އައްޑޫ ހަންކެޑެ ބްރިޖު: މިއީ އައްޑޫ ތަރައްގީގެ މުހިންމު މަޝްރޫއުއެއް.
30 ޖެނުއަރީ 2025 - 12:01
އައްޑޫ ސިޓީގެ ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު އާންމުންނަށް ހުޅުވާލައި، ބޭނުން ކުރަން ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓު ފެސިލިޓީގެ ދަށުން ހަދާފައިވާ ޑީޓުއާ ލިންކް ރޯޑު އަންނަ ހޮނިހިރު ދުވަހު އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.
އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް ހަދާފައިވާ އެ ބްރިޖު ނުހުޅުވައި ދިގުލައިގެންދާތީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ދާދިފަހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އޭނާގެ ފޭސްބުކްގައި މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކޮންޓްރެކްޓަރު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާފައިވާއިރު ބްރިޖު ނުހުޅުވައި ލަސްވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ބްރިޖު ހުޅުވުމާއި ވީރާނާވެފައިވާ ލިންކްރޯޑް އަލުން ހެދުމާއި ހަންކެޑެ ސަރަހައްދުގައި ހަދާފައިވާ ވަގުތީ ވެލި މަގު މަރާމާތުކުރުމުގެ ޒިންމާ އޮތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއަށް. މި މަސައްކަތްތަކަކީ އައްޑޫ މަގު ހެދުމުގެ މަސައްކަތުގައި ހިމެނޭ މަސައްކަތްތައް،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވަނީ މަސައްކަތްތައް އަވަސްކުރުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. އަދި އެދެވޭ ޖަވާބެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެ ވެސް ވެ އެވެ.
މިދިޔަ ޖުލައި މަހު އެ ބްރިޖް އާންމުންނަށް ހުޅުވާލާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. ދެ އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރީ 77.6 މިލިއަން ޑޮލަރު (1.1 ބިލިއަން) ރުފިޔާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަގޭ
30 January 2025
ތަހުޒީބު ގޮތަކީ ތިޚިޔާލާއި މަސައްކަތުގެ މޭސްތިރިޔާ ރ. ށޯލިޙު ތިޔަތަން ހުޅުވުގެ ރަސްމިއްޔާތުގައި ބައިވެރި ކުރެއްވުން ...
ދަގަތްފާނު
30 January 2025
މަބުނީ، ކ.އަތޮޅު ހުޅުމާލޭ މެދުގަ މާ އާޓުބޮޑު ޒާތަކަށް ހަދާފަ އެހުންނަނީ ކީއްކުރާ ބުރިޖުތަކެއްތަ. އެދޭތެތެ ހިއްކާފަ ގޯތިފިނުމުގެ ވިސްނުމެއް ނެތީތަ.
ކެޑި
30 January 2025
ގައުކެޑި އަކީ އައްޑޫގެ ވަކިރަށެއްނޫން . އެއީ ހިތަދޫގެ ބައެއް. އައްޑޫ ގައުކެޑިއެއްނޫން އައްޑޫ ހިތަދޫ ގައުކެނޑި އަދި ހިތަދޫ ހަންކެޑަ
ނެއިވް
30 January 2025
ކޮންގޮތަކަށް ހިތަދޫ ތަނަކަށް ވީ އެއީ ފަޅު ރަށް ތަކެއް. ގައުކެނޑި، ހަންކެޑެ، ރުއްޖެހެރެ... ހިތަދޫގެ ބައެއް ނޫން. މުޅި އައްޑޫ ބަނޑު ދަށުލާންވީނު..
މުޑިއެރުން
30 January 2025
އެކްސިޑެންޓް ނުވާނެގޮތަށް ބަލައިގެން ދުއްވާތި. އެކްސިޑެންޓެއްވެ ފުރާނައެއް ގެއްލިއްޖިއްޔާ އެ ތަން ހެދީމާ ވީކަމެކޭ ނުގޮވާތި
5
30 January 2025
އޮންރަބުލް އައްޑޫރަދުންގެ އަނގަ ބަންދުކޮށްލައިފި.
އަބްޑޫޅް +
30 January 2025
ހުޅުވާ ނުމުނު އިރު، ހަންކަނޑާލައިފި ދޯ؟
ޑރ ވާންޗޯ
30 January 2025
ބަޔަކު ހަންކެނޑިގެން ހަދާފައޮތް ބުރިޖްއެއް، ހަމަ ހުޅުވާލާއިރަށް ދުންޖަހާފަގޮސް ވެއްޓި ހަންކެނޑޭނީކީނޫން.
ފޮޓޯ
30 January 2025
އައްޑޫގެ މޭޔަރު ސްލޯކަމުން ވާގޮތް. ރައީސް ސްލޯވެގެނެއްނޫން.
މިހާރުގެ ޖީލު
30 January 2025
ޑރ.މުއިއްޒުގެ ވާހަކަ ދޮގުކުރާ މީހުނަށް. ޑރ.މުއިއްޒުގެ ވެރިކަމުގައި ފެނޭތަ ކަންކުރާތަން؟ ނުފެންނާނެދޯ ކަނުު ބަޔަކަށް. ޑރ.މުއިއްޒު އެއްވަނަ އަދި އެހާމެ ސްމާޓްވެފަ މޮޅު. އިންޑިޔާ ބޭރުކޮއްލީ، ރ.ޔާމީނު ބޭރުކޮއްލީ ނުވީތަަަކުން އަދުރޭވެސް ބޭރުކޮއްލީ. މިވަރުގެ ގަޓުހުރި ވެރިޔަކު ދުވަހަކުވެސް ނުލިބޭނެ.
ބަރުބާދު
30 January 2025
އަނެއްކާވެސް ރިބަންކަނޑާލީ، ޔާމީނުގެ ހުސްގޮނޑި ބަހައްޓައިގެން ވެރިކަންހޯދާލީ، އިންޑިޔާމީހުންގެ ޔުނީފޯމްތަށް ބާލުވާފަ ޓީސާޓަށްހަދާލީ، އަދުރޭގެ އަދުރެމެޓިކްސްގެ ބޭނުން ކެނޑުނީމަ ފޮޅާލީ.
ތަންދޮރުނޭނގޭ
30 January 2025
ވާނުވާ ނޭނގެނީތަ ނޫނީ އެނގިތިބެ ދޮގުހަދައި އޮޅުވާލަނީތަ!
މުރުގަ
30 January 2025
މި ޚަބަރުގައި ލިޔެފައި ހުރި ތާރީޚުތައް ބަލާފައިތަ ތިޔަކޮމެންޓް ކުރަނީ؟
ސަލީމު އިދުރީސް
30 January 2025
ވަށައިގެން ކަނޑުއޮތް ކުޑަ ދަންކޮޅެއްގަ ކޮޅަކައް ދެވެހިކަލު ދެވޭވަރު ބޭކާރު ފުޅާ މަގުތައް ހަދަނީ ތަރައްގީއަކީ ފުމަގުތައް ކަމައް ވިސްނިފަ އޮންނާތި ކަމައް ވެދާނެ
ބަގީރު އަދުކޭސް
30 January 2025
ކީކޭ ކިޔަން ތިއުޅެނީ
ރޫބީ ޑާލިންގ
30 January 2025
ހާދަ މޮޔަ މީހެކޭ ދޯ މީ! ބަލަ އެތަންކޮޅު ކުޑަޔަސް ކުރިޔަށް އޮތީ ދިގު ސަރަސަރު މަގެކޭ! ލިންކް ރޮޑޭ! ހާދަ ބައިވަރު ވެހިކަލް އައޤޑު ގެ ގުޅިފައިވާ ރަށްތަކުން އެ ތަންކޮޅު ހުރަސްކޮށްފަ ލިންކަށް އަރަޔޭ ދެން ދެވެހިކަލް ދެވޭ ވަރަށް ނަހަދަންޏާ އެކްސިޑެންޑް ވާނީ! ކޮމެންޓް ކުރާ އިރު ވިސްނާލިނަމަ! ހަސަދަ ފިލުވާލީ ދޯ
ސަލީމު އިދުރީސް
30 January 2025
އައްޑޫ އާބާދީގަ ފަންސާސް ހާސް ހަމަނުވާއިރު ކޮންތާކުން އައިސްތޯ އެތަނައް ތިބުނާވަރައް އެއްޗެތިއަރާނީ؟ އެތައް މިލިއަނެއް ދިއުޅޭ ސިޓީތައް ގާތްގާތުގަ ހުންނައެތައް ގައުމެއްގަ އެއްޗެތި ދުއްވައިފިން ތިކަހަލަ ވިލެޖުތަކާ ގުޅިފަހުންނަ ލިންކުރޯޑު ހުންނަނީ މެދުންބައިނުކޮއް އެއްޗަކައް ކޮޅަކައް ދެވޭވަރު ހަނިކޮއަ އެމަކު އެތަންތޮއްނުޖެހޭ އައްޑޫގެ އާބާދީއައް ކުރިއައް އޮއް އެއްހާސް އަރުންވެސް ލައްކައެއް ހަމަނުވާނެތި މިބުނަނީ ތިވަރު ފުޅާކޮއް ދިތަން ހަދަންނުޖެހެޔޭ
ޙަސޭ
30 January 2025
ރަނގަޅުފެންވަރުގެ މަގުތަކާ ފެނާނަރުދަމާޔާ ނެތި ތަރައްގީނުވާނެ މަކޮޔާ. ހަދަފަހަތުގައޭ ޗަކޮއި ތިހިރީ.