އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އެ ދެމެދުގައި އެޅި ހަންކެޑެ ބްރިޖު.-- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ
01 ފެބުރުއަރީ 2025 - 12:50
އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ހަދާފައިވާ، އައްޑޫގެ ހަންކެޑެ ބްރިޖު އާންމުންނަށް ރޭ ހުޅުވާލައިފި އެވެ.
މި ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލީ ރޭ ދަންވަރު 12:00 އިން ފެށިގެންނެވެ.
ދޮޅު ކިލޯ މީޓަރުގެ ބްރިޖު ހުޅުވާލުމަށް، އެ ބްރިޖާ ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯ އަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބައެއް ބަދަލުތައް ވެސް ގެނެސްފަ އެވެ.
• މަރަދޫގެ ހިޔާ ފަންނު މަގާއި ވައިފަހި މަގު އަދި ޖަމާލީ ގޯޅި ވަންވޭއަކަށް ބަދަލުކުރުން.
• ލިންކް ރޯޑުން ހަންކެޑެ ކޯޒްވޭގެ މަރަދޫއާ ގުޅޭ ހިސާބުން މަގު ބަންދުކުރުން.
• ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި އެއްގަމުއުޅަނދު ވަގުތީ ގޮތުން މަގުގެ އެއްފަޅީގައި ޕާކް ކުރާ ގޮތަށް ހަމަޖެއްސުން.
• ދަންވަރު 1:00ގެ ފަހުން ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި ދާއިމީ ގޮތެއްގައި ޕާކް ކުރުން މަނާކުރުން.
އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް ހަދާފައިވާ އެ ބްރިޖު އާންމުންނަށް މި ހުޅުވާލީ އެ މަސައްކަތް ނިމިފައި އޮންނަތާ އެތައް ދުވަހެއްވީ ފަހުންނެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. ދެ އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރީ 77.6 މިލިއަން ޑޮލަރު (1.1 ބިލިއަން) ރުފިޔާއަށެވެ. އެކަމަކު، މަސައްކަތް ނުނިމި ވަރަށް ބޮޑަށް ވަނީ ދިގުލައިގެން ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާނާ
02 February 2025
ހިތަދޫ ބުރިޖް ކިޔުން ނޫން ގޮތެއް ނެތް
އަބީލް
01 February 2025
ބްރިޖް،ކޯޒްވޭ އަދި ފާލަމެކޭ ކިޔަސް ނިމިދިޔަ ސަރުކާރުން ތިކަން ކުރި ބޭނުމުގެ ވާހަކަ މިސަރުކާރުން މިހާރު ނުދައްކަނީ ކީއްވެގެންތޯ؟
ޝަރީބޭ
01 February 2025
ޝުކުރިއްޔާ ރައީސް އިބޫ.
ގުދުގުދާބެއްޔާ
01 February 2025
ލޮލަށް ހިނިއަރައިގެން އުޅޭ ކުދިން ބޫންބޫންލާފަ ސައިކަލް ދުއްވާފަ ގޮސް ތަނަކަށް ނާރައިފިނަމަ ރަގަޅު! 80 އަހަރުތަކުގައި އުޅުނު ގުއިކާޓް އިބްރާހިމްދީދީގެ ފެމެލީން ފައިސާދީފަ ބުނީ ހައްޖައްދާށޭ! އޭނާބުނީ ހައްޖެއް ނުދުވާނެޔޭ! ސައިކަލޭ ދުވާނީ! މިހެންބުނެފަ އެފައިސާއިން ގަތީ ސައިކަލެއް! އެގަނެގެން ދުއްވާފަ ދިޔަގޮތައް ގޮސް ހުވަނދުމާގޭ ފާރަށް އަރާފަ އެއްލޯ ހަލާކުވި!
އެންމެން ހެޕީ
01 February 2025
ތެންކްޔޫ ފޮ ދަ އިބޫ ވަންސް އަގައިން
ބުރިޖު
01 February 2025
މި ބުރިޖަށް ކިޔަންވާނީ ‘ މަރަދޫ ބުރިޖު ‘
ހަމްދާ
02 February 2025
ޢެކަން އެހެން ނުވާނެ
ކަންދޭ
01 February 2025
ތިޔައީ ކޯޒްވޭއެއް. ބުރިޖެކޭ، ރަންވޭއެކޭ އެހެން އެއްޗެކޭ ކިޔަސް!
ބޮންދޭ
02 February 2025
ވަރަށް އަސަރު އެބަކުރޭ ދޯ. ދެރަވަންޏާ ފާލަމޭ ކިޔާ. އިނގިރޭސި ޑިކްޝަނަރީގައި އޮތީ ކޯރެއްފަދަ ތަނެއް ހުރަސްކޮށް މީހުންނާއި އުޅަނދުތަކަށް ދަތުރުކުރެވޭހެން ހަދާ ބިނާއަކީ ބުރިޖެކޭ. ރަދީފުގައިވެސް އޮތީ ބުރިޖަކީ ކޯރެއް ފަދަތަނެއް ހުރަސްކުރަން ސަތަހައިން މަތީގައި ހަދާ ފާލަމެކޭ. އަހަރެމެންނަށް ހެޔޮ ކޮންމެ ނަމެއް ކިޔަސް. އެއޮތީ ހަދާފަ ހުޅުވާފަ.
ނޭގުނަސް
03 February 2025
އެކައްޗެއް ނޭގުނަސް ހެސްކިޔާފަ ކޮމެންޓްކޮއްފަ ބަހަޓާ..
ބަފަލޯ
01 February 2025
ޓުވީޓަކުން މާސިންގާ ބުރިޖު ހުޅުވޭއިރު އުތުރު ރަށްރަށުގަ އޭޓީއެމް ހުޅުވަން ބޮޑެތި ވަފްދުތައް ގޮސްގެން އެޖަހާ ސަކަރާތް ހުއްޓާލަން އެބަޖެހޭ.
އަލިދީ
01 February 2025
އޭޓީޢެމް ހުޅުވާކަށް ނޫނޭ ދަނީ.... އެ ބަހަށްޓާނެ ކަމަށް ވައުދުވާން kuraa ދަތުރެއް އެއީ.
ސަރުސަނާ
01 February 2025
އައްޑުއަށް ރައީސްއަކަށް ނުކެރޭނެ ދާކަށް! އައްޑޫ ރައްޔިތުން ކަނު އަނދިރީގައި މިސަރުކާރު އައިފަހުން އުޅެނީ! ހައްލު ހޯދަން އެއްވެސް މަސައްކަތެއް ނުކުރޭ! އަދި ފެނަކައަށް ދެފަހަރު އެމްޑީން ލީއިރުވެސް އެމީހުންނާއި އެކު އައުވާނުން ވައްދައިގެން ކުރަނީ އެއްކަމެކެވެ. މިހާލަތުގައި އައްޑޫ މީހުންނަށް ފިއްލަވައިގެން އުޅުން ރައީސް ހިތްޕުޅުން އެއްމެ މޮޅު އިތުރުވެގެންވާ ގޮތަކީ! ކީކޭ ދެން ބުނާނީ!
ޑރ ވާންޗޯ
01 February 2025
ދެން ހޭކެނޑިގެން ދުންޖަހާފަގޮސް ވެއްޓި ހަންކެނޑޭނީކީނޫން.
އޮނަރަބްލް އަފީފު ދީދީ
01 February 2025
ޙަޤީގީ ސިޓީއެއްގެ ސިފައިގައި އައްޑޫ ހިންގާން ފެއްޓޭނީ އަދި އިޖްތިމާޢީ އިޤްތިސޯދީ ޙަރަކާތް ރަނގަޅު ގޮތުގައި ހިގައި ގަންނާނީވެސް މިސިޓީގެ ވަކިން އޮތް ދެ އަވަށް ކަމުގައިވާ ހުޅުމީދޫ އެއްގަމު މަގުން އެހެން އަވަށްތަކާއި ގުޅާލައިގެން ކަން އައްޑޫ ރައްޔިތުން ޤަބޫލު ކުރާތީ، މިކަންކޮށްދިނުމަށް ރިޔާސީ އިންތިޙާބްގައި ޑރ މުއިއްޒު ވެވަޑައިގަތް ވަޢުދަކީ ޕީއެންސީގެ ކޮޅަށް އައްޑޫރައްޔިތުންގެ ވޯޓް އެބުރިނު ސަބަބުކަން ވަރަށް ސާފުކޮށް މިހާރުގެ ސަރުކާރަށްވެސް އިގޭނެ.
ހުސެއިން ފުތާ
01 February 2025
ވަޢުދު ކިތަންމެހާވެސް ރަގަޅު. ފުއްދާނެ ކަމުގެ ކިތައް % ޔަގީންކަން އޮތީ.
މުސާރަ
03 February 2025
މުސާރަ ނުދެވިގެން އުޅޭބަޔަކަށް ބުރިޖް އެޅޭތަ!؟