ނިހާދު: ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުއްޓާ ސަސްޕެންޑްކުރި ނިހާދަށް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު ކަން ވަނީ ދީފައި --- ފޮޓޯ/މިހާރު
27 ޖެނުއަރީ 2025 - 11:08
ޓެރަރިސްޓް ހަމަލާއެއް ދޭން އެމްޑީޕީން ރާވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑްކުރި މުހައްމަދު ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު ނިހާދު ވަނީ އައްޔަންކޮށްފަ އެވެ. އަދި އިއްޔެއިން ފެށިގެން އޮފީހަށް އޭނާ ނުކުންނަވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު ނިހާދު ޕީއެންސީގެ ޖަލްސާއެއްގައި މިދިޔަ މަހު ވަނީ ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން ތައްޔާރުވަމުން އަންނާތީ އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ސަރުކާރުގެ އިސްވެރިއަކަށް ހުންނަވައިގެން އެފަދަ ވާހަކަތަކެއް ނިހާދު ދެއްކެވި މައްސަލާގައި އޭނާ ސަސްޕެންޑްކުރި އެވެ. ނަމަވެސް އެ މައްސަލަ އޮއްވާ އޭނާ ފިނޭންސް މިނިސްޓްރީގެ ސްޓޭޓަކަށް ބަދަލުކުރި މައްސަލާގައި ސޯޝަލް މީޑިއާގައި އަނެއްކާވެސް ވަނީ ފާޑުކިޔުން ބޮޑުވެފަ އެވެ.
ނިހާދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެމްޑީޕީން ވެސް އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. އޭނާގެ އެ ވާހަކަތަކާ ގުޅިގެން، ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅޭ އިދާރާތަކަށް އެމްޑީޕީން އޭރު ގޮވައިލި އެވެ. އަދި އޭރު ސަރުކާރުން ވެސް ވަނީ ނިހާދުގެ އެ ތުހުމަތުތައް ދޮގުކޮށް، އަދި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ބުނެފަ އެވެ.
ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ނިހާދު ޕީއެންސީއާ ގުޅިވަޑައިގަތީ ޕީއެންސީން ވެރިކަމާ ހަވާލުވި ތަނާ އެވެ. އަދި އޭނާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރަދުން
28 January 2025
ދެން ކަވޭލއް މާގިނަ ވާނެ....މުއިއްޒު އަށް ދިވެހިްނަށް ހަލާކު ހުރި!!
ޝިއުމާ މުހައްމަދު
28 January 2025
މަރުހަބާ ނިހާދު. ރަނގަޅު ކޮށްލާތި ދެން މިސްޓޭކް ނަހަދާ
ލީޒާ ޡާހިރު
28 January 2025
ނިހާދަކީ މޮޅު މީހެއް. ހައްގު މިކަހަލަ މަގާމެއް
ފޮނު ނާރުވާ
28 January 2025
މޮޅު ވެގެން އޭނާ އަތުގައި އޮތީ ކޮން ފާހެއް؟؟ ފިނޭންސް ދާއިރާއިން އެބޮތްތަ ޑިޕުލޮމާ ފަނޑެއް ނަމަވެސް؟؟
ހޔވހޔ
28 January 2025
ކުދިންނޭ ކިޔަވާނެ ކަމެއް ނެތް. ހަޔާތް ކަނޑާލާފަ އެއިރަކު އޮންނަ ސަރުކާރަކަށް ސަނާ ކިޔާލާފަ، އަދި ދުވާލަކު 20 30 ޓުވީޓު ކޮށްލީމާ މި ދިވެހި ރާއްޖޭގެ ސަރުކާރަށް އެމީހާގެ ބަލަދު އެރީ.
ތެފައާސާ.
28 January 2025
ސްޓޭޓް މިނިސްޓަރު ނިހާދުގެ ތައުލީމާއި ތަޖުރިބާއާއި ހިކުމަތު އަމަލީގެ ބޭނުން އެންމެ ފުރިހަމައަށް ހިއްޕަވައިގެން، މަތިވަމުން މިދާ އިންފްލޭޝަން ގެ މައްސަލަ ހައްލުކުރެއްވުމަށް، ޑިޕާރޓްމަންޓް އޮފް ޓެކްލިންގ އިންފްލޭޝަން އެންޑް ކޮތަޅު ޓެކްސްގެ ނަމުގައި މިނިސްޓްރީގައި ވަކި ޑިޕާޓްމަންޓެއް އުފައްދެވުމަކީ މި ވަގުތަށް މުހިންމު ކަމެއް ކަމުގައި ދެކެން.
ދޮގު ދޮލަނގު ނުވިކޭނެ
28 January 2025
އޭ ކިކޭ؟؟ އޭނަ ކިޔެވި އެއްޗެއް ނެގި ފާހެއް ހުރި ފައިނޭންސް ފީލްޑްގެ ތަޖުރިބާ އެއް ކިޔާލަބަލަ.
ހާމަ333
27 January 2025
ޕޯޑިއަމްތަކަށް އަރާ އަވަގުރާނަ ގޮވައި މުރައްބި ވީވަރަކަށް...ވައްކަންކޮށް ވައްކަމުގައި ބައިވެރިވީވަރަކަށް...ސިޔާސީ މީހުންގެ އަޅުންނަށް ވީވަރަކަށް މިގައުމުގައި މީހާ މީހަކަށްވަނީ
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
27 January 2025
ސަރުކާރުގެ ތެރޭގައި ޕާޓީ އެކްޓިވިސްޓުންގެ ބާރު ރައީސްގެ ބާރަށްވުރެ ގަދަ ވީމަ މި ގޮތަށް ކަންކަން ކުރަން މަޖުބޫރު ވަނީ. މިއީ އެއްގޮތަކަށްވެސް ސަރުކާރުގެ ހިންގުން ހަރުދަނާ ކުރަން ކަންކުރާ ގޮތެއް ނޫން. ސަރުކާރު ހިންގުމުގެ ވައްޓަފާޅި ނެތްކަން މިކަހަލަ ކަންކަމުން މި ފެންނަނީ
ހަޖާމްބެ
27 January 2025
މީ ރައްޔިތުންނަށް މަލާމާތްކުރާ ސަރުކާރެއް. ސަސްޕެންޑްކޮފަ މުސާރަޔާއެކު މަހެއް، ދެމަސް ދުވަހު ގޭގަ ބަހައްޓާފަ އަނެއްދުވަހު މަގާމްދިނުން އެއީ ސަސްޕެންޑް ކުރުންތަ؟
މައިކާލޯސް
27 January 2025
ސްޓޭޓް މިނިސްޓަރުކަން ދޭންޖެހޭނެދޯ. އެހެން ނޫނީ ހާލުގަ ޖެހިގެން ނިއުމާގޮތަށް ކޮންމެވެސް ރާއްޖެތެރޭ ރަށަކަށް ގޮސްގެން އެވާހަކަ ހަފްތާއެއްވަންދެން މިނޫހުން ކިޔަންތިބެންވެސް ޖެހިދާނެ. އަކުރެއް ބަކުރެއް ނޭގުނަސް ފޭދޫމީހުން ރޫމްބޯއިކަން ކޮށްފަވެސް ގޮސްއެތިބެނީ ނުންތަ މަޖިލީހުގަ. ދެންކަލޭމެން ކުދިން ކޮންކޮމެންޓެއް ކުރާކަށްތަ؟
ފޮނިފޮނިޓައްޕު ކުމާރު
27 January 2025
މީ ހާދަހާވާ ފުންނަަބު އުސް ބޭކަލެކޭ. ހަމަ ކޮންމެ ދާއިރާއަކުންވެސް ފުންނާބު އުހީ އިނގޭތޯ.