްގޮތެއްނެތް
ފާހިޝް
23 April 2025
އެއްވެސް މީހެއްގެ އަނބިމީހާ ނުބުނާނެދޯ ފިރިމީހާ ވލާރި ކަނިޔޭ
ޝައްމުު
23 April 2025
އަގުބޮޑު ދަބަސް ތަކާ ރާއްޖެއިން ބޭރަށް ކުރާ ދަތުރު ތަކަށް ހަރަދު ކުރާނެ މީހަކު ވަނިކޮށް ތިވާހަކަ ވެސް ނުދައްކާނެ.
ފާރިހަތު ޖަލީލު
23 April 2025
އަހަރެންނަށް ވަރަށް ރަގަޅަށް އެނގޭ ޝައްމާނު މިސަރުކާރު ގެންނަން ކުރި މަސައްކަތް. އަދި ކެމްޕެއިންއަށް ދިން ފައިސާއާއި އެފައިސާ ހޯދިގޮތް. ދެރަކަމަކީ މުއިޒުވެސް ފެއަރވާން ޖެހޭނެ. ހިދީ ބުނާގޮތަށް އެކަނިވާ ވަގުތު މީހުންގެ އެހީތެރިކަން މުހިއްމުވާނެ.
އިހްސާސް
23 April 2025
ކޮއްކޯ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ. ޝައްމާނާ ދެންތިބި ވެރިންވެސް ދަޝުންދަމާކުޅުމުގަ.
ދެރަކަމެއް
22 April 2025
މި މީހުންގެ އަަނބިން އަދި ވަރަށް ސަޕޯޓުކުރެޔޭ ދޯ މިކަހަލަ މީހުންނަށް.
ވެދާނެ11
22 April 2025
އެކަށީގެންވޭ. ދެން އެއްވެސް މީހަކު ފައިސާ ދަބަސްހިފައިގެން ގެއަށް އަންނާކަށް ނުބުނާނެ ދޯ. ތިކަމުގައި ގޯހެއް އުޅޭހެން ވަރަށް ހީވޭ.
ޑަމީ
22 April 2025
އަދީބު ވެސް ކުށެށް ނުކުރޭ! ހުސް ޖަވާހިރުން.
ފޫލުސް
22 April 2025
ސައްމާނު ރެއިޑު ޖެހި މުއްސަދި ބަންގާޅުންގެ %80 ވިޔަފާރި އަކީ ޕޮލިސް ޕްރޮޓެކްޝަން ލިބިފަ ހުރި ތަންތަން. މަސާޖު ޕާލާ އާ ކޮފީ ސޮޕްތައް ހިންގަނީ ޕްރޮޓެކްސަން ލިބިގެން. މިހާރު ރޭޑު ޖެހުން ހުއްޓިއްޖެ.