ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގަމުން ދާ ރެއިޑު ތަކުގެ ފޮޓޮއެއް--ފޮޓޯ: އިމިގްރޭޝަން
26 ޖެނުއަރީ 2025 - 11:47
އާއްމު ސިއްހަތަށް ނުރައްކާވާ ގޮތަށް މާލޭގައި ކާބޯތަކެތީގެ ވިޔަފާރި ހިންގި ތަނަކުން 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ ވިޔަފާރި ހިންގަމުން ދިޔަ ތަނަކުން އެ ބިދޭސީން އިއްޔެ އަތުލައިގަތީ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ. އެތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ އަދި ވިޔަފާރިކުރި މީހުން ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އޮޕަރޭޝަނަށް ފަހު އާއްމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ކުޑަ ތަންކޮޅެއްގެ ތެރޭގައި ވަރަށް މުޑުދާރުކޮށް ގިނަ އަދަދެއްގެ ކާބޯތަކެތި ދިޔައީ ތައްޔާރުކުރަމުންނެވެ. ކެއްކުމަށް ބޭނުންކުރާ ބައެއް ސާމާނު ބިންމަތީގައި އެއްވެސް ސާފުތާހިރު ކަމެއް ނެތި ބަހައްޓާފައި ހުއްޓެވެ.
ބައެއް ބިދޭސީން ނިދަން އެތަނުގެ ތެރޭގައި ހުރީ ބަރިބަރިއަށް އެނދުތައް ވެސް އަތުރައިފަ އެވެ.
2025 ޖަނަވަރީ 23 ވަނަ ދުވަހު ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ވަނީ ބަލައި ފާސްކޮށްފައި. އަދި ގަވާއިދާ ހިލާފަށް މިތަނުގައި އުޅެމުންދިއަ 13 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ… pic.twitter.com/TYaweEshqg
— Maldives Immigration (@ImmigrationMV) January 25, 2025
ބިދޭސީން ރާއްޖޭގައި ވިޔަފާރި ހިންގުމަކީ މަނާކަމެކެވެ. އެކަމަކު ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ހިންގަތީ އެ ތަންތަނަށް ވަދެ އިމިގްރޭޝަނުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
މިފަދަ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނަށް އެހީވެ، މައްސަލަތައް ރިޕޯޓް ކުރަން މިދިޔަ އަހަރު ޖުލައި މަހުގައި "އިމިގްރޭޝަން ވޮޗް" ޕޯޓަލްއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.
އެ ޕޯޓަލްއަށް ހަތަރު މަސް ތެރޭގައި ހާހަކަށް ވުރެ ގިނަ މައްސަލަ ހުށަހެޅި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އިމިގްރޭޝަންގެ އޮޕަރޭޝަނުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންދުު
27 January 2025
މިއީ ހަމަ ސީދާ ފައްޔާޒްގެ ފެއިލިއަރ. މިވަރަށް މިތަންތަން ހިންގުމަށް އެހީތެރިވެދީފަވަނީ އެމްޑީޕީ ސަރުކާރުގައި.
ޙެހެނހެ
27 January 2025
އެމީހުން ބުނަނީ މޯލްޑިވްސްގައި އުޅެނީ ރަށުގައި އުޅެހެން ކަމަށް. ދެން ކިހާ ސަޅިވާނެ.
އަޒްލީމްް
27 January 2025
މިއީ އެމްޑީޕީ ވެރިކަމެއްނަމަ މިތަންތަން އަދިވެސްދާނީ އޮޕަރޭޓްވަމުން. ދިވެހިންގެ ނަސީބު ހަމަ އެމަީހުން ވެރިކަމަށް ނައުންއެއީ.
އެލޮކޮސް
27 January 2025
އެންމެ ރަގަޅަށް ހިންގާ މުއައްސަސާ. އިމިގްރޭޝަން ކުރިޔަށް ދޭ ކުރިއަށްބާރަށް ހުރިހާ ބަންގާޅުން ނުގަވައިދުންއުޅޭމީހުން ފޮނުވާ. މިހާރު ތިބަންގާޅުން ދިވެހި އަންހެނުން ހުސްކުރަނީ ރާއްޖެތެރެއަަށްގޮސް މިގައު މުދަވާލުމަށް. ކޮންތަނަކުން އައި ބައެއްކަމެއްނޭގޭ އައިސް ދިވެހި އަންހެނުން މޮޔަހައްދާ އެމީހުންނަށްދަރިނއ ދީ މިގައުމު ހަލާކުކުރަނީ
ކުޑަ އިއްބެ
27 January 2025
ކޮބާ ކުޑަހުވަދޫގައި ކާބޯތަކެއްޗާ ކޮންސަކުޝަންމަސައްކައްކުރާ ބިދޭސީތަން ގާމު ބޮޑިސްގާ ޕޮލިސް އިމާތާކާ ބަދަރުމަތީ ބުރުޖާ ޕޮލިސް ޔުނީފޯމްގައި އުޅޭ ކުދިންފޭ ރަށިތެރެއިންނުފެނުނަސް
ދަނޑުން
26 January 2025
ޥ ރަނގަޅު..
ސައްބު
26 January 2025
ގުރޫޕް ހަދައިގެން ޖުވާ ކުޅޭ ބިދޭސީންގެ ކަންކަން ނޭންގެނީތޯ؟
އެދރފެރފ
26 January 2025
ގުރޫޕް ހަދައިގެން ޖުވާކުޅެނީ ދިވެހިން..... ނަމުން މުސްލިމް ދިވެހިން....
ސޯބެ
26 January 2025
އިނގޭ ބޭނުން ނުވަނީ ބޭނުން ކަމެއް ވިއްޔާ ކުރެވޭނެ ރައްޔިތުން ހައްދަން މޮޅެތި ރިޕޯޓް ތަށް ނެރެނީ ވާކަމެއްހަރާން ހަމަ ސައި