އިލެކްޝަންސް ކޮމިޝަނަށް އަލަށް އައްޔަން ކުރި ޒާހިދު އަދި އަބްދުއްރަހްމާން ސޮލާހް -- ފޮޓޯ: ރައީސް އޮފީސް
26 ޖެނުއަރީ 2025 - 11:53
އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި އަބްދުއްރަހްމާން ސޮލާހު ރަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުން މެންބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ދެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ދައުރުން ބޭރުން މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
އިލެކްޝަންސް ކޮމިޝަނަށް އަލަށް އައްޔަން ކުރި ޒާހިދު އަދި އަބްދުއްރަހްމާން ސޮލާހު މަގާމުގެ ހުވާ ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އީސީއަށް އައްޔަން ކުރި ޒާހިދު އެޗްއާރުސީއެމުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.
ސޮލާހު އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ.
އީސީގެ ދެ މަގާމެއް ހުސްވީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެ ދެ މެންބަރުން ވަކިކުރީ މަޖިލީހުގެ ކޮމިޓީން ބެލި މައްސަލަތަކަކާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
27 January 2025
މި ޒާހިރުމެން ފެހި ޤާނޫނު އަސާސީ ވުޖޫދުވި ދުވަހުން ފެށިގެން މިނިވަން މުއައްސަސާތަކުގެ މެމްބަރުންކަމުގައި، އެކަމަކު މި 15 އަހަރުތެރޭ އޭނަ ހިމެނުން އެއްވެސް މިނިވަން މުއައްސަސާއެއްގެ ރަގަޅަށް ފަންކްޝަން ކުރިތަން ފެނިފައި ނެތް. ކިރިޔާވެސް ރައްޔިތުން ހޮތްހަމަޖެހޭ ވަރުގެ މަސައްކަތެއް ކުރި ތަނަކީ އެލެކްޝަން ކޮމިޝަން. ދެން ތިޔަ އިދާރާވެސް ތިޔަ ދިޔައީ. ޓެސްޓް ކުރެވި ފެއިލްވެފަތިބޭ ސިޔާސީ ތަޢައްޞަބުން ކަންކަން ކުރާ މީހުން މި ނިޒާމާ ދުރުން ކުރަން ނުވޭތަ؟
ދެރަސޮރު
27 January 2025
މަރުހަބާ 2ބޭފުޅުންނަށް ވަޒީފާ ގެ ދަހިވެތިކަން އެއްކިބާކޮށް، ވަގު ފޯމް ތަކުގެ މައްލަ ރަނގަޅަށް ބައްލަވާ، ޖިނާއީ ތަހުގީގެއް ހިންގުމަށް ފޮނުއްވައި ދެއްވާނެކަމަށް އުއްމީދުކުރަން، ޒާހިދު އާއި ޞަލާހު އަކީ ގަޓު ހުރި 2 ބޭފުޅުން
އަހްމަދު 12
27 January 2025
މި ޒާހިދު މީ އަބަދުވެސް ކޮންމެސް ކޮމިޝަންގެ ބަހައްޓަންޖެހޭ މީހަކީތަ؟ މީނާގެ އަދާޔާ ޚިލާފު މޮޅު ޢިލްމަކާ ހުނަރެއް ހުންނަތީތަ ކޮންމެ ދައުރެއްގަވެސް ކޮންމެސް ކޮމިޝަނަކަށް ލާން މިޖެހެނީ؟ ކިޔަވައިިގެން ނިކުންނަ ޒުވާނަކަށް ފުރުސަތު ދިނިއްްޔަ ކީއްތަވަނި؟
ސައިނީސް
26 January 2025
ތިބެލި މައްސަލަތައް ކޮބާހޭ!
ދުމަށި
26 January 2025
"ވަގު" ފޯމްތައް ސައްހަ ކުރަންތޯއެވެ.
ޏަމް
26 January 2025
ޕާޓީގެ އެކްޓިވިސްޓުން ލީމާ ކަމަކު ނުދޭ.