ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. މޮޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސް އޮފީސް
30 ޖެނުއަރީ 2025 - 11:45
ރަށްރަށުގެ ތަރައްގީގައި އާބާދީއަށް ބެލުމެއް ނެތި ހުރިހާ ރަށެއް ހަމަހަމަ ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށް ކަމަށްވާ މޮޅަދޫއަށް ރައީސް ވަނީ މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ މޮޅަދޫގެ އާބާދީ މަދުވުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތަކުން މަހްރޫމްވާން ޖެހޭ ސަބަބެއް ނޫން ކަމަަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. މޮޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސަ--- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް، އަޅުގަނޑަށް ހަމަ ހަގީގަތުގައި ވެސް ކޮންމެ ރައްޔިތެއް ވެސް ހަމަހަމަ،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ މިގޮތަށް އާބާދީގެ ގޮތުން ކުޑަ ރަށަކަށް ވިޔަސް އަދި އެންމެ ބޮޑެތި އާބާދީތަކަށް ވިޔަސް، ހުރިހާ ރައްޔިތުން އަޅުގަނޑަށް ހަމަހަމަ."
ރައީސް ވަނީ މޮޅަދޫގެ ރައްޔިތުން އުންމީދުކުރާ ގޮތަށް ބާރު ސްޕީޑުގައި ކަންކަން ކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. މޮޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސް އޮފީސް
ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފުރިހަމަކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އެމަނިކުފާނު ވަނީ މޮޅަދޫގައި ބައެއް މަޝްރޫތައް ހުއްޓިފައި ހުރިކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އެ ރަށަށް އެންމެ މުހިންމު އެއް މަޝްރޫއަކީ ފެނާއި ނަރުދަމާގެ މަޝްރޫއު ކަމަށް ވާއިރު، އެ މަޝްރޫއު ހުއްޓިފައި އޮތުމަކީ ކުރީގެ ސަރުކާރުން ވެފައިވާ އިހުމާލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ މޮޅަދޫގައި ހުއްޓިފައި މަޝްރޫއުތައް އަވަހަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
30 January 2025
ތަރައްޤީގައި ބޮޑުރަށެއް ކުޑަރަށެއް ތަފާތެއްނުވާނެ. ތަފާތުވާނީ ތަރައްޤީވާ ފެންވަރާއި މިންވަރު. އަދި ލިބޭނެ ޚިދުމަތުމަތުގެ ފެންވަރާއި މިންވަރު. ފެންވަރު ރަނގަޅު ޚިދުމަތެއް ބޭނުންވާނަމަ އެފަދަ ޚިދުމަތެއް ލިބެންހުރި ތަނަކަށްޖެހޭނީ ދާން. ނުވަތަ ހިޖުރަކުރަން ޖެހޭނީ. އާބާދީގެ ތިންބައިކުޅަ ދެބައި އުޅޭ ރަށެއްގައި އަޅާފެންވަރުގެ ސިއްޙީ ޚިދުމަތްދޭ ތަނެއް މޮޅަދޫއަކު ނޭޅޭނެ. ތަރައްގީ ކުރެވޭނީ އަބާދީގެ ނިސްބަތުން. ބަލިވީމަ ޑޮކްޓަރަށް ދެއްކެންވާނެ ކޮންމެރަށަކު.
މައްލަންބެ
30 January 2025
ރައީސެއްކަމަކު ތިޔަ ކަހަލަ ވާހަކަ ދައްކަވާކަށް ނުވާނެ ނޫންތޯ ،،، ހުރިހާ ރައްޔިތުން ތަރައްގީގަ ހަމަހަމ އެއްނޫން ތިޔަ ވާކަ ދައްކަވަން އިން މާލަމުން ވެސް އެކަން ހާމަވޭ،،، ކުރިމަތީގައި ތިޔަ ތިއްބެވި ބޭފުޚުން ރައީސް ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް ކޮނޑުހުޅުން ނެއްޓޭ ވަރަށް އަތް ޖހާނެ... އެއީ ވެސް ތަފާތު،،،
ޑރ ވާންޗޯ
30 January 2025
ހުރިހާއެންމެން ހަމަހަމަވާނެ، ރިހާކުރުފުޅި ނެގިމީހާ ފޮޓޯއާއެކީ ފަލަސުރުޚީއަށް، 500 ކިލޯ މިޔަރުމަސް ވަގަށްބޭރުކުރަން އުޅުނުމީހުން ބޮޑުސިއްރެއް، އެތައްހާސް ސިނގިރޭޓް ކާޓަންތަކެއް އެތެރެކުރީމަ ދިވެއްސެއްކަމެއް ބިދޭސީއެއްކަމެއްވެސް ނުބުނެވުނު. ތިހާކަންހާވަރަށް ހަމަހަމަވާނީ!!!!!
މޯޑޭ
30 January 2025
މިދިޔަ ހަފުތާގައި އެއްފަސްކުރުން ނޫން ގޮތެއް ނެތް، މިހާރު ތަފާތެއް ނެތި ހުރިހާ ރަށަކަށް ތަރައްގީ.ހަހަހަހަ
ފިނިފެންމާ ސައީދު
30 January 2025
މީގެ ދުވަހެއްދެދުވަހެއް ކުރިން މިނޫހުން ދުށިން "ރަށުގެ އާބާދީއަށް ބަލައި ސިއްހީ ހިދުމަތް ތަރައްގީކޮށްދޭނަން" މިހެން ރައީސް ވިދާޅުވިއޭ ކިޔާފާ ސުރުޚީއެއް ޖަހާފާ އޮތްތަން.
ޙަސަން އަޙްމަދު
30 January 2025
އިބޫ ކޮޕީކޮށްގެން ދައްކާ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް މިއީ. ބޭނުމަކީ މާލެ ނޫން ސަރަހައްދެއް ތަރައްގީ ނުކުރުން. މިކަހަލަ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކުޅުދުއްފުށީ ކަހަލަ އާބާދީތައް އިހުމާލުކޮށްލުން. އުތުރާއި ދެކުނުގައި އިތުރު ސިޓީތަކެއް ތަރައްގީ ވެއްޖެއްޔާ ދިމްޔާތު ކަހަލަ ތަންތަނުގެ ޑިމާންޑު ކުޑަވެދާނޭ ހީވަނީ.
ސަސި
30 January 2025
ރައީސްއެވެ. އުއްމީދަކީ މި ހަބަރުތަކަށް ކުރާ ކޮމެންޓުވެސް މަނިކުފާނުގެ ޓީމުތަކުން ކިޔާނެކަމަށެވެ. ރ.އިނގުރައިދޫ ވަރަށް ބޮޑަށް ގިރަމުންދާތިޥެ، ހަމަހަމަ ކަމަށް ވާނަމަ އެކަމާވެސް އުޅެދީ ބަލާށެވެ.
ގުއިއްޓެ
30 January 2025
އަދިކިރިޔާ އަޅުގަނޑަށް ތިކަން މިއެނގުނީ. ހަމަމިހާރު މަސައްކަތް މިފެށީ.
ސަޅިބާސާ
30 January 2025
މައްސަލައަކީ މަނިކުފާނުގެ ތަރައްޤީގައި ބައެއް ރައްޔިތުން އެހެން ރައްޔިތުންނަށް ވުރެން މާބޮޑަށް ހަމަހަމައީއެވެ. އަދި މަނިކުފާނު ތަރައްޤީއޭ މުޅީން ފެށިނިމެނީ ޕޯޑިޔަމްގައި ދައްކާވާހަކައިންނެވެ. އަނގައިން އެހެން ވެރިޔަކު ނުގެންނަހާ ތަރައްޤީ ގެނެސް ދެއްވައިފިއެވެ. ނަމަވެސް ޢަމަލެއް ފެންނާކަށް ނެތެވެ. ފެންނާން އޮތީ ޓެކްސް ބޮޑުކުރުމާއި، ދުންފަތާއި އަޅައިގެން އުޅުމާއި، ޑޮލަރު ލިބިއްޖެއޭ ބުނުމެވެ. ޑޮލަރުގެ ބްލެކް މާކެޓް އިހުނައްވުރެން ބޮޑުވުމެވެ.
ބިކަ އިގްތިސާދު
30 January 2025
ކުލި ހުރީ ހުރި ހިސާބުގައި. 30،000 ހާހަށް ކިޔަންޔާ 15މީހުން އުޅެގެން ކުލި ދެއްކޭނީ.
ރާވެރިބެ
30 January 2025
ބަރާބަރު ދެ ދުވަސް ކުރިން ހއ. މުރައިދޫގަ ވާހަކަ ދައްކަމުން ބިދާޅުވީ ‘އެތަނެއްގެ ފެންވަރަށް ބަލާ’ މާނައަކީ އެރަށަކީ ކުޑަރަށެއްތޯ ބަލާ އެރަށަކާ އެކަށީގެންވާ ސިއްހީ ޙިދުމަތް އެރަށެއްގަ ގާއިމު ކޮށްދޭނަމޭ. އަނެއްހެން ގޯސް ވާހަކަ އެއް ނޫން. އެކަމަކު މީހުން ހިތްހަމަ ޖައްސަން މިހާރު އެބުނީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ހަމަ ހަމަކޮށް ތަރައްގީ ކޮށްދޭނަމޭ! މިތަނުން ދޮގަކީ ކޮބާ؟