ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން މިއަދު އިހުތިޖާޖު ކުރަނީ.
06 ފެބުރުއަރީ 2025 - 09:18
His Excellency President Dr. Mohamed Muizzu is delivering the Presidential Address at the First Sitting for the year 2025of People’s Majlis
— People's Majlis (@mvpeoplesmajlis) February 6, 2025
Watch it live at: https://t.co/OaJVfiyGnh pic.twitter.com/4UZXtkqsUu
Our MPs have joined the protestors outside Parliament.#QAgeDhifaaugai #MajilisMinivankurey #RayithungeBaaruRayithunah pic.twitter.com/7LgfWGQYge
— MDP Secretariat (@MDPSecretariat) February 6, 2025
ނަން އިއްވި މެމްބަރުން މަޖިލިހުން ނެރުމާ އެކު، ރިޔާސީ ބަޔާން އިއްވުން ރައީސް މުއިއްޒު އަލުން ފައްޓަވައިފި.
މަޖިލިހުގެ އިދާރާ ކައިރިން ސޯސަން މަގުގައި ވެސް އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ މުޒާހަރާ ކުރަމުން.
މަޖިލިހުގެ ސެކިއުރިޓީން މެދުވެރިކޮށް، މިހާރު ގެންދަނީ ނަން އިއްވި މެމްބަރުން މަޖިލިހުން ނެރެމުން. މަޖިލިހުގެ ރައީސް އަބްދުއްރަހީމް އިއުލާން ކުރައްވާފައި ވަނީ ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ އަލުން ފައްޓަވާނީ ނަން އިއްވި މެމްބަރުން ނުކުމެވަޑައިގަތުމުން ކަމަށް.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނަށް ހުރަސް އެޅުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ނަން އިއްވައިފި އެވެ.
މިއަދުގެ ޖަލްސާ ފަށައިގެން ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ހުންނެވި ޕޯޑިއަމް ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފައްޓަވައިފަ އެވެ.
އެއާއެކު، ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު އެމްޑީޕީގެ އަށް މެންބަރުންގެ ނަން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއްވެވި އެވެ.
ނަން އިއްވި ނަމަވެސް މެންބަރުން ވަނީ ތަޅުމުން ނުކުތުުމަށް ދެކޮޅު ހައްދަވައިފަ އެވެ. މެންބަރުންގެ ނަން އިއްވުމަށް ފަހު، ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ، ޖަލްސާ ދެން ކުރިއަށް ގެންދަވާނީ ނަން އިއްވި މެންބަރުން ތަޅުމުން ނުކުތުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީމު
06 February 2025
އިދިކޮޅު ވުމަކީ ހަޖަމު ނުވާންޖެހޭ ސަބަބެއްނޫން، ކޮންމެ ކަމެއްގަވެސް ގަވާއިދާއި ގާނޫން ބޭރުން ގަދަ ދައްކާގެން އަޑުގަދަ ކޮށްގެން ކަންކަން ހާސިލް ކުރަން އުޅޭބައެއް. ތިޔަ އެމްޑީޕީއަކީ އަޑުގަދަ މީހާގެ ރުއްގުނަ ޒަމާން ނިމިއްޖެ
އަހައްމަދޫ
06 February 2025
ހޫން ތިއެމްޑީޕީ ތީ ގައުމަށް ހެވެއް އެދިގެން އުޅޭ ބަޔެއްނޫން ފާޑުފާޑުގެ ބޯޑުތައް ހިފައިގެން ނިކުމެ ތިބެނީ
ޑރ ވާންޗޯ
06 February 2025
މިއަދު މަޖްލިސްތެރެއަށް ގާނޫނުއަސާސީ ވައްޓާލާފައެއަށް ފައިންއަރާކަށް މެޖޯރިޓީއެއްނެތް، ކަމެއް ސަރުކާރާއިދިކޮޅަށް ނިންމޭނެބާރެއްވެސްނެތް. ހިތްދަތިދުވަސް އަންނާނެ އެކަމަކު ތަޅާބޭރެއްނުކުރީސް ފިތާލައިގެން މައިތިރިވެތިބިނަމަ.
ޭިދިިެ
06 February 2025
އަޑުއަހަން ތިބީމަ ވީނުންތޭ
ފަހުދޫ
06 February 2025
އަޑު އަހާލުމުގެ ގާބިލަ ކަމެއް ހިއްވަރެއް ނުހުންނާނެ
77
06 February 2025
ކުޑޫބެ ލާނެ ކޯޓުގަނޑެއްހާހިސާބުވެސް ނެތީތަ؟
އާދަނު123
06 February 2025
އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އަރައި ގޯސް ކަމެއް ނުވިޔަސް ވާނެ މުޒާޚަރާކުރަން ކަންކަން އުފައްދައިގެ ވެސް، އެމްޑިޕީ ވެރިކަމުގައި ކޭވަރު ފުދިއްޖެ، އެމްޑީޕީ ފުނޑިއްޖެ، މީ އަސްލަކީ
ޖަރީމާ ޕާޓީ
06 February 2025
ވޭތުވެދިޔަަ ތަނުގައި ގައުމު ދަރުވާލި ބޮޑު ދަރަންޏާ، ރައްޓެހިންނަށް ބަހާލި ރައްޔިތުންގެ ފައިސާތަކާ، ވޭޕާއި ދުންފަތް، ބިދޭސީންގެ ވަގުފާރި ކޮންޓްރޯލް ކުރުމާ، ކެރިގެން ކޮރަޕްޓް މީހުން ދުރަށްލުންފަދަ، ޑޮލަރު މާރުކުރަން މަޖުބޫރު ކުރުންފަދަ ރައްޔިތުންނާ ގުޅުންްހުރި ކަންކަމާ ދެކޮޅަށް ދައްކާނެެ ވާހަކައެއް ނޫނީ އިދިކޮޅޭމެނަށް މިވަގުތު ނެތް. މިކަންކަން އޮޅުވާލައިގެން ރައްޔިތުންގެ ބޯކާން އުޅޭނެކަމެއް ރީނދުުލޭމެން ތެޅޭނެކަމެއް ނެތް.
ގުރީނޭ
06 February 2025
ދާދި އަވަހައް ވެރިކަން ކުރާ ޕާޓީ ރޫޅޭނެ.
އެންމެން ހެޕީ
06 February 2025
ރަހީމްބެ ކަމް އެންޑް ރަހީމްބެ ގޯ
ގުދުގުދުލީބެއްޔާގެ ތެދުބަސް
06 February 2025
ތިހެން ނަންއިއްވަމުންއިއްވަމުންގޮސް އަދުރޭ ސިފަބަދަލުކޮށްގެން ނުކުމެ ނާޒިމްލައްވާ ނަންއިއްވުމާހިސާބަށް ކަންކަން ދިއުން ވަރަށް ގާތް. ހުޅުގަނޑު ވަނީ ރޮއިވެފާ. ފަޅައިގެންދާނީ ކޮންއިރަކުންކަމެއް ނޭންގޭ. އަދުރޭގެ ކެތްތެރިކަން ކޮޅުންލައިގެންދާން ހުންނަނީ މިހާރު ފަރުބަދައެއްގެ ތުނޑުގާ މީހަކަށް ކެތްކޮށްލައިގެން ހުރެވޭހާ މިންވަރަށް. މީ އެދަނޑިވަޅުކަމަށްވުން ހަމަ ވަރަށް ގާތް.