ހަންކެޑެ.
30 ޖޫން 2025 - 15:07
ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓާލަން ސަރުކާރުން މަޖުބޫރުވީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.
މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން 2005 ގަ އެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން މި މަޝްރޫއު ހިންގަން އިއުލާންކޮށް، މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.
މިދިޔަ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ހެންކެޑެ ތަރައްގީކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ. ނަމަވެސް، އެ މަޝްރޫއުގައި ސަރުކާރުގެ ވިސްނުން މިހާރު ވަނީ ބަދަލުވެފަ އެވެ.
ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ނިންމާފައިވާ ރަށްތައް ޓޫރިޒަމް މިނިސްޓްރީން ރޭ އިއުލާންކުރިއިރު އޭގެ ތެރޭގައި އައްޑޫ ސިޓީ ހަންކެޑެ ވެސް ހިމެނެ އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އައްޑޫގެ މޭޔަރު ވިދާޅުވީ، ހަންކެޑެ މަސައްކަތް ހުއްޓާލަން މަޖުބޫރުވީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުގެ ސަބަބުން ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ބާރުވެރި ކަމެއް ނެތުމާއި ރާއްޖެއަށް އެހީވުމަށް ތިބި ބޮޑެތި ގައުމުތަކާ އެކު އޮންނަން ޖެހޭ ގާތް ގުޅުން ނެތުމަކީ ވެސް އެ މަޝްރޫއު ކުރިއަށް ނުދިޔަ ސަބަބެއް ކަމަށެވެ.
"ސަރުކާރުގެ މާލީ ސިޔާސަތަށް ޗައިނާ ސަރުކާރުގެ އިތުބާރު ގެއްލިފައިވުމަކީ ހަންކެޑެ ޕްރޮޖެކްޓް ފެއިލްވުމުގެ އެންމެ ބޮޑު އެއް ސަބަބު،" އޭނާ ވިދާޅުވި އެވެ.
ހަންކެޑެ ތަރައްގީކުރަން އެމްއެފްއެމްސީ އިން އޭރު ހަވާލުކުރީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. އެއީ 2،082 އެނދު ހިމެނޭ ގޮތަށް 1،041 ކޮޓަރި ހެދުމަށެވެ.
ހަލާލު ޓޫރިޒަމަށް އެ ރަށް ތަރައްގީ ކުރަން ނިންމިއަސް އޭގެ އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
ނިޒާރު ވިދާޅުވީ 2،000 އެނދުގެ ބޮޑު މަޝްރޫއު އުވާލައި 50 ކޮޓަރީގެ ކުޑަ ހޮޓަލަކަށް ހަންކެޑެ ބަދަލުކޮށްލީ ކުރިއަށް ހުރި އިންތިހާބުތަކުގައި ހަންކެޑެ ޕްރޮޖެކްޓާ ގުޅިގެން އާއްމުކުރާ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތުމުން ކަމަށެވެ.
"ހަންކެޑެ ޕްރޮޖެކްޓް ކެންސަލްވުމަކީ އައްޑޫގެ އިގްތިސާދަށް ކުރެވުނު ޕްލޭންތައް ފުނޑުފުނޑު ކޮށްލުން. ދެން އެންމެ މުހިންމު ކަމަކަށް ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދެއްވަން ނިންމަވާ ހަދިޔާއަކީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ހަލާކުކޮށްލައި ރަށްތައް ބައިބައި ކުރުމަށް ފަހު އައްޑޫގެ ނަން ފޮހެލުން،" ނިޒާރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަބުއި
01 July 2025
ނިޒާރޫ. ތިދައްކާ ވާހަކައިގެ އޮއްޓަރެއް ނެތަސް ކަރުގެ ނާރުތައް ފުއްޕާފަ ވާންކޮށްފަ ބަހައްޓާ. ދެން ނެތް މާގިނަ ދުވަހެއް.
ށަމީމާ
01 July 2025
ފުނައޮށެއް ވަރު ތި ހަންކެޑެއަށް 120މ usd ކީއްކުރަން 500މ ވެސް ދޭން ތައްޔާރައް ޗައނ ތިމީހުންތިބީ. އަދިކޮން ސަރުކާރަކުންތޯ ތީގަނުހިފާނީ، ތި އޮނަރަބަލް ކިޔަކަސް ހަމަ މަރުމޯލުން މީ، ތި ފައިސާކޮޅު ދޭންބުނި ދުވަހު ރޭ ނުވަނީސް އޑޔ ހައިކޮމިސަނުން ފަތްކޮޅު އައިސްފި އބއަށް ނުވާނޭކިޔާފަ މީ އޑޔގެ މިލްކެކޭ، ޗއނއަށް ހަމެތްނުފެތުރޭނޭ ކިޔާ.ދެން ސަރުކާރުނިމެންދެން އބވެސް މިކުރަނީ، މިނިމެނީގަ ތިބީ ހުވަފެންދައްކަން، އެމޑޕީ ވިއްކާފަ ސޮރީ. ތިތަނާނުކުޅެވޭނެ. ސަލާމ
ޑރ ވާންޗޯ
30 June 2025
ތިޔަތަން ރަނގަޅުވާނެ ހުރިހާ ބުޅާތަށް ގެންގޮސް ދޫކޮށްލަން.
އޮނަރަބްލް އަފީފު ދީދީ
30 June 2025
އައްޑޫ ލޯންގް ބީޗް ބިމުގައި މަތީގައިދެންނެވި ފަދަ އަށްޑިހަ ނުވަތަ 100 ހޮޓާ ތަރައްޤީކުރަން 10 ހާސް އަކަފޫޓްގެ 100 ބިން ކަޑައަޅުމަށް ފަހު އައްޑޫސިޓީ ރަށްވެހި ވިޔަފާރިވެރިންނަށް %70 އަދި ފުވައްމުލަކަށް %15 ހުވަދޫއަށް ވެސް %15 ބިން ޙާއްސަކުރުމަށް ފަހު ބިން ޙަވާލުކުރާތާ 5 އަހަރު ދުވަހުގެތެރޭގައި އިމާރާތް ނިންމާ ޓްއަރިޒަމް އިން ދޫކުރާ ހޮޓާހިންގުމުގެ ލައިސެންސް ނެގުމަށް ލާޒިމްކޮށް އައްޑޫ، ފުވައްމުލައް އަދި ހުވަދޫގެ ވިޔަފާރި ވެރިންނާއި ބިން ޙަވާލު ކުރޭ.
މުލުކާށި
01 July 2025
ބާކީ ފަސްޕަސެންޓޯ
އޮނަރަބްލް އަފީފު ދީދީ
30 June 2025
ފަތުރުވެރިކަމުގެ ވިޔަފާރިއަށް އިންވެސްޓްކުރަން ޝައުޤުވެރިކަންހުރި ދެކުނު 3 އަތޮޅުގެ ވިޔަފާރިވެރިންނަށް Addu Long Beach ބިމަށް ކުރިމަތިލާން ހުޅުވާލުކުގެކުރިން ޓްއަރިޒަމް ބޭނުމަށް މިހާރު އައްޑޫސިޓީއިން ދޫކޮށްފައިވާ ބިންތައް ލިބުނު ހުރިހާފަރާތްތަކަށް އެމީހުންބޭނުންނަމަ، އެފަރާތްތަކަށް ލިބިފައިވާ ބިން "އައްޑޫ ލޯންގް ބީޗަށް" ބަދަލުކުރަން ފުރުަސަތު ދޭންވާނެ. އަދި އެބިކުގައި އިމާރާތެއް ކޮށްފައިނުވާނަމަ، އިތުރުބަދަލެއް ދޭންނުޖެހޭގޮތަށް މިކަން ކުރެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
30 June 2025
މިހާރުގެ ބިންތައް އައްޑޫ ލޯންގް ބީޗަށް އެލޮކޭޓް ކުރާއިރު ކުރީގެ ބިމުގައި އިމާރާތް ކޮށް މަސައްކަތުގެ ބޮޑު ބައި ނިންމާފައިވާނަމަ، އެމީހުން ކޮށްފައި ހުރި އިމާރާތް ކައުންސިލަށް ދޫކޮށްލާނަމަ ލޯންގް ބީޗުން އެމީހުނަށް ލިބޭ ބިން އެހެން ފަރާތް ތަކަށް ވުރެން އިތުރު 5 އަހަރަށް ލީޒް ކުރެވޭ ގޮތަށް އެއްބަސްވުމުން ދެފަރާތަށް ވެސް ގެއްލުން ނުވެ މިމައްސަލައަށްވެސް ހައްލު ހޯދޭނެ. އަދި މިގޮތަށް ލިބޭ އިމާރާތް ތަކުގައި ސިޓީ ކައުންސިލްގެ އަވަށު އޮފީސްތައް ހިންގިދާނެ.
އޮނަރަބްލް އަފީފު ދީދީ
30 June 2025
އައްޑުއަށާއި އައްޑޫ ރައްޔިތުންނަށް ހެޔޮއެދޭ މީހަކަށްވާތީ، އައްޑޫސިޓީގެ މޭޔަރާއި ކައުންސިލަރުންގެ ކިބައިން އާދޭހާއި އެކު އަޅުގަނޑު އެދެނީ "ވަގުތީ ފައިދާ އަކަށް ކައުންސިލް ބަޖޭޓަށް ލިބޭ ފައިސާ ކޮޅަކަށް ވިސްނުމުގެ ބަދަލުގައި" އަދި މާދުރުގައި ތިބި އަހަރުމެނާއި ބީރައްޓެހި ބަޔަކަށް އަހަރުމެންގެ އަތްމަތީގައި އޮތް އިލާހީ އެއްމެދު މުދާ ދޫކޮށްނުލާ އެއްފަހަރާ ފައިސާ ފުންޏެއް ނުލިބުނުކަމަށް ވިޔަސް ދެކުނު ރައްޔިތުނަށް އިސްކަންދީގެން ލޯންގް ބީޗް ބިން ދޫކުރަން.
ޝިނާޒް .
30 June 2025
މޭޔަރުވެސް މޭޔަރުގެ ޤާނޫނީ ޒިންމާ ރަގަޅަށް އުފުލާ ނަމަ މިއަދު އައްޑޫ ރައްޔިތުން މިހާލަތަށް ވެއްޓިފައި ތިބޭކަށް ނުޖެހޭނެ. އެމްޑީޕީ ސަރުކާރު އޮތް އިރު ތިއިން އެއްވެސް ކަމަކަށް ވާހަކަ ނުދައްކާ އައްޑޫގައި ކުރަންޖެހޭ ހުރިހާ ކަމެއް ކޯށް ނިމިއްޖެއޭ ޗާޓް ބަދަލު ވެއްޖެއޭ ނުކިޔާ ކަންކަން ނުކުރުވީ ކީއްވެ؟
ޑރ ވާންޗޯ
30 June 2025
އަދިވެސް ތިޔަނަން ބަދަލުކުރާކަށްނިވޭތަ؟. އެއްވެސް ސަރުކާރެއްނާދޭ ތިޔަކަމާއުޅެއުޅެ ހަންނުކެނޑޭ.
އޮނަރަބްލް އަފީފު ދީދީ
30 June 2025
އައްޑުއަކީ މިތަނުގައި ހޯމް ސްޓޭ، ގެސްޓް ހައުސް، ސިޓީ ހޮޓާ އަދި ފަސް ތަރީގެ ރިސޯޓް ވެސް ތަރައްޤީ ކުރެވޭނެ މާލީ ތަނަވަސްކަން ހުރި އެތައް ބަޔަކު ރަށްވެހިންގެ ގޮތުގައި ތިބި އެމީހުންގެ އާއިލާވެސް އެތަނުގައި ދިރިއުޅޭ އެމީހުންގެ ވަތަން. ލޭބަރުން ފެށިގެން ސެމީ ޕްރޮފެޝަނަލް އަދި އެންމެ މަތީ ފެންވަރުގެ ޕްރޮފެޝަނަލް ގިންތީގެ ހުރިހާ ދާއިރާއަކަށް ފުދިގެން ބާކީވާ ވަރަށްވެސް އައްޑޫގައި އިންސާނީ ވަސީލަތް އެބަހުރި. އަދި އައްޑު އަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ސިޓީ.