އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އާއި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް
29 ޖެނުއަރީ 2025 - 17:29
ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖެެއް ހިމެނޭހެން ފިޝަރީޒް ކޮމްޕްލެކްސެއް ގާއިމުކުރަން މިއަދު ބިންގާ އަޅައިފި އެވެ.
އިހަވަންދުއަކީ ރާއްޖޭގައި މަސްވެރިކަމުގައި އެއް ހަބެވެ.
ނަމަވެސް، މަސްވެރިކަން ކުރިއަރުވައި، އެ ދާއިރާގައި ހުރި ޝަކުވާތައް ހައްލު ކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖަހާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ވައުދުވެވަޑައިގެންފަ އެވެ.
ރައީސްގެ އެ ވައުދު ފުއްދެވުމަށް މިއަދު މަސައްކަތް ފަށާފައި ވަނީ އެ މަނިކުފާނު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށަަށް ވަޑައިގެންނެވެ.
އެ ތަނުގެ ބިންގާ އަޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އާއި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު އެވެ.
ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިހަވަންދުއަށް ވަޑައިގެން އެ ރަށުގާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާ ސަރަހައްދުގައި -- ފޮޓޯ: ރައީސް އޮފީސް
- 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް
- 50 ޓަނުގެ ބްރައިން ފްރީޒް ފެސިލިޓީއެއް
- އޮފީސް އިމާރާތް އަދި އިންޖީނުގެ
- ވެހިކަލް ވޯކްޝޮޕް އަދި ގުދަނެއް
- 30 މީޓަރުގެ ދިގު މަގަތު ފާލަން
- 3.5 މީޓަރުގެ ފުން ބަދަރެއް (3 ޕޮއިންޓުން މަސް ކިރޭ ޖެޓީއެއް)
ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިހަވަންދޫއަށް ވަޑައިގެން އެ ރަށުގެ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅާ ސަރަހައްދުގައި ރަށު ބަޔަކު ހުއްޓިލައިގެން -- ފޮޓޯ: ރައީސް އޮފީސް
އެ މަޝްރޫއަކީ އެ ރަށާއި މުޅި އުތުރަށް އިގުތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ކުރިއެރުންތަކެއް އަންނާނެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އޭގެއިތުރުން، ރައީސް އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި، އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ކާޑު ހެދުމާއި އެ ރަށު ފުޓުބޯޅަދަނޑު ތަރައްގީ ކުރާ އެއްބަސްވުމާއި ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް ބަކުރުބެ ގެ ސީދީ
31 January 2025
ރޯޑް ކޯޕަރޭޝަނުގައި މެޝިނު ބަހައްޓައިގެން އަޅާ ހާ އެޅި ގަލެއް ހުސްވާ ސަބުބު މިއޮތީ ފެންނަން . ބިންގާ
ރާވެރިބެ
30 January 2025
ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދަނީ ކިހިނެތްބާ؟ ބިންގާ އެޅި އިރު ކޮންޓްރެކްޓަރު ހޮވައިފިބާ؟ މަސައްކަތް ނިންމާ ހުޅުވަން ޕްލޭން ކޮށްފަ އޮތީ ކޮން އަހަރަކު؟ ބިންގާ އެޅި ތާރީޙު ލިޔެފަ ތިތާގަ ބޯޑެއް ބަހައްޓާފަ އިހަވަންދޫ ރައްޔިޔުން ކޮންމެ މަހަކު ބައްލަވާ މަސައްކަތް ކުރިޔަށް ދާ ސްޕީޑް!
ކަތްދައްތަ
30 January 2025
ފިސަރީޒް ކޮމްޕުލެކްސް އަޅަން އައިޖީއެމްއެޗް އާ ޙަވާލު ކުރިނަމައޭ ހިތަށް އަރާ.
ްއޤސ
29 January 2025
ފެހިޖަހާނެ ގަލެއް ބާންދާފި
އޮނަރަބަލް ކުދު ބެއްޔާ
29 January 2025
އަދި އެއްކަމެއް ވެސް ނުކުރޭ . ބިންގާ އެޅުމާއި ވެރިކަމަށް އަންނަން ވީ ވައުދު ތައް ރަށްރަށަށް އަރާ "ކުރާން ފަށާން ނިމާނަން' ގޮވާ ތަކުރާރު ކުރަމުން ދާތަން ފެންނަނީ .
ާއުދުހޭ
29 January 2025
ހުޅުވިފަހުން އެތަށް މަހެއްވެފައިވާ ބޭންކުން ކިހާ ލޯނެއް ދޫކުރެވިއްޖެތޯ؟