މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒާއި ބައެއް ވަޒީރުން. ބައިވެރިވެވަޑައިގަންނަވަނީ: ރައީސް އޮފީސް
10 ނޮވެމްބަރ 2025 - 12:16
މޯލްޑިވްސް އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް، އިލެކްޓްރޯނިކް ވިސާ (އީ-ވިސާ) އާއި މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން އެޕް (އެމްއައިއެޕް) މިއަދު ތައާރަފްކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އީވިސާ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އިމިގްރޭޝަނުގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހު ވިދާޅުވީ މިއަދު ތައާރަފްކުރި ހުރިހާ ހިދުމަތަކުން ވެސް ރައްޔިތުންނަށާއި އިމިގްރޭޝަނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިިދޭސީންގެ މައްސަލަތައް ހައްލުކުރުމުގައި، މިއަދު ތައާރަފްކުރި އޮންލައިން ހިދުމަތްތަކުގެ ސަބަބުން ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިދޭސީންގެ ޕާސްޕޯޓްގައި ވިސާޖަހަން ޒަމާނުއްސުރެ ކުރިމަތިވެފައި އޮތް ދަތިތަކަށް، މިއަދު ތައާރަފްކުރި އީ-ވިސާ އިން ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ވިސާއާ ގުޅޭ ހިދުމަތްތައް ލިބޭ ފެންވަރަށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ރާއްޖޭގައި އެ ހިދުމަތް ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ފަސީހު ވިދާޅުވި އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ކޮންޓްރޯލާ އަހުމަދު ފަސީހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ރާއްޖެެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ކުރިއަށް ގެންދާ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އެ ހިދުމައްތައް އިފްތިތާހުކުރަން މިއަދު ބޭއްވި ރަސްމިއްޔާތު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރައީސްގެ އެ ސިޔާސަތާ އެެއްގޮތަށް 100 ޕަސެންޓް ޑިޖިޓަލައިޒް ކުރި ފުރަތަމަ މުއައްސަސާއަކީ މޯލްޑިވްސް އިމިގްރޭޝަން ކަމަށެވެ. އެއީ ރައީސްގެ އެ ސިޔާސަތު މޯލްޑިވްސް އިމިގްރޭޝަނުން ބަލައިގަނެ، އެ ކަން ތަންފީޒުކުރަން ދޭ އަހަންމިއްޔަތު ދައްކައިދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ފިޒިކަލް ޕާސްޕޯޓް ހިފައިގެން ވިސާ ޖަހަން އިމިގްރޭޝަަނަށް ދާން އުފުލި ބުރައަށް ނިމުން ގެނެސްދޭ އީވިސާގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންތައްތައް ބަލަން ފަސޭހަކޮށްދޭ އެޕްލިކޭޝަނެއް ވެސް އިމިގްރޭޝަނުން މިއަދު ތައާރަފްކުރި އެވެ.
"އެމްއައި އައިޑީ ޗެކާގެ ނަމުގައި މިއަދު މި ތައާރަފްވެގެންދާ އެޕްލިކޭޝަނަކީ އިމިގްރޭޝަނުގެ މުވައްޒަފުންނާއި ދިވެހި ފުލުހުންނަށް، އަދި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކަށް، ވަކިން ހާއްސަކޮށް، ލޭބާ ރިލޭޝަންސް އޮތޯރިޓީ ފަދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ފަދަ ތަންނަތަނަށް ވެސް މީގެ އެކްސެސް ދެވިގެން ދާނެ އެޕްލިކެޝަނެއް،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ތިބޭ ބިދޭސީންގެ ކަންތައްތައް ބެލެހެއްޓުމުގައި ކައުންސިލްތަކަށް ކުރިމަތިވާ ދަތިކަން ވެސް މިއަދު ތައާރަފްކުރި އެޕްލިކޭޝަނުގެ ސަބަބުން ފަސޭހަވާނެ ކަމަށެވެ.
ބިދޭސީންނަށް ކުރިމަތިވާ މެޑިކަލް އިމާޖެންސީތަކާއި މަރުވާ ހާލަތުގައި، ސިއްހީ ހިދުމަތްދޭ ތަންތަނުން އެ މީހުން ދެނެގަންނަން އުނދަގޫވާ މައްސަލަ ވެސް އެ އެޕްލިކޭޝަނާ އެކު ހައްލުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އިމިގްރޭޝަން އޮފިސަރުންތަކެއް ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް
- އިލެކްޓްރޯނިކް ވިސާ
- ޒަމާނީ އާ ވެބްސައިޓް
- އިމިގްރޭޝަނުގެ އާ މޮބައިލް އެޕް
- އެމްއައި އައިޑެންޓިޓީ ޗެކާ
ކޮންޓްރޯލާ ޖެނެރަލް ފަސީހު ވިދާޅުވި ގޮތުގައި މިއަދު ތައާރަފްކުރި އާ ވެބްސައިޓަކީ އިމިގްރޭޝަނުގެ ހިދުމަތްތްކާ ބެހޭ ހުރިހާ މައުލޫމާތެއް ފަސޭހައިން ލިބޭ ޒަމާނީ ވެބްސައިޓެއް ކަމަށެވެ. މިއަދު ތައާރަފްކުރި މޮބައިލް އެޕްލިކޭޝަނަކީ ރައްކާތެރިކަން ކަށަވަރުށޮށްފައިވާ ޒަމާނީ އެޕްލިކޭޝަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އެޕްލިކޭޝަން މެދުވެރިކޮށް ލިބިގަނެވޭ ހިދުމަތްތަކުގެ ތެރޭގައި ޕާސްޕޯޓަށް އެދި އަލަށް ހުށަހެޅުމާއި ޕާސްޕޯޓް އާކުރަން ހުށަހެޅުން އަދި ޕާސްޕޯޓްގައި ހުރި މައުލޫމާތު ބެލުން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތިބެން ވިސާ ދޫކޮށްފައިވާ ބިދޭސީންނަށް އެ މީހުންގެ ވިސާގެ މައުލޫމާތު ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ އެވެ.
ފަސީހު ވިދާޅުވި ގޮތުގައި މިއަދު ތައާރަފްކުރި ހުރިހާ ހިދުމަތަކުން ވެސް މޯލްޑިވްސް އިމިގްރޭޝަނަށާއި ރައްޔިތުންނަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗަޕް
10 November 2025
އަޅެ މިރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގާޅު ބޭފުޅުންގެ ކަންކަން ހައްލުކޮށްދީބަލަ. ދަނޑު ހެއްދުމާއި ކަންނެލި އޮޑިފަހަރުގައާއި ތަންތާ އެހެރަ ގިނަވެގެން އުޅޭ ބަންގާޅީންނާ ހުރރ މިހާރު ނުކުޅަދާނަ ވެއްޖެ.
ސަަންޑޭ
10 November 2025
އެތަކެއް ދިވެހިންގެ ވަޒީފާ ތިދުއްވާލީ.ވަރަށް ގިނަ ކުދިން ގޭގައި ތިބެގެން އާމްދަނީ ހޯދަމުން އައި ކުޑަ އެޑްމިން މަސައްކަތެއް ތީ ވިޒާ މެއިންޓެއިން ކުރުމާ ވިޒާ ސްޓޭޕް ކުރުން.ދެން ތިކަމުގެ ތެރޭގަވެސް އުޅެގަންނާނީ ހުސް ބިދޭސީން. ދިވެސަކަށް ލިބޭނެ އެއްޗެއް ނެތް ޕާސްޕޯޓް ވިޒާ ޖެހުން އެއީ އަސްލު އެންމެ ރަނގަޅު ގޮތަކީ އޭރުން ފިޒިކަލީ ފެންނަން އޮނާނެ ފޭކު ހަދާ އޮޅުވާލަން އުނދާގޫ ވާނެ. މިހާރުވެސް ކުރިއަރާފަ ހުރި ގިނަ ގައުމު ތަކުގަވެސް އެކަން އެގޮތައް ކުރޭ!
އިމިގްރޭޝަން
10 November 2025
އިމިގުރޭޝަންގެ މަސައްކަތްތައް ވަރަށް ފުރިމަ، ގައުމުގަ ގިނަވެފައޮތް ބިދޭސީންގެ ކަންކަން ވެސް ހަމައަކަށް އަޅުވާލީ ވަރަށް ފުރިހަމައަށް ކަމަށް ގަބޫލު ކުރަން، ކީޕް އިޓް އަޕް
އިމިގްރޭޝަން
10 November 2025
އިމިގުރޭޝަން ހިންގާ ވަރަށް ސަރުކާރުގެ އެހެން އިދާރާ ތަކުން ހިދުމަތް ލިބޭނަމަ ހާދަހައި ފަސޭހަ ވަނެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ.. މީ ވަރަށް ބޮޑު ފަސޭހައެއް
ފޯވިސާ
10 November 2025
ކަލޭމެން އަދިވެސް ރާއްޖޭގަ ދޮންމީހުނަށް ފަސޭހަ ހުރިހާ ކަމެއްކުރާނެ! ދިވެހީންމީ ދަށުދަރަޖަ! ބަލަ ފޮރިންމިނިސްޓްރީއަށް އެންމެ ކުއްޔަށް ގިނަ ލާރި ދުއްވާފަ ބޮޑެތިސިންގާމުސާރަ ދީފަ އެމްބެސެޑަރުން ލާފަ. ކުޑަމިނުން މެލޭސިޔާގަ ދިވެހީންނަށް މިޖެހެނީ ދިގުކިޔުގަ އިމިގްރޭޝަންގަ 2 3 ގަޑިއިރުޖެހިގެންތިބެން. މެލޭސިޔާގަ އެތައްގައުމަކައް އީގޭޓް ބޭނުންކުރެވެ!
ދާވޫދު
10 November 2025
ބަލަ ތިތަނުން އެއްޗެއް އަމިއްލައަށް ބޭނުންކުރާކަށް ނޭންގެއޭ. އެޖެންސީއަކަށް ފައިސާތަކެއް ދައްކައިގެންނޫނީ މީހަކު މިކޮޅަކަށް ނުގެނެވޭ. ކީއްތަ ވާނީ ރައްޔިތުން ރޯފިލުވާ ވީޑިއޯކޮޅެއް ހަދައިލިއްޔާ؟
އ.ނ.ތ
10 November 2025
ބޭނުން ކުރަން ތިބީ ދިވެހިން، ދިވެހި/އިންގިރޭސި ބަހުން ވެބްސައިޓްތަކާއި އެޕްލިކޭސަން ހަދަންވީ، އޭރުން ބޭނުން ކުރާ ނިސްބައި އިތުރުވެގެންދާނެ.
ރަދީފްއޮފިޝަލް /
10 November 2025
ޒަމާނީ އާވެބްސައިޓެއް ނުފެނޭ.ތިތަނުގަ ކައުންޓަރުތަކުގަ ތިބޭ ސްޓާފުން މޫނު ކުނިކޮށްގެން ތިބެ ރައްޔަތުންނާ ފޭސް ކުރާނަމަ އެއީ ދެރަކަމެއް.
ބަބޫ
10 November 2025
ރަދީއަށް މިކަމުގާ ތާއީދު. އަދި ދޮގުމައުލޫމާތުވެސް ދޭ. އެތަންކޮޅު އިތުރުކޮށްލަންޖެހޭ.
އޮޑިޓް ރިޕޯރޓް
10 November 2025
ހުރިހާމަމެއްވެސް ކުރީ އުޞޫލުގެ ތެރެއިންނެވެ.