މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް މިސްކިތް ސާރުކުރަނީ: ކައުންސިލުން ވަނީ މާލެ އަދި ހުޅުމާލޭގެ ގިނަ މިސްކިތްތައް ސާފު ކުރުމުގެ މަސައްކަތް ފަށައިފާ.--
26 ޖެނުއަރީ 2025 - 11:25
ރޯދަ މަހަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ކައުންސިލުން އަންނަނީ މާލެ އާއި ހުޅުމާލޭގެ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކައުންސިލުން ބުނީ ހުޅުމާލެ، މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ކަތުރު ފަނި އަޅާފައިވާ މިމްބަރު ބަދަލުކުރުމުގެ މަސައްކަތްކޮށް ނިންމާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރި މިސްކިތް، މަސްޖިދުލް އަމާނީ މަރާމާތުކޮށް ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން މާރާމާތު ކުރަމުން އަންނަ މިސްކިތެއް.-- ފޮޓޯ: ކައުންސިލް
ހުޅުމާލެ އަލްސާނީ މިސްކިތް ވެސް ޒީނަތްތެރި ކުރުމުގެ ގޮތުން ކައުންސިލުން އަންނަނީ ގަސް އިންދަމުންނެވެ.
އޭގެ އިތުރުން ހުޅުމާލެ މަސްޖިދުލް ހައްތާބުގެ ފާހާނާގެ ދޮރުތަކާއި ޓައިލްސް ބަދަލުކޮށް، ވުޟޫކުރާ ބައި މަރާމާތުކޮށް ނިންމާފައިވާއިރު، މަސަޖިދުލް ތަގުވާ ޒީނަތްތެރި ކުރުމާއި ނަމާދު ކުރާބައި ބޮޑުކޮށް ނިންމުމުގެ އިތުރުން، އެ މިސްކިތުގައި އިތުރު ފާހާނާއެއް ހެދުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ.
މަސަޖިދުލް ތަގުވާގައި މާލޭ ސިޓީ ކައުންސިލުން ހެދި ފާހަނާ.-- ފޮޓޯ: ކައުންސިލް
ފުރުގާން މިސްކިތުގައި އަމިއްލަ ފަރާތަކުން އޭސީ ހަރުކޮށްދޭން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވެސް ރޯދައިގެ ކުރިން ނިންމާލާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން، މާލޭގެ މަގުތަކުގައި ހިނގާބިގާވެއުޅޭ މީހުންނަށް އުނދަގޫވާގޮތަށް ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް ވެސް ކައުންސިލުން އަންނަނީ ކުރަމުންނެވެ.
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަލަންޑަރުގައި ވަނީ މާޗް 1 ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޅި -
26 January 2025
ހުޅުމާލޭ 2 ގައި ފަރުކޮޅުފުއްޓާ ދިމާގަ ހުންނަ ވަގުތީ މިސްކިތުގައި ފަންކާ އިތުރުކޮށް ފިނި ކުރެވޭނެ ގޮތެއް ހޯދަންޖެހޭ، ރޯދަމަސް މިދިމާވަނީ އެންމެ ހޫނުގަ ދުވަސްތަކާ. މީގެ އިތުރުރުން ރަތްޓަވަރުތަކާ ދިމާލުގަ އެދާ މިސްކިތުގެ މަސައްކަތް އެދާގޮތުން ހިޔެތްނުވޭ ރޯދައަށް ނިމޭނެހެން. އެކަންވެސް އަވަސްކުރެވޭނެ ގޮތެއްވޭތޯ ބަަލަންޖެހެއެވެ. ދެން އެސްޖޭ މިސްކިތުގެ ވާހަކަ ދައްކާނެކަމެއް ނެތެެވެ ދަމަކުން ބަޑިއެއް ޖަހާހެއް ދޭތެރެއަކުން މަސައްކަތެއް ކޮށްލާފަ ހުންޓެނީ
ނަގޫރޯޅި ވ.ރާކަނިމަސް
26 January 2025
އިސްލާމިކް މިނިސްޓްރީން ހަދާހެން ނަހަދައްޗޭ، މާލެ ސަރަހައްދުގައި އުޅޭ ދެލައްކައެއްހާ މީހުންނަށް އިސްމާމިކް މިނިސްޓްރީން ކަދުރު ބަަހަނީ ހަމައެކަނި އިސްލާމީ މަރުކަޒުގައި، ކިޔޫގައި އެތައް ގަޑިއިރު ހޭދަކޮށްގެން 4 ބޮޑި ކަދުރު މިލިބެނީ، ހުޅުމާލެ ގުރުއާނާބެހޭ މަރުކަޒުން، ދަރުބާރުގެއިން، ސަލަމާނު މިސްކިތުން، ވިލިމާލޭ އޮފީހުން މިފަދަ ތަންތަނުންވެސް ލިބޭނެގޮަތަށް ހަދާލިނަމަ ރައްޔިތުންނަށް ލުއިވިސް
ރަދީފު ރޯޑުވާދިނަސް
26 January 2025
ރޯދައާ ދިމާކޮށް އެޗްޑީސީއިން ހުޅުމާލޭގެ މަގުތައްމަރާމާތުކުރަންޖެހޭ، ފުރަތަމަ ނިރޮޅުމަގު ބުރިޖަށް އަރާދިމާ ކުރީގެ އެމްޓީސީސީ ބަސްޓާމިނަލު ކުރިމަތީ ފެންބޮޑުވުން ހައްލުކުރަންފެނޭ، އިއްޔަވެހުނު ވާރެޔާއެކު އެތާ އަދިވެސް އޮތީ ފެންހެދިފައި، ވިނަރެސް 5 ގެ ކައިރި، އަދި ފޭސްދޭކަށް ވެމްކޯ އޮފީސްކައިރީ ބުރިޖުން އައިސް ވިނަރެސް އަށް އަނބުރާލާ ދިމާއިން ފަރުކޮޅުފުއްޓާވީ ފަޅީ ހެދޭ ފެންގަނޑު، މިކަހަލަ އެތައް ތަނެއް