އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް.
04 ފެބުރުއަރީ 2025 - 06:55
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ޝޯއެއް ދޭން ހުއްޓާ އޭނާގެ މައިބަދަ އަށް ތަދެއް އަރައި، އެ ޝޯ ހުއްޓާލަން ޖެހިއްޖެ އެވެ.
ސޯނޫގެ ހާލު ދެރަވީ އިންޑިއާގެ ޕޫނޭގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޝޯއެއްގައި ޕާފްމޯކުރަން ހުއްޓާ އެވެ. އޭނާގެ ހާލު ގޯސްވުމުން ފަހުން ޝޯ ހުއްޓާލީ އެވެ.
ސޯނޫ ވަނީ އޭނާގެ ހާލު އަންގައިދޭ ވީޑިއޯއެއް އިންސްޓަގްރާމްގައި އިއްޔެ ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯ ފެންނަ ގޮތުގައި، ސޯނޫ އުޅުނީ އޭނާގެ މައިބަދަ އަށް ވަރަށް ބޮޑަށް ތަދުވާތީ އެވެ. އޭނާގެ މައިބަދަ އަށް ތަދެއް އެރީ ނަށަނިކޮށެވެ.
"މިއީ އަހަރެންގެ ދިރިއުޅުމުގައި އައި އެންމެ އުނދަގޫ ދުވަސްތަކުގެ ތެރެއިން އެއް ދުވަސް،" އެ ރޭ ވީގޮތް ކިޔައިދެމުން ސޯނޫ ބުންޏެވެ.
"އަހަންނަށް ހީވީ ތިނޯހެއް އަހަރެންގެ މައިބަދައިގައި ޖެހޭހެން. ކުޑަކޮށް ގުޑެލިޔަސް މައިބަދަ އަށް ހެރިދާނެހެން."
އެކަމަކު ވެސް، އެ ރޭ ޕާފޯމްކުރަން ފުރުސަތު ލިބުމުންނާއި ރަނގަޅު ޝޯއެއް ދެވުމުން ވަރަށް އުފާކުރާ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
05 February 2025
ކަލޯ އަދިވެސް ވާވަރުކުޑަ..... ބޮއިހަލަކި
އޮސްޓިއޯ އިބްރާ
04 February 2025
ބްރޯ މުސްކުޅިވާނީ ބުނެފައެއްނުން. އަދި ކަކުލުން ޓަކިޖަހާ ދުވަސްވެސް އަންނާނެ.
ރަނާވަތު
04 February 2025
ބަންގީގެ އަޑު ޖެހުމުނަ އުނދަގުވެގެން ހަޅޭލެވި ނިގާމަށް ހެޔޮވިސްނުންދެއްވާށި!