ޚަބަރު

ކުންފުނިތަކުގެ ވެރިންނަށް ގިނަވެގެން ދެވޭނީ 90،000ރ. ކަމަށް އަންގައިފި

ފިނޭންސް މިނިސްޓްރީ: މިމަހުން ފެށިގެން ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުވެގެން ލިބޭނީ 90،000 ރުފިޔާ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މިއަހަރުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނީ 90،000ރ. ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފަ އެވެ.

ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާފައިވާ އެ ފިޔަވަޅުތައް ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏަކަށް ހިނގާނެ ކަމަށެވެ. ނަމަވެސް ކުންފުނިތަކުގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުން އޭގެ ތެރޭގައި ނުހިމެނޭ ކަމަށް ވެސް އެ ސާކިއުލާގައި ބުންޏެވެ.

އެ ސާކިއުލާގައި ބުނީ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންނަށް އެންމެ ބޮޑުވެގެން ދެވޭނީ 90،000ރ. ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށާއި އެހެންވެ، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރަށް އަމަލުކުރާނީ އެގޮތަށް ކަމަށެވެ.

ނަމަވެސް ކުންފުނިތަކުގައި ހިމެނޭ ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން އެ އުސޫލުން އިސްތިސްނާވާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

އެ ސާކިއުލާގައިވާ ގޮތުން ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެނިހެން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވެސް 90،000ރ. އަށް ވުރެ އިތުރުވާނަމަ، އިތުރުވާ ބައި އުނިކުރަން ޖެހޭނެ އެވެ. އަދި މުވައްޒަފުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ޕީސީބީން ވަނީ އަންގައިފަ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ވެސް ނިންމަަވައިފަ އެވެ.

އެ ނިންމެވުމަށް ފަހު އެމަނިކުފާނު ވެސް ވަނީ މުސާރައިން 50 ޕަސެންޓް ނުނެގުމަށް ނިންމަވައިފަ އެވެ. އެއާ އެކު ރައީސަށް ދެން ލިބިވަޑައިގަންނަވާނީ 50،000ރ. ގެ މުސާރައެކެވެ.

ދައުލަތުގެ ދަރަނި ބޮޑުވެ، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާތީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިބި 228 މުވައްޒަފަކު މަގާމުން ވަކިކުރަން ވެސް ރައީސް ނިންމެވި އެވެ. އެ ނިންމެވުމުގެ ސަބަބުން މަހަކު 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ނަމަވެސް ވަކިކުރި މީހުންގެ މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

24 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 13%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

31 January 2025

ޙަރަދު ކުޑަކުރުމަށް ކުރާންޖެހޭ މަސައްކަތް ނުކޮށް "ރައްޔިތުން އޮޅުވާލުމަށް" ތިފަދަ އަޑު އަރުވާނެ ކަމެއްނެތް. ބަޤުރޫޓްވެ މަރުފަލިޖަހަމުންދާ FENAKA ހެޑް އޮފީސް ކ.އަތޮޅު މާލޭގައި ބަހައްޓައިގެން މުޅި އައްޑޫސިޓީގެ ކަރަންޓް ދިނުމަށް ނުކުރާ ޙަރަދު މާލޭގައި ހުންނަ ފެނަކަ އޮފީހަށް ކުރާއިރު ކީއްވެގެންތޯ ފެނަކަ އޮފީސް އައްޑޫސިޓީ އަށް ބަދަލު ކުރަން ޕީސީބީގެ ފަރާތުން ފެނަކަ ކުންފުންޏަށް ނާންގަނީ؟ ފެނަކަ އޮފީސް ތިރަށުގައި ހުރުމުގެ ބޭނުކަމީ ކޮބައިތޯ؟!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

31 January 2025

ރައީސް އަންގަވައިގެންވެސް ދައުލަތުގެ ޤާނޫނުއަސާސީ އާއި ޙިލާފު ކަމެއް Privatization and Corporatization Board އަކަށްވެސް ނުކުރެވޭނެ. ތިޔަ ނިންމުމަކީ ރާއްޖޭގެ ޤާނޫނުއަސާސީގައި ބުނެ އަމުރު ކޮށްފައިވާ އުފަންވި ރަށަކަށް، ކުލައަކަށް، ނަސްލަކަށް، ޖިންސަކަށް، ބަލުމެއްނެތި ހަމަހަމަ އުސޫލުން ކަންކަން ކުރުމާއި ފުށުއަރާ ރޭސިޒަމްގެ އަމަލެއް. ދޭސީ ބިދޭސީއެއް ނެތި މޫހާގެ ފެންވަރަށް ހުނަރަށް ވަޒީފާ ދޭނަ މުސާރަ ތަފާތު ކުރުމަކީ ވަރަށް ވިޔާނުދާ ކަމެއް އިގޭތޯ.

The name is already taken The name is available. Register?

އެމްޑީ ބޮންދު މިއާ

31 January 2025

އެވެސް ދިވެއްސަކަށްވީތީ. ބޭރު މީހުނަށް ލިމިޓެއްނެތް؟ ކީއްވެ މި ތަފާތުކުރުން ސަރުކާރުގައި މިހާ ބޮޑީ؟ ޓީޗަރުންނާއި ޑޮކްޓަރުން އަދި ނަރުހުންނާއި ދެންވެސްތިބި ހުރިހާ ދާއިރާތަކެއްގައި ދިވެހިންނާއި އެއްވަރު މުސާރަ އެމީހުނަށްދީ، އިތުރަށް އެކޮމޮޑޭޝަން އެލަވަންސާއި ފުޑް އެލަވަންސް މިދެނީ އަހަރެމެން ދިރިއުޅެނީ ނުކައިނުބޮއި ސަރުކާރުން ހިލޭދީފަހުރި ތަންތާނގަތަ؟

The name is already taken The name is available. Register?

ސަމްސް

31 January 2025

އެސްޓީ އޯ ސަބްސިޑައިރީ ތައް ރަގަޅަށް ބަލާލަބަ. ގިނަ މެނޭޖަރުން ވެސް އެއްވެސް ސެޓްފިކެޓ އެއްނެތް އެމީހުންވެސް ހަމަ ބޮޑެތި މުސާރަ ނަގާ ކަމެއް ނުކުރެ. ކިޔަވައި ޑިގްރީ ހެދި ކުދިން ހަމަ ތިބީ ތިބި ގޮތައް. ވ ދެރަ އެސްޓީއޯ ބޯޑުން މިކަން ކަން ބެލުން ވ މުހިއްމު.

The name is already taken The name is available. Register?

ހަމްދާ

30 January 2025

ވަރަށް ކުޑަ މުސާރައެއް

The name is already taken The name is available. Register?

ލަތީފާ

30 January 2025

މަލްސާ، ޝިއުނާ އަށް މި ސަރުކާރުން އެއްކަމެއް ވެސް ނުކޮށް 40،000ރ. ކުރީ ސަރުކާރުން، އެމްއޭސީއެލްގަ ވައިވެގެން ކެފޭތަކުން ޓުވިޓާރގަ މީހުންނަށް ފުރައްސާރަކުރަން އުޅުނު ޖެނީ އަށް ވެސް ބޮޑު މުސާރަދިން. ދެނޯ؟

The name is already taken The name is available. Register?

ލޭޑީގާގާ

31 January 2025

މިކަންވެއްޖެ ކޮންމެ ދުވަހަކު އެންމެނަށް ހަދާން ކޮއްދޭން.

The name is already taken The name is available. Register?

ޕާންމަރީ

30 January 2025

އަޗި ތިވަރަކުން ނުވާނެ. ވައްކަން މެކުހައް ޖަހާނެ

The name is already taken The name is available. Register?

އިއްޒުއްދީން

30 January 2025

މިހުންނަނީ ރައްޔިތުން އަޑުއުފުލާ މުޒާހަރާ ކުރަން ވީ ކަންކަން. 90،000 ހާސް ކުންފުނިތަލުގެ ވެރިންނަށް ދިނުން. ކިތައް މީހުންގެ އާސަންދަ ކިތައް ކިތައް ރައްޔިތުންގެ އަސާސީ ކަންކަން ކުރެވޭނެ ފައިސާ !!

The name is already taken The name is available. Register?

ހައި ރިސްކު

30 January 2025

ކިހާ ރިސްކީ ޖޮބަކަށް ވެގެންތަ ލައްކަ ޔަކާ ކައިރިޔަށް އެމީހުންނަށް ތިޔަ މުސާރަ ދޭން ޖެހެނީ؟؟ އެންމެ ރިސްކީ އޮޕަރޭޝަންތައް ކުރާ ސަރުކާރު ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން ނަށް ވެސް 50000 ވެސް ނުޖެހޭ. ލަދެއް ވެސް ނެތީތަ ހައްގު ނޫން މުސާރަ ކާން އަޅެ؟؟؟ .

The name is already taken The name is available. Register?

ހެޔޮ ނުވާނޭ ކަލޭނޭ!!!

30 January 2025

މިގައުމުގެ ގިނަ ރައްޔިތުން މާލޭގައި ކުލީގެ އަޅުންގެ ގޮތުގައި އުޅެން މަޖުބޫރުވެ ދެތިން ވަޒީފާ އަދާ ކުރާންޖެހި ބޮޑެތި ބަލި ވީމަ ސަލާންޖަހާ ފަންޑު ފޮށި ބަހައްޓައިން އުޅޭއިރު ކުންފުނިތަކު ވެރިންނަށް 90،000 މުސާރައޭ ބުނީމަ އަހަރެން ހަމަ ކޮސް ވެއްޖެ. މުއިއްޒުގެ ވެސް ހުރި ނުބައިކަން ދެކިބަލަ. ރަނގަޅު ވެރިއެއް ނަމަ ތި މުސާރަތައް 30000 އަށް ތުރެ އެންމެ ރުފިޔާއެއް ވެސް ބޮޑު ނުކުރާނެ!! ގައުމުގެ އިގުތިސޯދު އޮތީ ތިކަހަލަ ބޭކާރު ހަރަދު ތަކާ ހެދި ނޭވާ ހޮޅީގައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454