މާލޭގެ މޭޔަރު އަލީ އާޒިމް: ބުޅާ ފެސިލިޓީގެ ހަރަދު ދީފައި އެތަނާ ހަވާލުވާން ވާނީ އަންގާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
03 ފެބުރުއަރީ 2025 - 15:22
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި "އޮޅުހިޔާ" ހެދުމަށް މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހޭދަކުރި ފައިސާ އަނބުރާ ދިނުމަށް ފަހު އެތަނާ ހަވާލުވާން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މާލޭގެ މޭޔަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެތަން ހިންގުން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި އެކަން ސިޓީ ކައުންސިލަށް އެންގީ މިދިޔަ ޑިސެމްބަރު މަހުގެ 3 ގަ އެވެ. އެކަމަކު އެތަނަކީ ސިޓީ ކައުންސިލުގެ ބަޖެޓުން ހުރިހާ ހަރަދެއް ކޮށްގެން ހެދި ތަނެކެވެ.
އެކަމާ ގުޅިގެން "މިހާރު"ން ސުވާލުކުރުމުން އާޒިމް ވިދާޅުވީ މިނިސްޓްރީގެ ދަށަށް އެތަން ބަދަލުކުރަން ނިންމިކަން އެންގީ ޑިސެމްބަރު ތިން ވަނަ ދުވަހު ފޮށިތައް ހިފައިގެން ބުޅާތައް ފެސިލިޓީއަށް ބަދަލުކުރަން ނުކުންނަން އުޅެނިކޮށް ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލާ ހަވާލުކުރެވުނީ ބިން. ބިން ހަވާލުކުރީމަ އަޅުގަނޑުމެން ޑިޒައިންކޮށް ނިންމާފައި އެތަނަށް ބުޅާތައް ގެންދަންވެގެން، ތިނެއް ޑިސެމްބަރުވީ ދުވަހުގެ ހަވީރު 4 ޖަހާއިރު ބުޅާ ގެންދަން ފޮށިތަކާ އެއްޗެހި ހިފައިގެން ނުކުންނަނިކޮށް އަޅުގަނޑުމެންނަށް ލިބުނީ ސިޓީއެއް،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބުޅާ ފެސިލިޓީ ހަދާފައި ވަނީ ސަރުކާރުގެ ބިމެއްގަ އެވެ. އެއްބަސްވުމުގައިވާ ގޮތުން ވެސް ބޭނުން ގަޑިއެއްގައި އެތަން އަތުލުމުގެ ބާރު އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ސަރުކާރުން ވަކި ގޮތެއް ނިންމުމުން އެކަމާ ޖަދަލުކުރަން ބޭނުން ނުވާ ކަމަށެވެ. އެހެންވެ މިނިސްޓްރީއަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާ ކަމަށާއި ކައުންސިލުން އަންގާފައި ވަނީ މިނިސްޓްރީން ބުޅާ ފެސިލިޓީގެ ކަންކަން ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަކީ އަބަދުވެސް ކައުންސިލުގެ މަތީގައި އޮންނަ ބައެއް. އަޅުގަނޑުމެން ވެސް އެކަން ގަބޫލުކުރަން ޖެހޭނެ. ސަރުކާރުން ވަކި ގޮތެއް ނިންމީމަ އަޅުގަނޑުމެން ސަރުކާރާ ޖަދަލުކުރާކަށް ނެތިން. މިހާރު ފުލީ ފަންކްޝަނަލް ފެސިލިޓީއެކޭ އެހެރީ އެތަނަށް ދީޔަ ހަރަދެއް ދީފައި އެތަން އެބޭފުޅުން ނަގައިގެން ކުރިއަށް ގެންދާށޭ،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ބުޅާ ފެސިލިޓީގެ ކަންކަމާ ވީހާވެސް އަވަހަށް ހަވާލުވުމަށް އެ ސިޓީގައި އަންގާފައިވާނެ ކަމަށެވެ.
ބުޅާ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފެލައިން ވެލްފެއާ އޯގަނައިޒޭޝަންގެ ބޭފުޅުންނާއެކު މޭޔަރު އާދަމް އާޒިމް ފޮޓޯއެއް ނަގާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޭޔަރު ވިދާޅުވި ގޮތުގައި ފެސިލިޓީއަށް ބުޅާ ގެންދަނީ އޭނާތޯ ނުވަތަ މިނިސްޓްރީތޯ މުހިއްމެއް ނޫނެވެ. އޭގެ ބަދަލުގައި މާލޭގެ ރައްޔިތުންނަށް ބޮޑުވެފައިވާ މި މައްސަލަ ހައްލުކުރުމަކީ މާ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަވާލުވެގެން މާލޭގައި މި ހުރި ބުޅާތައް ގެންދާށޭ [މިނިސްޓްރީން]. އަޅުގަނޑަކަށް މެޓާއެއް ނުކުރޭ ބުޅާ ގެންދަނީ އަޅުގަނޑު ކަމެއް ނޫނީ އެމީހުން ކަމެއް،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ބުޅާ ފެސިލިޓީއަށް ޑޮކްޓަރުން ހޯދައި ކާތަކެތި ވެސް އޯޑަރު ކޮށްފައިވާ ކަމަށެވެ. އަދި އޭރު ނިންމާފައި އޮތީ މާލޭގައި އުޅޭ 2000-3000 ބުޅާ، ފެސިލިޓީއަށް ގެންގޮސް ނިއުޓާ ކުރުމަށް ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން މި ބުނަނީ މިނިސްޓްރީން އެކަން ކުރާށޭ. ކުރާ ގޮތެއް ވެސް އަންގާށޭ."
އޭނާ ވިދާޅުވީ މާލެއިން ވީއެންމެ އަވަހަކަށް ބުޅާތައް ބަދަލުކުރަންޖެހޭ ކަމަށެވެ. ވިއްސާރަ ވެއްޖެ ނަމަ، ބުޅާ ނަޖިހުގެ ސަބަބުން ހިނގާބިނގާވެ އުޅެން ވެސް ދަތި ކަމަށާއި ބުޅާތަކަށް ލިބޭ އަނިޔާ އިން ވެސް ސަލާމަތްކުރެވޭނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި އޮޅު ހިޔާ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސަރުކާރުން ހުރަސް އެޅުމުން އެކަން ސިޓީ ކައުންސިލަށް ނުކުރެވުނު ކަމަށާއި މިހާރު ވެސް ހުރަސްތައް ނައްތާލައިިފި ނަމަ، ބުޅާތައް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލަށް ކުރެވޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މަގުތަކުގައި އުޅޭ ބުޅާތައް "އޮޅުހިޔާ"އަށް ބަދަލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށުމުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އޭރު ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާ ކަމަށް ބުނެފަ އެވެ. އެ މަސައްކަތް ވަގުތުން ހުއްޓުވަން ވެސް އެންގި އެވެ.
ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "އޮޅުހިޔާ" އަށް ބުޅާތައް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް އެ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވީ ނަމަވެސް އެ ކަންކަމަށް މިހާތަނަށް އެއްވެސް ހިޔާލެއް ލިބިފައި ނެތް ކަމަށެވެ.
އެހެންވެ، އެ އެސްއޯޕީތަކަށް އަމަލު ނުކޮށް، ފެސިލިޓީއަށް ބުޅާތައް މި ވަގުތު ގެންދަން ފަށައިފި ނަމަ، ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނުރަނގަޅު އަސަރު ކުރުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމީހުން މިމީހުން
04 February 2025
އެމްޑީޕީ ވެރިކަމުގައި ކޮންމެ ޤައިދީއަކަށް ދުވަަލަކަށް 2700.00 ޚަރަދު ކުރި. ދެން މިސަރުކާރުން ކޮންމެ ބުޅަލަކަށް ދުވާކަށް 2500.00 ޚަރަދު ކުރަން ޖެހޭނެތީ. ކައުންސިލުންވެސް އަދި ސަރުކާރު ކޮޅުމްވެސް މިތަން ބޭނުންވާނެ. މިވާންއުޅޭގޮތް މިދަންނަވާލީ. ކޮންމެހެން ތަން ބަލަހައްޓަން ބޭނުންވާތީއެއްނޫން
ރިފާއު އައްބާސް
04 February 2025
އާޒިމެވެ. ކުރަން ޖެހޭ ކޮންމެ ކަމެއް ރައީސް މުއިއްޒް ކުރާނެއެވެ. ގާނޫނުގަ އޮތް ގޮަށް ހުރިހާ ކަމެއް ކުރާނެއެވެ. ރައީސް މުއިޒްއަކީ އެމްޑީޕީ ހެން މީހަކާ ޒާތީވެ އުދަގޫ ޖައްސާނެ ވެރިޔެއް ނޫނެވެ. ވެދުމާއި ސަލާމް
ޖިހާދު ކަރީމް
04 February 2025
މިކަހަލަ ވާޙަކަ ދައްކަން އާޒިމްމެން ލަދު ނުގަންނަ ކަން. ސަބަބަކީ ރައީސް މުއިޒް މޭޔަރ ކަމުގައި ހުރިއިރު އެމްޑީޕީ ސަރުކާރުން އެއްވެސް އެއްބާރަލުމެއް ނުދޭ. އޭރު އާޒިމް ހުރީ އަތްޖަހަން
ބަޑިތަކުރު
04 February 2025
ސިޓީ ކައުންސިލްގެ ބަޖެޓަކީ ދައުލަތުން ދޭ އެއްޗެއް ނޫންބާ؟ އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެކަމަށް ބޮޑުންގެ މީހަކު އެބުނީ ތެދެކެވެ. މި އޮތް ލާމަރުކަޒީ ނިޒާމަކީ ޔުނިޓަރީ ދައުލަތަކާ ބީރައްޓެހި ނިޒާމެކެވެ. އެކަމަކު ޕާޓީތައް ދިރުވަން ދައުލަތުން މުސާރަ ދީފައި ހުރިހާ ކަންކޮޅުތަކުގައި މީހުން ބައިތިއްބޭނެ އެހެންގޮތެއް ނެތީމާ އެންމެންވެސް ކިޔާނީ މި ނިޒާމެއްގެ މޮޅުކަމާއި މާތްކަމުގެ ވާހަކަތާއެވެ.
ސާބަސް1
04 February 2025
ތިޔަ މިނިސްޓްރީއަކު ނެެތް ތަނެއް ހިންގޭނެ ވަރުގެ ގާބިލު ކަން ތިބި މަތީފަޅީގެ މީހުނެއް.
މާމަޖާ
04 February 2025
ކިހާދެރަކަމެއް. އެއްވެސް އާމްދަނީއެއް ނުލިބޭ އެއިން ފައިދާއެއްނުކުރާ ބުޅާ ތަކަކަށް ދައުލަތުން ބޮޑު ޚަރަދެއް މިކުރަނީ މާލޭ ރައްޔިތުންގެ ޙައްޤުގައި. ކޮބައިތޯ ދިވެހި އެހެން ރަށްރަށުގައި އުޅޭ ވަގުބުޅަލަށް ކާން ދިނުމުގެ ޙައްޤުތައް. ކޮންމެ ރަށއްގައި ތީގެ ފެސިލިޓީއެއް ހެދެންވާނޭ. ޢާމްދަނީ ލިބޭނެ. ބަޔަކު ތިޔަ މާމާތް އެއްޗކަށް ހެދިޔަސް ޙަޤީޤީ ސިއްރަކީ ކޮންމެ ޖަވަވާރަކީވެސް ގެންގުޅޭނަމަ ކާނދީ ބަލަހައްޓަން ވާނެކަން މީސްތަކުންނަށް އެންގުން. ބުޅާމާތްވީކީނޫން
މުލޭ
04 February 2025
ސުވާލަކީ މާލޭ ސިޓީ ކައުންސިލަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާތަނެއްތަ!. ނުވަތަ މާލޭ ސިޓީ ކައުންސިލަކީ އަމިއްލަ މީހެއްގެ ކުންފުންޏެއްތަ!. ދައުލަތުގެ ބަޖެޓުން ޚަރަދުު ކޮށްގެން ހަދާފައިހުރި ތަނެއް އަތުލަން އަނެއްކާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާކަށް ނުޖެހޭނެ.
މީބެ
04 February 2025
މޭޔަރުމެން އަދިވެސް ތިޔަ ބަލަނީ ސަރުކާރަށް ޖެއްސުން ކުރެވޭތޯ؟ ތިޔަތަނަކީ ދައުލަތުގެ ބިމެއްގައި ރައްޔަތުންގެ ޓެކްސް ފައިސާއިން ސަރުކާރުން ކައުންސިލަށް ދިން ލާރިން އަޅާފައި ހުރި ތަނެއް. ކަންކުރަންވީ ރަގަޅުގޮތް ސަރުކާރުން ބުނެދިނީމަ، އެކަންބޮލާލާ ޖަހާފައި، ހިތުހުރި ގޮތަކަށް ކަންކުރަން އުޅުނީމަ، އެތަން ސަރުކާރަށް ނެގީ. އަމުރަށް ނުކިޔަމަންތެރިވީމަ ނެގީ.
އެމްޓީސީސީ ސިފާއު
04 February 2025
އާދަނާ ކަލޭއަށް ކޮންކަމެއް ކުރެވޭނީ ބޮޑު ސަރުކާރެއްކައިރީ. ހަމަ ހެޑްލައިން އަޅަން އުޅެނީ.
ކިމް
04 February 2025
އެސްއޯޕީ ގަ ބުނާގޮތަށް މަގުމަތިން އެ ހިދުމަތް ބުޅަލަށް ލިބޭ މިހާރު؟