އާ ދައުރަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ޕީޖީ ބައްދަލުވުން ؛ ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެވަޑައިނުގަންނަވާއިރު ރިޔާސަތު ބެލެހެއްޓެވީ ފަލާހު-- ފޮޓޯ: ޝުޖާ
05 ފެބުރުއަރީ 2025 - 21:05
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މާދަމާ ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހެވެ.
ފަލާހުގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ޑެޕިއުޓީ ޕީޖީ ލީޑަރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ އިތުރުން ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގަތެވެ.
ޕީއެންސީގެ ލީޑަޝިޕާއި އެ ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އޮތް ގުޅުން ހީނަރުވެ، މައްސަލަތަކެއް ޖެހިފައިވާ ކަމުގެ އަޑުގަދަ ވެފައިވާ ދުވަސްވަރެއްގައި ބޭއްވި މި ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ނަމަވެސް ފަލާހު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިނުގެންނެވީ ޕާޓީގެ އެތެރޭގައި ސިޔާސީ ގޮތުން އުފެދިފައިވާ އެއްވެސް މައްސަލައަކާ ގުޅިގެން ނޫނެވެ.
އާ ދައުރަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ޕީޖީ ބައްދަލުވުން -- ފޮޓޯ: ޝުޖާ
ފަލާހު ވިދާޅުވީ، ޕީޖީ ގްރޫޕުން ގިނައިން ކުރަނީ ސިޔާސީ މަސައްކަތްތަކަށް ވާތީ، މަޖިލިހުގެ ރައީސްކަމާ އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވި ފަހުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ސެކިއުރިޓީއާ އެ ނޫން ވެސް ސަބަބުތަކާ އެކު ކުއްލިއަކަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަކީ އެ މަނިކުފާނަށް ދަތި ކަމެއްގެ ގޮތުގައި ފަލާހު ފާހަގަކުރެއްވި އެވެ.
އާންމުކޮށް ވެސް ޕީޖީ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވަނީ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން އޭނާ ކަމުގައި ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ މަޖިލީހުގެ އާ ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދުގަ އެވެ.
އާ ދައުރަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ޕީޖީ ބައްދަލުވުން -- ފޮޓޯ: ޝުޖާ
މާދަމާ ހެނދުނު 9:00 ގައި ބާއްވާ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ. ރައީސް މުއިއްޒުއާ ސިޔާސީ ގޮތުން ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް ކަމަށް އެނގިފައި ވެ އެވެ.
ރައީސް މުއިއްޒާ އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމުގެ ވާހަކަތައް ދެއްކެވެން ފެށީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިޔޯ މެތްސް
06 February 2025
މުއިއްޒުގެ ފެއިލިއާއެއް ފައިސަލް ފެންވަރުގެ މީހަކު ޓްއަރިޒަމް މިނިސްޓާރު ފަދަ ބޮޑު މަގާމަކަށް އައްޔަންކުރުންވެސް...ޕާޓީގެ ލީޑާރޝިޕްގެ ފްރެޝަރަށް ތަބާވާން މަޖުބޫރުވެގެންވިޔަސް ފައިސަލްއަކީ އެފަދަ މިނިސްޓްރީއެއް ހައްގު ބޭފުޅެއްނުން.
ޢެޑްމުންޑޯ
06 February 2025
ޜ.ސޯލިހުވެސް އައިޝަރ އަށް މިނިސްޓަރ މަގާމްދިނީ ހައްގުވާތީ އެެއްނޫން ، އަދި އެފަދަ ފެންވަރެއްވެސް ހުރެގެންނޫން ، ގާސިމްގެ ޕްރެޝަރ އަށް އޮބިނޯވެގެން ، މުއިއްޒުއަށްވެސް އަދުރޭގެ ޕްރެޝަރ އިން އޭރު ސަލާމަތް ނުވެވުނީ ،
ރާވެރިބެ
06 February 2025
އަބްދުއްރްހީމަށް އެއްޗެއް ކިޔަންވީ ސްބަބެއް ނެތް. އަބްދުއްރަޙީމް އަށް މްޖިލިސްގެ ރައީސްކަން ދެއްވީ ގައުމުގެ ރައީސް. އަދި ޓުއަރިޒަމްއަށް ފައިސަލް އައްޔަން ކުރީވެސް ގައުމުގެ ރައީސް. ދެން ކާކާ ދިމާލަށް އެއްޗެއް ބުނަންވީ؟
ދެރަސޮރު
06 February 2025
އެމީހުންގެ ޕީޖީ ގްރޫޕުގަ މިހާރު އަބްދުއްރަހީމް ނުހިމެނޭ، ދެން ނާންނާނެންނު
ސަމޭދާން
06 February 2025
އަބްދުއްރަހީމު މިހާރު ވިސްނަމުންދަނީ ދެން ކުޅޭނެ ކުޅިއަކާމެދު.
އުދުހޭ
06 February 2025
މުއިއްޒު ވެރިކަމަށް ގެނައުމުގެ މޭސްތިރިއަކީ އަބްދުއްރަހީމަށް ވިޔަސް މަގާމުތަކަށް އޭނާގެ މީހުން ލެވެންވާނީ ގާބިލްކަމަށް ބަލައިގެން އަދި ގައުމަށް ބޭނުންވާ މަގާމުތަކަށް. ކަން ގޮއްސައޮތީ އެހެނެއްނޫން.
ބައިރޯ
06 February 2025
ތިދެން ނާޒިމް މަޖުލީހުގެ ރައީސަކަށް އެރުވުމުގެ ޖަލްސާއެއްތާ؟؟
ދިއްދޫމީހާ
06 February 2025
ސެކިއުރިޓީއާ އެ ނޫން ވެސް ސަބަބުތަކާ އެކު ކުއްލިއަކަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަކީ އެ މަނިކުފާނަށް ދަތި ކަމެއްގެ ގޮތުގައި ފަލާހު ފާހަގަކުރެއްވި އެވެ.އެހެން ވީމާ ތިޔަ ބައްދަލްވުން އޮތީ މަސްމާރުކޭޓް މަތީގައި ދޯ؟؟
ސަނގައްޕާ
06 February 2025
އަބުދުއްރަހީމު އުޅެނީ ވަރަށް ބަލިވެ. ކެއްސާ ކިބިހިއަޅާ ބޮލުގައިރިއްސާ ނޭފަތްފޮޅާ ބަަޑަށް ތަދުވެ ގައިގެ ވަރުދެރަވެ ހިރިނުލެވިގެން. އެހެންނޫނަސް އަތުގައި ބޮޑުލާރިއެއްނެތި އުޅޭނެ ތަނެއްނެތި އުފަންރަށަށް ބަދަުވުމުގެ ވިސްނުމެއްމަތީގައި ވެދާން.
ޖޭފެ
05 February 2025
ކެޔޮގަނޑު ކަޑާލެވުނީމަ ދެންކީކުރާ ގަހެއް!
ޑރ ވާންޗޯ
05 February 2025
ޔާމީނުކާރީގަ ސަނާކިޔަންހުއްޓާ ވެރިކަން ދެންނުލިބޭނެކަން ޔަގީންވީމަ ފެންއޮތްތަނަށް ދިޔައީ، އަދި އެވަރުން ނުވެގެން ޔާމީނަށް ހެއްދެވި ނެހެއްދެވިއަށްވެސްގޮވީ. މިއަދު ކަތިވަޅިގެއްލި، މަރިޔަނބު އެހެންމހަކާއިނދެ، ކޮށިދަނޑުވެސް އަނދާހުލި.....